Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެއި 6ގެ ހަމަލާ

މެއި 6ގެ ހަމަލާގެ އިތުރު އަޑުއެހުމެއް އާދިއްތަ ދުވަހު

އަޑުއެހުން ތާވަލުކޮށްފައިވަނީ ހެނދުނު 9:00 ގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 2 ޖޫން 2023 | ހުކުރު 07:40
ކުރީގެ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ އަބްދުﷲ އަލީ މަނިކާއި، މުޙައްމަދު ތަސްލީމް

ކުރީގެ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ އަބްދުﷲ އަލީ މަނިކާއި، މުޙައްމަދު ތަސްލީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅޭ އަޑުއެހުމެއް އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން އާދީއްތަ ދުވަހަށް ތާވަލުކޮށްފައިވަނީ ހއ. މޮޅަދޫ، ބަހާރުގެ އަބްދުﷲ އަލީމަނިކު އަދި ހއ. ހޯރަފުށީ، އަލަނާސިގެ މުހައްމަދު ތަސްލީމުގެ އަޑުއެހުމެވެ. އަޑުއެހުން ތާވަލުކޮށްފައިވަނީ ހެނދުނު 9:00 ގައެވެ.

Advertisement - newsAdvertisement

އެންމެފަހުން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

އަންގާރަ ދުވަހުގެ އަޑުއެހުމުގައި އޮތީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ.

މި އަޑުއެހުމުގައި ދައުލަތުގެފުރަތަމަހެއްކެއްގެ ގޮތުގައި ހާޒިރުކުރީ ނަޝީދަށް ސެކިއުރިޓީ ދިނުމުގައި ޙަރަކާތްތެރިވި ފަރާތެކެވެ.

ދެންވެސް ހާޒިރުކުރީ ސެކިއުރިޓީ ދިނުމުގައި އުޅުނު އޮފިސަރެކެވެ. އެއީ ޙާދިސާ ހިނގި ދުވަހު ނަޝީދުގެ ޕަރސަނަލް ސެކިއުރިޓީ އޮފިސަރެވެެެ.

އޭނާ ބުނީ، ޙާދިސާ ހިނގި ވަގުތު ބާރުގަޑަ އަޑެއް އިވުނު ކަމަށާއި، ނަޝީދު ބިންމައްޗަށް ވެއްޓުނު މަންޒަރު ފެނުނު ކަމަށެވެ.

ނަޝީދު އަތްމައްޗަށް ލައިގެން ވީއައިޕީ ކާރަށް އެރުވި ކަމަށާއި، އެ ކާރު ނުދުއްވުމުން، ފަހަތުގައި އޮތް ބެކަޕް ކާރަށް އެރުވިކަމަށް އޭނާ ބުންޏެވެ.

ބެކަޕް ވެހިކަލަށް އަރުވައިގެން އޭޑީކޭއަށް ދިއުމާމެދު ހޭދަވެފައިވާނީ ފަސް ވަރަކަށް މިނެޓުކަމަށް އޭނާ ބުންޏެވެ.

ނަޝީދުގެ ހަށިކޮޅުގައި ގިނަ އަދަދެއްގެ ލޭ ހުރިކަމަށް އޭނާ ބުންޏެވެ.

އޭގެ އިތުރުން، ހެކިވެރިޔާގެ އަތާއި ކަނދުރާއަށްވެސް އަނިޔާތަކެއްވިކަމަށް ހެކިބަސް ދެމުން އޭނާ ބުންޏެވެ.

މި އަޑުއެހުމުގައި ގާޒީ ވިދާޅުވީ، މި ހެކިވެރިޔާއާއި އަދި އަންގާރަ ދުވަހު ތާވަލު ކުރެވިފައިވާ އިތުރު ދެ ހެކިންނަކީވެސް ވަކި މިންވަރަކަށް ރައްކާތެރި ކުރުމަށް ޝަރީއަތުން އަމުރުކޮށްފައިވާ ހެކިން ކަމަށާއި، ވުމާއެކު ހުޅުވާލައިގެން ޝަރީއަތް ކުރިއަށް ގެންދިއުމުގައި ދަތިތައް ހުރި ކަމަށެވެ.

ވުމާއެކު، އަޑުއެހުމުގެ ބާކީ ބައި ވަނީ ސިއްރުކޮށްފައެވެ.

މޭ6ޓެރާރއެޓޭކްރައީސް ނަޝީދަށް އަމާޒު ކުރި ހަމަލާކުރީގެ ރައީސް، މުހައްމަދު ނަޝީދުކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު