Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުން

90 އިންސައްތަ ޓޫރިސްޓް އެނދު މިހާރު އޮޕަރޭޓްކުރޭ

3 އޯގަސްޓު 2021 | އަންގާރަ 05:08

ކޮވިޑް-19 ގެ ކުރިން 54،284 އެނދު އޮޕަރޭޓްކުރަމުން ގެންދިޔަ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 3 އޯގަސްޓު 2021 | އަންގާރަ 05:08
ހުޅުމާލެ ގެސްޓްހައުސް

ހުޅުމާލެ ގެސްޓްހައުސް

ކޮވިޑް-19ގެ ކުރިން ރާއްޖޭގައި ހުރި ޓޫރިސްޓު އެނދުތަކުގެ 90 އިންސައްތަ އެނދު މިވަގުތު އޮޕަރޭޓްކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި ހިނގާ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް 747 ޓޫރިސްޓު އެކޮމޮޑޭޝަން ފެސިލިޓީއެއްގައި 48،794 އެނދު ގެންދަނީ އޮޕަރޭޓްކުރަމުންނެވެ. ކޮވިޑް-19ގެ ހާލަތުގެ ކުރިން 1،036 ޓޫރިސްޓު އެކޮމޮޑޭޝަން ފެސިލިޓީއެއްގައި 54،284 އެނދު ގެންދިޔައީ އޮޕަރޭޓްކުރަމުންނެވެ.

މިވަގުތު އެންމެ ގިނަ އެނދު އޮޕަރޭޓްކުރަމުންގެންދަނީ ރިސޯޓުތަކުގައެވެ. 155 ރިސޯޓެއް މިވަގުތު ޚިދުމަތަށް ހުޅުވާލާފައިވާއިރު، 36،672 އެނދު އޮޕަރޭޓްކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. ކޮވިޑް-19ގެ ހާލަތުގެ ކުރިން 163 ރިސޯޓެއްގައި 38،394 އެނދު އޮޕަރޭޓްކުރަމުން ގެންގޮސްފައިވެއެވެ.

މިވަގުތު 442 ގެސްޓްހައުސްއެއް ހިންގަމުންދާއިރު، ގެސްޓްހައުސްތަކުގައި 8،014 އެނދު އޮޕަރޭޓްކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން 18 އަތޮޅެއްގެ 58 ރަށެއްގައި މިވަގުތު ގެސްޓްހައުސް ހިންގަމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. ކޮވިޑުގެ ހާލަތުގެ ކުރިން 702 ގެސްޓްހައުސްއެއްގައި 11،376 އެނދު ގެންދިޔައީ އޮޕަރޭޓްކުރަމުންނެވެ.

މީގެ އިތުރުން 140 ސަފާރީއެއްގައި 2،748 އެނދު އޮޕަރޭޓްކުރަމުންދާއިރު، ކޮވިޑް-19 ގެ ހާލަތުގެ ކުރިން 160 ސަފާރީއެއް ރާއްޖޭގައި އޮޕަރޭޓްކޮށްފައިވެއެވެ. އަދި 2،986 އެނދު އޮޕަރޭޓްކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. 10 ހޮޓެލެއްގައި 1،360 އެނދު އޮޮޕަރޭޓްކުރަމުންދާއިރު، ކޮވިޑްގެ ހާލަތުގެ ކުރިން 11 ހޮޓެލެއްގައި 1،528 އެނދު އޮޕަރޭޓްކުރަމުން ގެންދިޔައެވެ.

މިދިޔަ އަހަރުގެ ޖުލައި 15ގައި ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލިފަހުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އަންނަނީ އިތުރުވަމުންނެވެ. މިދިޔަ އަހަރު ނިމުނުއިރު 555،494 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް 617،791 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މިއާއެކު ސަރުކާރުން އަމާޒުހިފާފައިވާގޮތަށް މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވެގެންދާނެ ކަމުގެ އުންމީދު އައު ވެފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

24 އެޕްރީލު 2018

ފާއިތުވި ހަފްތާގައި ދަނޑުވެރިކަމުގެ ބާވަތްތަކުގެ 71 އިންސައްތަ މާލެ ގެނެސްފައި ވަނީ އއ. އަތޮޅާއި ކ. އަތޮޅުން

24 އެޕްރީލު 2018
ފާއިތުވި ހަފްތާގައި ދަނޑުވެރިކަމުގެ ބާވަތްތަކުގެ 71 އިންސައްތަ މާލެ ގެނެސްފައި ވަނީ އއ. އަތޮޅާއި ކ. އަތޮޅުން
05 އެޕްރީލު 2018

އުރީދޫ ނެކްސްޓު މިހާރު ވައިބަރ އަށް

05 އެޕްރީލު 2018
އުރީދޫ ނެކްސްޓު މިހާރު ވައިބަރ އަށް
23 ނޮވެމްބަރު 2017

ކާށިދޫގައި 250 އެނދުގެ ގެސްޓް ހައުސް ޕްރޮޖެކްޓެއް އެމްއައިޓީޑީސީ އިން ފަށައިފި

23 ނޮވެމްބަރު 2017
ކާށިދޫގައި 250 އެނދުގެ ގެސްޓް ހައުސް ޕްރޮޖެކްޓެއް އެމްއައިޓީޑީސީ އިން ފަށައިފި
21 ނޮވެމްބަރު 2017

މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 8.9 އިންސައްތަ އިތުރުވެއްޖެ

21 ނޮވެމްބަރު 2017
މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 8.9 އިންސައްތަ އިތުރުވެއްޖެ
31 އޮކްޓޯބަރު 2017

ދިރާގުގެ އައު ޕޯސްޓްޕެއިޑް ޕެކޭޖުތައް މިހާރު މާ ސަޅި!

31 އޮކްޓޯބަރު 2017
ދިރާގުގެ އައު ޕޯސްޓްޕެއިޑް ޕެކޭޖުތައް މިހާރު މާ ސަޅި!
16 ސެޕްޓެމްބަރު 2017

މިހާރު މާ ސަޅި، އޯޑަރުކޮށްލުމުން ކޮކާކޯލާގެ އުފެއްދުންތައް ގެއަށް

16 ސެޕްޓެމްބަރު 2017
މިހާރު މާ ސަޅި، އޯޑަރުކޮށްލުމުން ކޮކާކޯލާގެ އުފެއްދުންތައް ގެއަށް
10 ޖުލައި 2017

އިމްޕޯޓު 7 އިންސައްތަ އިތުރުވެ، އެކްސްޕޯޓު ކުރި މިންވަރު 118 އިންސައްތަ އިތުރުވެއްޖެ

10 ޖުލައި 2017
 އިމްޕޯޓު 7 އިންސައްތަ އިތުރުވެ، އެކްސްޕޯޓު ކުރި މިންވަރު 118 އިންސައްތަ އިތުރުވެއްޖެ
21 މެއި 2017

ވިއްސާރައާއި ފަނީގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ

21 މެއި 2017
ވިއްސާރައާއި ފަނީގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ
17 އެޕްރީލު 2017

ޓޫރިސްޓް ވިސާއާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު އަޅަން ނިންމައިފި

17 އެޕްރީލު 2017
ޓޫރިސްޓް ވިސާއާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު އަޅަން ނިންމައިފި
21 ފެބުރުއަރީ 2017

މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ

21 ފެބުރުއަރީ 2017
މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް