Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޭ 6 ހަމަލާ

ތަހުގީގަށް ރައީސް ނަޝީދުގެ ބަޔާނެއް މުހިއްމު

4 އޯގަސްޓު 2021 | ބުދަ 02:41

ހަމަލާއާ ގުޅިގެން 4 މީހެއްގެ މައްޗަށް ޖުމްލަ 12 ދައުވާއެއް އުފުލާފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 4 އޯގަސްޓު 2021 | ބުދަ 02:41
މޭ 6 ގެ ހަމަލާގައި ލިބިލެއްވި ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައި

މޭ 6 ގެ ހަމަލާގައި ލިބިލެއްވި ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހިންގާ ތަހުގީގަށް ރައީސް ނަޝީދުގެ ބަޔާނެއް މުހިއްމު ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ނޭސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޕީޖީ ވިދާޅުވީ، ތަހުގީގަށް އަދިވެސް ރައީސް ނަޝީދުގެ ބަޔާނެއް ނުލިބޭ ކަމަށާއި، އެފަދަ ބަޔާނެއް ވަރަށް މުހިންމު ކަމަށެއެވެ. ހަމަލާގެ ތަހުގީގަށް ލިބިފައިވާ ބައެއް މައުލޫމާތުތައް އިތުރަށް ކަށަވަރު ކުރުމުގެ ގޮތުން ރައީސް ނަޝީދުގެ ބަޔާނެއް ބޭނުންވާ ކަމަށް ފުލުހުން ވެސް ބުނެފައިވާކަން ޕީޖީ ފާހަގަކުރެއްވިއެވެ.

އެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ހަތަރު މީހެއްގެ މައްޗަށް މިހާރުވަނީ ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައެވެ. ޕީޖީ ވަނީ އެ ދައުވާތަކުގެ ތަފްސީލް ވެސް ހިއްސާ ކުރައްވާފައެވެ. ޕީޖީ ވިދާޅުވީ، ރައީސް ނަޝީދުގެ ބަޔާނެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޕީޖީ ވިދާޅުވި ގޮތުގައި ޝަރީއަތް ފެށުމުގެ ކުރިން ނަޝީދުގެ ބަޔާނެއް މުހިންމު ނަމަވެސް، އެމަނިކުފާނަކީ މި ހަމަލާގެ ވިކްޓިމްއެއްކަން ގަބޫލުކުރަންޖެހޭ ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ހާލަތަށް ވެސް އިހުތިރާމް ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

މި ހަމަލާއާ ގުޅިގެން 4 މީހެއްގެ މައްޗަށް ޖުމްލަ 12 ދައުވާއެއް ކްރިމިނަލް ކޯޓުގައި ވަނީ އުފުލާފައެވެ.

ރައީސް ނަޝީދުމޭ6ޓެރާރއެޓޭކް

އިތުރަށް ކިޔާލަން

06 މެއި 2024

މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި

06 މެއި 2024
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
12 ނޮވެމްބަރު 2023

ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ

12 ނޮވެމްބަރު 2023
ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ
29 އޮކްޓޯބަރު 2023

މޭ 6ގެ ހަމަލާ: އަންނަ މަހު 3 އަޑުއެހުން ބާއްވަން ނިންމައިފި

29 އޮކްޓޯބަރު 2023
މޭ 6ގެ ހަމަލާ: އަންނަ މަހު 3 އަޑުއެހުން ބާއްވަން ނިންމައިފި
29 އޮކްޓޯބަރު 2023

މެއި 6ގެ ހަމަލާ: ހަމަލާގައި ޒަހަމްވި މީހެއްގެ ހެކިބަސް ނަގައިފި

29 އޮކްޓޯބަރު 2023
މެއި 6ގެ ހަމަލާ: ހަމަލާގައި ޒަހަމްވި މީހެއްގެ ހެކިބަސް ނަގައިފި
08 އޮކްޓޯބަރު 2023

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި

08 އޮކްޓޯބަރު 2023
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި
17 ސެޕްޓެމްބަރު 2023

ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި

17 ސެޕްޓެމްބަރު 2023
ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި
10 ސެޕްޓެމްބަރު 2023

ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަން ނިންމައިފި

10 ސެޕްޓެމްބަރު 2023
ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަން ނިންމައިފި
02 ޖޫން 2023

މެއި 6ގެ ހަމަލާގެ އިތުރު އަޑުއެހުމެއް އާދިއްތަ ދުވަހު

02 ޖޫން 2023
މެއި 6ގެ ހަމަލާގެ އިތުރު އަޑުއެހުމެއް އާދިއްތަ ދުވަހު
24 މެއި 2023

މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީގައި ނެތްކަމަށް ބުނުމުން ނަޝީދުގެ ފާޑުކިޔުން ވަޒީރަށް

24 މެއި 2023
މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީގައި ނެތްކަމަށް ބުނުމުން ނަޝީދުގެ ފާޑުކިޔުން ވަޒީރަށް
24 މެއި 2023

ނަޝީދުގެ ސެކިއުރިޓީ އާއި ބޮން ގޮއްވާލުމުގެ ވާހަކަދައްކަނީ ސިޔާސީ ގޮތުން ހަލަބޮލިވާ ކޮންމެ ވަގުތެއްގައި - މެންބަރު އިސްމާއިލް

24 މެއި 2023
ނަޝީދުގެ ސެކިއުރިޓީ އާއި ބޮން ގޮއްވާލުމުގެ ވާހަކަދައްކަނީ ސިޔާސީ ގޮތުން ހަލަބޮލިވާ ކޮންމެ ވަގުތެއްގައި - މެންބަރު އިސްމާއިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް