Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު ކެމްޕެއިން

އިދިކޮޅުގެ ދައުވަތަށް ޖޭޕީއާއި އަދާލަތުން ނޫނެކޭ ބުނެފި، ގޮތް ނިންމަން އެމްއާރްއެމް މަޝްވަރާގައި

2 އޯގަސްޓު 2021 | ހޯމަ 15:09

އިދިކޮޅުގެ "މިނިވަންކަމުގެ ދިފާއުގައި - ދިވެހީން" ކެމްޕެއިން ފެށީ މިދިޔަ ހުކުރު ދުވަހުގެ ރޭ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 2 އޯގަސްޓު 2021 | ހޯމަ 15:09
ސަރުކާރު ކޯލިޝަނުގައި ހިމެނޭ ލީޑަރުން

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ލީޑަރުން

އަޅުވެތިކަމުން ގައުމު ސަލާމަތް ކުރުމުގެ ނަމުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ފަށާފައިވާ "މިނިވަންކަމުގެ ދިފާއުގައި - ދިވެހީން" ކެމްޕެއިނާއި ގުޅުމަށް ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއަށް ދިން ދައުވަތަށް އެ ދެޕާޓީން ނޫނެކޭ ބުނެފިއެވެ. މޯލްޑިވްސް ރިފޯމް މޫވްމެންޓުން މި ދައުވަތާމެދު އަދި ގޮތެއް ނުނިންމައި ބުނެފައިވަނީ ގޮތް ނިންމުމަށް މަޝްވަރާކުރަމުންދާކަމުގައެވެ.

އިދިކޮޅު ކޯލިޝަނުގެ ކެމްޕެއިނާއި ގުޅުމުގެ ދައުވަތު ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެމްއާރުއެމްގެ އިތުރުން އެމްޑީއޭ އާއި އެ ޕާޓީތަކުގެ ލީޑަރުންނަށް ރަސްމީކޮށް ވަނީ ފޮނުވާފައެވެ. މި ކެމްޕެއިން އިފްތިތާހު ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. އެރޭ އިދިކޮޅު ކޯލިޝަނުގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމް/ޕީއެންސީން އިސްނެގި ނަމަވެސް މިއީ ވަކި ޕާޓީއަކުން އެކަނި ކުރިއަށް ގެންދާނެ ކެމްޕޭނެއް ނޫން ކަމަށެވެ. މިއީ ގައުމީ ކެމްޕޭނެއް ކަމަށާއި ކޮންމެ ރައްޔިތަކަށް ވެސް ބައިވެރިވެވޭނެ ކަމަށް ވިދާޅުވިއެވެ. ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެމްއާރުއެމްގެ އިތުރުން އެމްޑީއޭ އާއި އެ ޕާޓީތަކުގެ ލީޑަރުންނަށް ރަސްމީކޮށް ދައުވަތު ފޮނުވީ އޯގަސްޓް 2 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

ޕީޕީއެމްގެ ދައުވަތު ފޮނުވި ޕާޓީތަކުގެ ތެރެއިން ތިން ޕާޓީއަކީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކެވެ. ގާސިމް އިބްރާހިމްގެ ލީޑަރޝިޕްގެ ދަށުން ހިންގަމުންދާ ޖުމްހޫރީ ޕާޓީއާއި، ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲގެ ލީޑަރޝިޕްގެ ދަށުން ހިންގާ އަދާލަތު ޕާޓީއިން ވަނީ އިދިކޮޅާއި ނުގުޅޭނެކަމަށް ބުނެފައެވެ. ގައުމު އަޅުވެތިކަމުން ސަލާމަތް ކުރުމަށޭ ކިޔާފައި މިޒާތުގެ ކެމްޕޭނެއް ފަށަންޖެހޭ ފަދަ ނުރައްކަލެއް އަދި ސަބަބެއް ނެތްކަމަށް މި ދެ ޕާޓީން ބުނެއެވެ. ކޯލިޝަނުގެ ބައިވެރިންގެ ގޮތުގައި މި ވަގުތު ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ހެޔޮ ވެރިކަމެއް ހިންގުމަށް މަގު ފަހިކޮށްދިނުމަށް އަމާޒު ހިފާފައިވާކަމަށްވެސް އެ ޕާޓީތަކުން ބުނެއެވެ.

ރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ ކޮވިޑްގެ ހާލަތުގައި ސަރުކާރަށް ގޮންޖެހުންތައް ކުރިމަތިކުރުވައި ޖެއްސުންކުރުމުން ގެއްލުންވާނީ ރައްޔިތުންނަށްކަމުގައި ވާއިރު، މިފަދަ ހާލަތެއް މެދުވެރިވިޔަ ނުދިނުމަށް ކޯލިޝަނުގެ މި ދެ ބައިވެރިން ވަނީ އެދިފައެވެ. ގައުމު އަޅުވެތިކަމަކަށް ނުވަތަ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލަށް ބުރުލެއް އަރާނެފަދަ އެއްވެސް ފުރުސަތެއް އެ ދެ ޕާޓީން ނުދޭނެކަމަށާއި އެކަހަލަ ހާލަތެއް އަތުވެއްޖެނަމަ ގައުމުގެ ރައްކާތެރިކަމަށްޓަކައި ދެ ޕާޓީންވެސް އިސްވެ ނިކުންނާނެކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

މިކަމާއި ގުޅޭގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ލީޑަރޝިޕްގެ ދަށުން ހިންގާ މޯލްޑިވްސް ރީފޯމް މޫވްމެންޓް، އެމްއާރްއެމުން ވަނީ އަދި މިކަމުގައި ވަކި ގޮތެއް ނުނިންމާކަމަށް ބުނެފައެވެ. އިދިކޮޅުގެ ސިޓީ އެ ޕާޓީއަށް ލިބިފައިވަނީ އޯގަސްޓް 2 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައިކަމުން ޕާޓީގެ އެތެރޭގެ މަޝްވަރާތަކަށްފަހު ނޫނީ ވަކި ގޮތެއް ނުނިންމާނެކަމަށް ވަނީ ބުނެފައެވެ. އިދިކޮޅުން ދެން ސިޓީ ފޮނުވި ޕާޓީއަކީ ސަން ޓްރެވަލް ޝިޔާމްގެ ލީޑަރޝިޕްގެ ދަށުން ހިންގާ އެމްޑީއޭއެވެ. އެމްޑީއޭއަކީ 2018ގެ ރިޔާސީ އިންތިޚާބާ ހަަމައަށް ރައީސް ޔާމީނާއެކު އޮތް ޕާޓީއެކެވެ. އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދަކީ 2013 އިން 2018 އަށް ހިނގި ރަައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާ އެންމެ އަރިސް އެކުވެރިޔާ އެވެ. އަދި އެ ކޯލިޝަނުގެ އެއް ޕާޓްނަރެވެ. ނަމަވެސް އިންތިޚާބުގެ ކެންޕެއިން ފެށުމާއެކު އެމްޑީއޭއިން ވަނީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާކަން ހާމަކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2017

ބޮޑު ވަރިހަމައިގާ ނުތިބެ މިއަނިޔާވެރިކަމަށް ނޫނެކޭ ބުނަން ޖެހޭ: ޝާހިދު

10 ސެޕްޓެމްބަރު 2017
ބޮޑު ވަރިހަމައިގާ ނުތިބެ މިއަނިޔާވެރިކަމަށް ނޫނެކޭ ބުނަން ޖެހޭ: ޝާހިދު
07 މެއި 2017

މާލެ އާއި އައްޑޫ ސިޓީން ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނެފި!

07 މެއި 2017
މާލެ އާއި އައްޑޫ ސިޓީން ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނެފި!
04 މެއި 2017

ރައީސް ޔާމީނަށް "ނޫނެކޭ" ބުނުމަށް، ވީހާވެސްގިނަ ރައްޔިތުން ވޯޓުދޭން ނުކުތުމަށް މަޚްލޫފް ގޮވާލައްވައިފި

04 މެއި 2017
ރައީސް ޔާމީނަށް "ނޫނެކޭ" ބުނުމަށް، ވީހާވެސްގިނަ ރައްޔިތުން ވޯޓުދޭން ނުކުތުމަށް މަޚްލޫފް ގޮވާލައްވައިފި
03 މެއި 2017

ރިޔާސީ އިންތިހާބުގެ ކުރިން ޔާމިންނަށް ނޫނެކޭ ބުނެ ގެއަށް ފޮނުވާލާނަން: ޝަމާއު

03 މެއި 2017
ރިޔާސީ އިންތިހާބުގެ ކުރިން ޔާމިންނަށް ނޫނެކޭ ބުނެ ގެއަށް ފޮނުވާލާނަން: ޝަމާއު
06 އެޕްރީލު 2017

ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭނީ މަގުމައްޗަށް ނިކުމެ: އަލީ އާޒިމް

06 އެޕްރީލު 2017
ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭނީ މަގުމައްޗަށް ނިކުމެ: އަލީ އާޒިމް
02 އެޕްރީލު 2017

ރައްޔިތުން މަދަނީ ބަސްނޭހުމަކަށް ގޮސް، ނޫނެކޭ ބުނެފި:ޝިފާ

02 އެޕްރީލު 2017
ރައްޔިތުން މަދަނީ ބަސްނޭހުމަކަށް ގޮސް، ނޫނެކޭ ބުނެފި:ޝިފާ
26 ފެބުރުއަރީ 2017

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު
24 ފެބުރުއަރީ 2017

ސަރުކާރުން ގެންގުޅެނީ މަޖުބޫރު ގޮތްތަކެއް، މިކަމަށް ނޫނެކޭ ބުނަން ޖެހޭ: އިމްތިޔާޒް

24 ފެބުރުއަރީ 2017
ސަރުކާރުން ގެންގުޅެނީ މަޖުބޫރު ގޮތްތަކެއް، މިކަމަށް ނޫނެކޭ ބުނަން ޖެހޭ: އިމްތިޔާޒް
28 ޖެނުއަރީ 2017

ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި

28 ޖެނުއަރީ 2017
ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް