Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިޚާބު

މާލެ އާއި އައްޑޫ ސިޓީން ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނެފި!

އައްޑޫ ސިޓީ ކައުންސިލްގެ 7 ގޮނޑި އެމްޑީޕީން ވަނީ ކާމިޔާބުކޮށްފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 7 މެއި 2017 | އާދީއްތަ 00:14
އައްޑޫ ސިޓީ ކައުންސިލްގެ ހިތަދޫ އުތުރު ދާއިރާއަށް އިންތިޚާބުވި އަބްދުﷲ ސާދިގު (ސޯބެ) އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން އުފާފާޅުކުރަނީ

އައްޑޫ ސިޓީ ކައުންސިލްގެ ހިތަދޫ އުތުރު ދާއިރާއަށް އިންތިޚާބުވި އަބްދުﷲ ސާދިގު (ސޯބެ) އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން އުފާފާޅުކުރަނީ

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ދެ ސިޓީއިން ސަރުކާރަށް ނޫނެކޭ ބުނެފިއެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ނެރެން ފަށާފައިވާއިރު، މިހާތަނަށް ގުނާ ނިމުނު ވޯޓުފޮށިތަކާއި ނުގުނައިވާ ފޮށިތަކަށް ވޯޓުލީ މީހުންގެ ނިސްބަތަށް ބަލާއިރު، އައްޑު ސިޓީ ކައުންސިލްގެ 7 ގޮނޑި އާއި، މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން 12 ގޮނޑި އެމްޑީޕީއަށް ވަނީ ކަށަވަރުވެފައެވެ.

Advertisement - newsAdvertisement

މާލެ ސިޓީއިން އެމްޑީޕީއަށް ކަށަވަރު ނުވަނީ، ހެންވޭރު އުތުރު ދާއިރާއެވެ. އެ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ހަމްޒާ ހަސަން ވަނީ، އިންތިޚާބާއި ގާތްވެފައި ވަނިކޮށް، އެ ދާއިރާއަށް ސަރުކާރުގެ ފަރާތުން ވާދަ ކުރެއްވި ޑީއާރްޕީގެ ކެނޑިޑޭޓަށް ތާއީދު ކުރައްވަން ނިންމަވައި، ސަރުކާރު ހިންގާ ޕީޕީއެމްއަށް ސޮއިކުރައްވާފައެވެ. ނަމަވެސް ވޯޓު ކަރުދާހުގައި ހަމްޒާގެ ނަން ހިމަނާފައިވަނީ އެމްޑިޕީގެ ކެނޑިޑޭޓްގެ ގޮތުގައެވެ.

މާލޭ ސިޓީ ކައުންސިލްގެ ދާއިރާތައް ކާމިޔާބު ކުރެއްވި ކެނޑިޑޭޓުން:

  • ހުޅުހެންވޭރު ދާއިރާ އާދަމް ޝަރީފް
  • މެދުހެންވޭރު ދާއިރާ އަހުމަދު ނިޔާޒު
  • ހެންވޭރު ދެކުނު ދާއިރާ އިބްރާހިމް މަނިކު
  • ގަލޮޅު އުތުރު ދާއިރާ ޞިފާ މުހައްމަދު
  • ގަލޮޅު ދެކުނު ދާއިރާ ޝާހީން މަހްމޫދު
  • މައްޗަންގޯޅީ އުތުރު ދާއިރާ މުހައްމަދު ރަޝީދު
  • މައްޗަންގޯޅީ ދެކުނު ދާއިރާ އަހްމަދު ޟަމީރު
  • މާފަންނު އުތުރު ދާއިރާ މުހައްމަދު ފަޒީން
  • މާފަންނު ހުޅަނގު ދާއިރާ ޝަމާއު ޝަރީފް
  • މާފަންނު މެދު ދާއިރާ އަޒްރާ މޫސާ
  • މާފަންނު ދެކުނު ދާއިރާ ހުސެއިން ޝަރީފް
  • ވިލިމާލޭ ދާއިރާ ހަމްނާ ވަހީދު

އައްޑޫ ސިޓީ ކައުންސިލްގެ ދާއިރާތައް ކާމިޔާބު ކުރެއްވި ކެނޑިޑޭޓުން:

  • ހުޅުދޫ ދާއިރާ އިބްރާހިމް ޝުކުރީ
  • ފޭދޫ ދާއިރާ އަލީ ފަހުމީ އަހުމަދު
  • މަރަދޫ ދާއިރާ ފައިސަލް އިބްރާހިމް
  • ހިތަދޫ އުތުރު ދާއިރާ އަބްދުﷲ ސާދިގު
  • ހިތަދޫ މެދު ދާއިރާ ޖަމްޝީދާ މުހައްމަދު
  • ހިތަދޫ ދެކުނު ދާއިރާ މުހައްމަދު ޔަސްރިފް
  • އައްޑޫ މީދޫ ދާއިރާ ހުސެއިން ހިޔާޒް

އެމްޑީޕީއިން މި ދެ ކައުންސިލަށް ހޮވުނު ބައެއް ކެނޑިޑޭޓުންނަކީ، ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ ނަގާކިޔޭ ފަރާތްތައް ތަމްޞީލްކުރާ ދާއިރާތަކުން އިންތިޚާބުވި ފަރާތްތަކެވެ. އަދި މީގެ ތެރެއިން ބައެއް ކެނޑިޑޭޓުންނަކީ ކައުންސިލްގެ ދެވަނަ ދައުރަށް ހޮވުނު ކެނޑިޑޭޓުންނަށް ވާއިރު، އައްޑޫ ސިޓީ ކައުންސިލްގެ ހިތަދޫ އުތުރު ދާއިރާއަށް އިންތިޚާބުވި އަބްދުﷲ ސާދިގު (ސޯބެ) ކައުންސިލަށް އިންތިޚާބުވި މިއީ 3 ވަނަ ދައުރެވެ. ސޯބެ ވަނީ ވޭތުވެ ދިޔަ ދެ ދައުރުގައި އައްޑޫ ސިޓީގެ މޭޔަރުކަންވެސް ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު