Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ނަޝީދުގެ ސެކިއުރިޓީ އާއި ބޮން ގޮއްވާލުމުގެ ވާހަކަދައްކަނީ ސިޔާސީ ގޮތުން ހަލަބޮލިވާ ކޮންމެ ވަގުތެއްގައި - މެންބަރު އިސްމާއިލް

މައްސަލަތަކުގައި ކަން ހިނގި ގޮތް އާއްމުންނަށް އޮޅިފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 24 މެއި 2023 | ބުދަ 05:52
ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު

ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު

2021 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ, ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާގެ ވާހަކަ އެމަނިކުފާނަށް ތައީދުކުރާ ފަރާތްތަކުން މަޖިލީހުގައި ދައްކަނީ ސިޔާސީ މައިދާން ހަލަބޮލިވުމުން ކަަމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޭނާ އެފަދައިން ވިދާޅުވީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހަޅުއްވާފައިވާ ދަނޑުވެރިންނަށް ސަބްސިޑީ ދިނުން އިއާދަކުރުމާއި ގުޅޭ ގަރާރަށް ބަހުސްކުރައްވަމުންނެވެ. އެ ގަރާރަށް ބަހުސްކުރައްވަމުން ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

Advertisement - newsAdvertisement

އެގެ ތެރެއިން ގިނަ މެންބަރުން ވާހަކަދެއްކެވީ 2021 ވަނަ އަހަރުގެ މޭއި މަހުގެ 6 ވަނަ ދުވަހު ނަޝީދަށް ދިން ހަމަލާ އާއި ގުޅޭގޮތުންނެވެ. މެންބަރުން ވަނީ އެ ހަމަލާ ދިނުމުގައި ކަމާއި ބެހޭ ފަރާތްތަކުގެ އިހުމާލު އޮތްކަމަށް ވިދާޅުވެފައެވެ. އަދި ބައެއް މެންބަރުން ވަނީ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ވެސް މި މައްސަލައިގައި ފާޑުވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން މެންބަރު އިސްމާއިލް ވިދާޅުވީ އެ ވާހަކަތައް ދައްކަނީ ކޮންމެ ފަހަރަކު ވެސް ސިޔާސީ ގޮތުން ހަލަބޮލިވުމުން އެ ދަނޑިވަޅު ބަލާފައި ކަމަށެވެ. އެހެންނަމަވެސް އެ މައްސަލަތަކުގައި ކަން ހިނގި ގޮތް އާއްމުންނަށް އޮޅިފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދަކީ ދައުލަތުން އެއް ބޭފުޅަކަށް އެންމެ ބޮޑު ޚަރަދު ކުރާ އެއް ބޭފުޅާ ކަމަށާއި، 50 މިލިއަނެއްހާ ރުފިޔާ އެމަނިކުފާނަށް ހޭދަކުރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދަނޑުވެރިންނަށް ސަބްސިޑީ ދިނުން އިއާދަކުރުމަށް ގޮވާލާ ހުށަހެޅި ގަރާރަކީ ތާކުންތާކުނުޖެހޭ، "ބޭގަރާރެއް" ކަމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް ވިދާޅުވިއެވެ. ސަބްސިޑައިޒްކުރުމުގެ ބަދަލުގައި ދަނޑުވެރިންނަށް ބޭނުންވާ ވަސީލަތްތަކުން ޑިއުޓީ މާފުކުރުން ފަދަ ފައިދާ ހުރި ސިޔާސަތުތައް ސަރުކާރުން ގެންގުޅެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން 190 އައިޓަމަކުން ޑިއުޓީ މާފުކޮށްދީ، ލޯނުގެ ފުރުސަތު ފަހިކޮށްދިނުމަކީ ދަނޑުވެރިކަމަށް ލިބޭ ކުރިއެރުމެއް ކަމަށް މެންބަރު އިސްމާއީލް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސްމޭ6ޓެރާރއެޓޭކް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު