Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ

އުރީދޫ ނެކްސްޓު މިހާރު ވައިބަރ އަށް

މި ހިދުމަތް މެދުވެރިކޮށް އުރީދޫގެ ހުރިހާ ޚިދުމަތްތަކުގެ ތަފްސީލު ލިބިގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 5 އެޕްރީލު 2018 | ބުރާސްފަތި 01:37
އުރީދޫ ނެކްސްޓު ވައިބަރ އަށް ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އުރީދޫ ނެކްސްޓު ވައިބަރ އަށް ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސޯޝަލް މީޑިއާގެ ޚިދުމަތް ފޯރުކޮށްދޭ އުރީދޫގެ ޑިޖިޓަލް މަދަދުގާރު ކަމަށްވާ އުރީދޫ ނެކްސްޓް، ވައިބަރގައި މިއަދު ތައާރަފްކޮށްފިއެވެ.

އާޓިފިޝަލް އިންޓެލިޖެންސް އާއި މެޝިން ލަރނިންގް ބޭނުންކުރާ ރިއަލް ޓައިމް އޭޕީއައި ޕްލެޓްފޯމްއެއްގެ އެހީގައި ހިނގާ އުރީދޫ ނެކްސްޓް ޑިވަލޮޕްކޮށްފައިވަނީ، 4 ބިލިއަން ކަސްޓަމަރުންގެ ޕްރީޕެއިޑް މޮބައިލް މާކެޓްގައި ކުރެވޭ މުއާމަލާތްތަކަށް އިންޤިލާބީ ބަދަލެއް ގެނައުމަށް މަސައްކަތްކުރަމުންދާ ސިލިކަން ވެލީގެ ޓެކްނޮލޮޖީ ކުންފުނި، ފާސްޓްފޯވާޑްއޭއައި އާއި ގުޅިގެންނެވެ.

އާޓިފިޝަލް އިންޓެލިޖެންސް އާއި މެޝިން ލަރނިންގް ބޭނުންކުރާ ރިއަލް ޓައިމް އޭޕީއައި ޕްލެޓްފޯމެއްގެ އެހީގައި ހިނގާ އުރީދޫ ނެކްސްޓް މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ މޮބައިލް ކަސްޓަމަރަކަށްވެސް، ފޭސްބުކް މެސެންޖަރ އަދި ވައިބަރގައި އުރީދޫއާ ބެހޭ ތަފާތު މައުލޫމާތު ސާފުކޮށް، ޚިދުމަތް ހޯދޭނެ އެވެ.

"އުރީދޫ ނެކްސްޓްއާއެކު، އުރީދޫ އިން ވަނީ ސުމޭކީ (ޑިޖިޓަލް) އިންގިލާބެއް ގެނެސް، މި ތަފާތު ޚިދުމަތް ރާއްޖޭގެ އެންމެހާ މޮބައިލް ކަސްޓަމަރުންނާއި ހަމައަށް ގެނުވަދީފައި. މި ޚިދުމަތް ބޭނުންކުރައްވާ ކަސްޓަމަރުން އެއްދުވަހުން އަނެއް ދުވަހަށް ގިނަވެގެންދާއިރު، އެންމެ ފަސް މަސްދުވަހުގެ ތެރޭގައި އުރީދޫ ނެކްސްޓް ވަނީ އަޅުގަނޑުމެންނާއި ކަސްޓަމަރުން އިތުރަށް ގާތްކޮށްދީފައި. އެހެންކަމުން، މިއަދު އުރީދޫ އިން ވަނީ ވައިބަރުގައި އުރީދޫ ނެކްސްޓް ތައާރަފްކޮށް، ރާއްޖޭގައި ވައިބަރ ބޭނުންކުރާ ގިނަގުނަ ބޭފުޅުންނަށް މި ފަސޭހަ ފޯރުކޮށްދީފައި." އުރީދޫ ގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.

އުރީދޫ އިން ޑިޖިޓަލް ދިވެހިރާއްޖެއަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުފެއްދުންތެރި ހައްލުތައް މެދުވެރިކޮށް، ތަފާތު ތަޖުރިބާތަކާއި ގުޅުވާލަދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
10 މާރިޗު 2017

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި
28 ފެބުރުއަރީ 2017

އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

28 ފެބުރުއަރީ 2017
އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ
21 ފެބުރުއަރީ 2017

މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ

21 ފެބުރުއަރީ 2017
މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ
20 ފެބުރުއަރީ 2017

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު