Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުކާށިދޫ ގެސްޓް ހައުސް

ކާށިދޫގައި 250 އެނދުގެ ގެސްޓް ހައުސް ޕްރޮޖެކްޓެއް އެމްއައިޓީޑީސީ އިން ފަށައިފި

10 ގެސްޓް ހައުސް އެޅުމަށް ވަނީ ހަމަޖެހިފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 23 ނޮވެމްބަރު 2017 | ބުރާސްފަތި 16:40
އެމްއައިޓީޑީސީ އިން ބޭއްވި ޕްރެސް

އެމްއައިޓީޑީސީ އިން ބޭއްވި ޕްރެސް

ކާށިދޫގައި ގެސްޓް ހައުސް ތަކެއް އެޅުމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެޕޮލްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ހާއްސަ ޕްރޮޖެކްޓެއްގެ މަސައްކަތް ފަށައިފި އެވެ.

" ކާށިދޫ ގެސްޓް ހައުސް ޕްރޮޖެކްޓް" ގެ ނަމުގައި ހިންގާ މި ޕްރޮޖެކްޓަކީ 4 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކަމަށް އެމްއައިޓީޑީސީ އިން ބުނެ އެވެ.

އެމްއައޓީސީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަަވަމުން، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝާހިދު ވިދާޅުވީ، ކާށިދޫގައި 10 ގެސްޓް ހައުސް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ޕްރޮޖެކްޓްގެ ދަށުން އަޅާ 10 ގެސްޓް ހައުސްގައި 25 ކޮޓަރި ހުންނާނެ ކަމަށާއި ގާތްގަނޑަކަށް 250 އެނދު އެކުލެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ގެސްޓް ހައުސްތަކާ އެކު ރެސްޓޯރެންޓްތަކާއި ވޯޓަރ ސްޕޯޓްސް ވެސް އެރަށަށް މި ޕްރޮޖެކްޓްގެ ދަށުން ގެނެވޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ އަމިއްލަ ފަންޑު ރެއިސް ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

" އަޅުގަނޑުމެންގެ މޮޑެލް މި ގެންގުޅޭ ގޮތަކީ، އެސަރަހައްދެއްގައި އެ ޑިވެޕޮލްމެންޓަކާއި ގުޅޭ އިތުރު ހިދުމަތްތައް ވެސް ފޯރުކޮށްދިނުން. މިކަމުން ވެސް ވަރަށް ބޮޑު ފައިދާއެއް ކުރޭ. މި ޕްރޮޖެކްޓް ނިމޭ އިރު ވަކި ސަރަހައްދެއް ހެދިގެންދާނެ. ކާށިދޫއަކީ މިފަދަ މަސައްކަތެއް ކުރުމަށް ވަރަށް ބޮޑު ސްކޯޕެެއް އޮތް ގައުމެއް." ޝާހިދު ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ލިރާރު ވިދާޅުވީ، ކާށިދޫގައި ގެސްޓް ހައުސްއެއް ކުރިއަށްގެންދާއިރު އެރަށުގައި ގެސްޓް ހައުސް އެޅުމަށް އެންމެ ރަގަޅު ސަރަހައްދު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެެވެ. އެ ކަން ހަމަޖެހުމުން އަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

" އެމްއައިޓީޑީސީ އަކީ ޓޫރިޒަމްގެ ދާއިރާއަށް އިންވެސްޓް ކުރުމުގެ ގޮތުން އެކުލަވާލާފައިވާ ކުންފުންޏެއް. އެބޭފުޅުން ބަރެސްދޫ ޕްރޮޖެކްޓްވެސް އެބަ ކުރިއަށް ގެންދޭ. އަޅުގަނޑު ގަބޫލު ކުރަނީ ވަރަށް ކާމިޔާބު ކަމާ އެކު ކާށިދޫ ޕްރޮޖެކްޓްވެސް ކުރިއަށްގެންދެވޭނެ ކަމަށް." ލިރާރު ވިދާޅުވި އެވެ.

ކާށިދޫގައި ގެސްޓްހައުސް ޕްރޮޖެކްޓެއް ހިންގުމަށް މަސައްކަތް ކުރަމުންދާއިރު ބަރެސްދޫގައި ވެސް 50 ގެސްޓް ހައުސް އެޅުމުގެ ޕްރޮޖެކްޓެއް އެމްއައިޓީޑީސީ އިން ވަނީ ފަށާފަ އެވެ. އޭގެ އިތުރުން ރެސްޓޯރަންޓްތަކާއި ކެފޭ، ބާ، ސްޕާ، ތީމް ޕާކް، ތިއޭޓަރު، ގޮލްފްކޯސް، ބޮޓޭނިކަލް ގާޑެން އަދި ޑައިވް ސެންޓަރެއް އެރަށުގައި ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2017

ގެސްޓް ހައުސް ވިޔަފާރިތަކަށް ހާއްސަ ޓީވީ ޕެކޭޖުތަކެއް ދިރާގުން ތައާރަފުކޮށްފި

29 ނޮވެމްބަރު 2017
ގެސްޓް ހައުސް ވިޔަފާރިތަކަށް ހާއްސަ ޓީވީ ޕެކޭޖުތަކެއް ދިރާގުން ތައާރަފުކޮށްފި
30 އޮކްޓޯބަރު 2017

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފި

30 އޮކްޓޯބަރު 2017
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފި
22 އޮކްޓޯބަރު 2017

ގެސްޓްހައުސް އެވޯޑްސް އެޑިޝަންގެ ވޯޓްލުން އޮކްޓޯބަރ 28ގެ ނިޔަލަށް!

22 އޮކްޓޯބަރު 2017
ގެސްޓްހައުސް އެވޯޑްސް އެޑިޝަންގެ ވޯޓްލުން އޮކްޓޯބަރ 28ގެ ނިޔަލަށް!
10 އޮކްޓޯބަރު 2017

މޯލްޑިވްސް ޓްރެވެލް ގެސްޓްހައުސް އެވޯޑްސް އެޑިޝަން މިމަހުގެ 30 ގައި!

10 އޮކްޓޯބަރު 2017
މޯލްޑިވްސް ޓްރެވެލް ގެސްޓްހައުސް އެވޯޑްސް އެޑިޝަން މިމަހުގެ 30 ގައި!
23 ސެޕްޓެމްބަރު 2017

ކާމިޔާބުކަމާ އެކު ދެވަނަ ގެސްޓްހައުސް ކޮންފްރެންސް ނިންމާލައިފި

23 ސެޕްޓެމްބަރު 2017
ކާމިޔާބުކަމާ އެކު ދެވަނަ ގެސްޓްހައުސް ކޮންފްރެންސް ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު