Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެއި 6ގެ ހަމަލާ

މެއި 6ގެ ހަމަލާ: ހަމަލާގައި ޒަހަމްވި މީހެއްގެ ހެކިބަސް ނަގައިފި

ހަމަލާގައި އެ ސަރަހައްދުގައި ހުރި ހެކިވެރިއަކަށް އަނިޔާވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2023 | އާދީއްތަ 12:11
ރައީސް ނަޝީދަށް ހަމަލާދިން ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

ރައީސް ނަޝީދަށް ހަމަލާދިން ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

މެއި 6 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައްސަލައިގައި ހެކިބަސް ނެގުމުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ބާއްވައިފިއެވެ.

މެއި 6 2021 ގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ދައުވާ އުފުލާފައިވާ ތަހުމީން އަހުމަދު އަދި އަލީ ހައިޝަމްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމް އަމަލެއް ހިންގުމުގައި ބައިވެރިވުމާއި، ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާއާއި، ގޮވާތަކެތި އެހެންތަނަކަށް ގެންދިއުމަށް އެހީތެރިވިދިނުމުގެ ދައުވާ އެވެ. މީގެ އިތުރުން މުޖާޒު އަހުމަދުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާ އަދި ކުށެއްކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ ވަނީ އުފުލާފައެވެ. މީގެ އިތުރުން ތަހުމީން އަހުމަދުގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ ވަނީ އުފުލާފައެވެ.

Advertisement - newsAdvertisement

މެއި 6ގެ ހަމަލާގައި ފަހުމީ އަލީގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ އިރު، މުހައްމަދު ނާޒިމްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އުފުލާފައެވެ. އަދި އިސްހާގުގެ މައްޗަށް ވަނީ ގޮވާތަކެތި އެހެންތަނަކަށް ގެންދިއުމުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ވަނީ އުފުލާފައެވެ.

ހޯމަ ދުވަހުގެ އަޑުއެހުން ކުރިއަށް ގެންދިޔައީ މުހައްމަދު ނާޒިމް ފިޔަވައި ބާކީ ތިބި އެންމެން ކޯޓަށް ހާޒިރުކޮށްގެންނެވެ. ނާޒިމް ބައިވެރިވެފައިވަނީ މާފުށީ ޖަލުގައި ހުރެގެންނެވެ.

ހޯމަ ދުވަހުގެ އަޑުއެހުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވަނީ 6 މެއިގެ ހަމަލާގެ މަންޒަރު ދުށް އަދި އަނިޔާލިބިފައިވާ ފަރާތެއް ކަމަށްވާ މުހައްމަދު ޝާތިރުއެވެ. ހެކިބަސް ދެމުން ޝާތިރު ވިދާޅުވެފައިވަނީ ފުރަބަންދު ގަޑި ޖެހޭތީ ދިޔަ މަގުމަތީގައި އެވަގުތު ހުރީ މަޖީދީ މަގު، އިބްރާހިމް މިސްކިތާ ހިސާބުގައި ކަމަށެވެ. އަދި ރަށްޓެއްސަކާ އެކު ބޭސް ގަނެގެން ގެއަށް ދިޔަ މަގުމަތީގައި ގޯޅިއާއި ހިސާބުން ރައީސް ނަޝީދު ވަޑައިގަންނަވާތަން ފެނުނު ކަމަށެވެ.

ހެކިވެރިޔާ ބުނީ ރައީސް ނަޝީދު ވަޑައިގަންނަވާތީ މަޑުކުރައްވަން ޖެހުނު ކަމަށާއި، މަޑުކުރީ ކެނެރީގެ ހުންނަ ގޯޅީގެ މަޖީދީ މަގުގަައި ހުންނަ އަތަމާ ޕެލަސް ކުރިމަތީގައި ކަމަށެވެ. ހެކިވެރިޔާ ބުނީ އަޑެއް އިވިފައި އެއްޗެއް ގޮވި ކަމަށާއި، ހައިރާންކަން ލިބުނު ކަމަށެވެ. އަދި އެ ސަރަހައްދު ފުސްވެފައި އެއްވެސް މަންޒަރެއް ނުފެންނަ ކަމަށާއި، ސައިކަލު ފަހަތުގައި އިން އިރު އެއްޗެއް ޖެހުނު ކަމަށާއި، ލައިގެން ހުރި ގަމީސް ފޫއަޅުވާލާފައި ޖެހުނު އެއްޗެއްގެ ސަބަބުން ލޭ އައިސްފައި ހުރި ކަމަށެވެ.

ހެކިވެރިޔާ ބުނީ އެއްޗެއް ޖެހިފައި ބަނޑުން ތަންކޮޅެއް ކަފައިގެން ގޮސްފައިވާ ކަމަށާއި ފުރާނައަށް ނުރައްކާނުވީ އެތެރެއަށް އެތިކޮޅު ވަދެފައި ނެތުމުން ކަމަށެވެ. އަދި އެ ހަލާކުވިތަން ރަނގަޅުވާން ދެތިން މަސް ނެގި ކަމަށެވެ.

މި މައްސަލައިގައި ދެވަނަ ހެކިވެރިއަކަށް ހާޒިރުކުރެވުނީ ޕޮލިހުގައި މަސައްކަތް ކުރާ މުހައްމަދު ނާވީއެވެ. ހެކިވެރިޔާ ބުނީ ހާދިސާގެ މައުލޫމާތު ލިބުނީ ކޮމާންޑް ސެންޓަރުން ހާދިސާގެ މައުލޫމާތު ދިނުމުން ކަމަށެވެ. އެގޮތުން ކޮމާންޑް ސެންޓަރުން މައުލޫމާތު ދީފައިވަނީ އެއްޗެއް ގޮވައިގެން އުޅޭ ކަމާއި، ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލަށް އަނިޔާ ލިބިގެން ގެންގޮސްފައިވާ ކަމެވެ. ހެކިވެރިޔާ ބުނީ މައުލޫމާތު ލިބިގެން އޭނާއާއި އޭނާގެ ބަޑީ ދިޔައީ އޭޑީކޭ ހޮސްޕިޓަލަށް ކަމަށެވެ. ހޮސްޕިޓަލަށް ދެވުނީ 8:28 ހާއިރު ކަމަށާއި ސީދާ ގަޑިއެއް ހަނދާނެއް ނެތް ކަމަށެވެ. އަދި އޭޑީކޭ އެމަރޖެންސީ އަށް ދިޔަ ކަމަށާއި، 15 ވަރަކަށް މިނެޓް ފަހުން ރައީސް ނަޝީދު އޮޮޕަރޭޝަން ތިއޭޓަރަށް ގެންދިޔަ ކަމަށެވެ. އަދި އެތަނަށް އަނިޔާ ލިބިގެން ފަތުރުވެރިއަކު ވެސް ގެނައި ކަމަށެވެ.

މި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ހެކިވެރިޔާ އާދަމް މުހައްމަދު އާދީއްތަ ދުވަހު ގަޑިއަށް ހާޒިރު ނުވެވޭނެކަން ކުރިން އަންގާފައިވާތީ އެހެން ހެކިވެރިއެއް ކަމުގައިވާ މުހައްމަދު ހައިލަމަށް ގަޑި ކިޔާފައިވާ ކަމަށާއި، ހައިލަމް ފޯނު ނުނަގާތަކީ ސަބަބެއް އެނގިފައި ނުވާ ކަމަށެވެ.

މޭ6ޓެރާރއެޓޭކްރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު