Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާ

ބޮޑު ވަރިހަމައިގާ ނުތިބެ މިއަނިޔާވެރިކަމަށް ނޫނެކޭ ބުނަން ޖެހޭ: ޝާހިދު

ސަރުކާރާ ދެކޮޅަށް ނިކުންނެވި ލީޑަރުންގެ ފަހަތްޕުޅުގައި އަތާއަތް ގުޅާލަންޖެހޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2017 | އާދީއްތަ 02:32
ޢަބްދުﷲ ޝާހިދު: ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

ޢަބްދުﷲ ޝާހިދު: ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

ބޮޑު ވަރިހަމައިގާ ނުތިބެ ވިސްނުމާއި ބުއްދި ބޭނުންކޮށްގެން މިއަނިޔާވެރިކަމުން ސަލާމަތް ވުމަށްޓަކައި ފުންމާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން މ. ކުނޫޒްގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އަބްދުﷲ ޝާހިދު ވިދާޅުވީ މިސަރުކާރުން ކުރަމުންދާ ކަންތައްތަކަށް ނޫނެކޭ ބުނަން ކެރެން ޖެހެނީ އެކަމަކީ ރައްޔިތުންނާ ހަވާލުވެފައިވާ ގައުމީ ވާޖިބަކަށްވާތީ ކަމަށާއި ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ކެރިވަޑައިގެން ނިކުންނެވި ލީޑަރުންގެ ފަހަތްޕުޅުގައި އަތާއަތް ގުޅާލަންޖެހޭ ކަމަށެވެ. އަދި އަނިޔާވެރިކަމާއި ފަސާދައިގެ އަމަލުތައް ބޮއްސުންލައިގެން ދަންދެން ތިބުމުގެ ބޭނުމެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މިސަރުކާރާ ދެކޮޅަށް ރައްދުގައި އެއްޗެއް ބުނެފިނަމަ ލިބެނީ އަނިޔާ ކަމަށާއި ބަލާލި ކޮންމެ ދިމާލަކުން ފެންނަމުންދަނީ އަނިޔާވެރިކަން ކަމަށެވެ. މިހާރު ފެންނަމުންދަނީ ސަރުކާރުން އަނިޔާވެރިކަމުގައި ހައްދުފަހަނައަޅައި ގޮސް އަދުލު އިންސާފު ނެތިކޮށްލާ ހައްގުތައް އިންތިހާއަށް ނިގުޅައިގެންފައިވާ މަންޒަރު ކަމަށްވެސް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާ ކަމުގެ ހެއްކަކީ ގައުމުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު "ދަމާކޫއްތާފައި ގެންގޮސް ފަޓާސް ބަރިއެއް ހެން ތަހުގީގުކޮށް ޖަލަށްލުން" ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާލާސްކަންފުޅާ ހޮސްޕިޓަލުގައި އޮންނަވަނިކޮށް ޣައިރު ހާޒިރުގައި ހުކުމް ކުރުމަކީ ވެސް އަނިޔާވެރިކަން ހާމަވާ ސަބަބެއް ކަމަށްވެސް ވިދާޅުވި އެވެ. އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އަށް ޖަލުގައި ދެމުންދާ އަނިޔާތަކުންވެސް މި ސަރުކާރުގެ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާ މިންވަރު އެނގިގެންދާ ކަމަށްވެސް ވިދާޅުވި އެވެ. އަބްދުﷲ ޝާހިދު ވިދާޅުވީ ފާރިސް ޖަލަށްލާފައިވަނީ ނުފަށާ ޝަރީޢަތެއް ނިމެންދެން ކަމަށާއި ފާރިސް ޖަލުގައި ހުންނަވާތާ 54 ދުވަސްވެފައިވާ ކަމަށެވެ. އަދި މިއީ އަނިޔާވެރިކަމުގެ އިންތިހާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ޖަލަށްލާފައިވަނީ ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ބުނެ ހުކުމެއް ކޮށްގެން ކަމަށާއި އެހެންނަމަވެސް އެފިސްތޯލައިންވެސް އެމަނިކުފާނުގެ ޑީއެންއޭ ނުފެންނަ ވާހަކަ އަޑުއިވޭ ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރައްޔިތުންގެ ފަޅި ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ ކަމަށާއި އެހެންކަމުން ހައްގަށް ނަސްރު ލިބެން ކައިރިވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި އިދިކޮޅު ޕާޓީތަކުގެ ސަފުތައް ދަނީ އިތުރަށް ބަދަހިވަމުން ކަމަށާއި މިއީ ހިތްވަރާއި ސާބިތު ކަމާއެކު ދެމިތިބެންވީ ވަގުތު ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވިސްނަން ޖެހޭނީ ﷲ އަޅުގަނޑުމެންނަށް ދެއްވި ވިސްނުމުގެ ބުއްދީގެ ބޭނުންކޮށްގެން އެއްގޯސް ނުވެ، މާޔޫސް ނުވެ، ބޮޑު ވަރިހަމައިގާ ނުތިބެ ފުންމާލަން ޖެހޭ ވަގުތު ފުންމާލަން ތައްޔާރުވުން. މުޅި ހަށިގަނޑުގެ ހަކަތަ ހުސްނުވަނީސް މި ޤައުމުގައި ފަތުރަމުންދާ އަނިޔާވެރިކަމުގެ ހިލިހިލާތަކުން ސަލާމަތް ވުމަށް ނޫނެކޭ ބުނަން އަޅުގަނޑުމެންނަށް ކެރެން ޖެހޭނެ. އެއީ އަޅުގަނޑުމެންނާ މިއަދު ހަވާލުވެފައިވާ ޤައުމީ ވާޖިބެއް." ޝާހިދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސްކަން ކުރެއްވި ޢަބްދުﷲ ޝާހިދު އޭނާގެ ދައުރުގައިވެސް ރައްޔިތުންގެ މަޖިލީހުގެ ގޮންޑިތަކެއް ގެއްލުނުކަން ފާހަގަ ކުރައްވައި ވިދާޅުވީ އޭރުވެސް މެންބަރެއްގެ ގޮނޑި ގެއްލުނަކަމަށް ކަނޑައަޅާފައިވާނީ ސުޕްރީމް ކޯޓުން ނިންމުމުން ކަމަށާއި އިލެކްޝަންސް ކޮމިޝަނަކަށް އެކަމެއް ނުކުރެއްވެވޭނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 އެޕްރީލު
ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް
20251 އަހަރު ކުރިން
ރާއްޖެ

ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު
20215 އަހަރު ކުރިން
ރާއްޖެ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!
20197 އަހަރު ކުރިން
ރިޕޯޓު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް
20188 އަހަރު ކުރިން
ރިޕޯޓު

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު