Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޚްލޫފްގެ އިލްތިމާސް

ރައީސް ޔާމީނަށް "ނޫނެކޭ" ބުނުމަށް، ވީހާވެސްގިނަ ރައްޔިތުން ވޯޓުދޭން ނުކުތުމަށް މަޚްލޫފް ގޮވާލައްވައިފި

މިއީ ރިޔާސީ އިންތިޚާބެއް ކަމަށް ދެކި އެންމެން ސަރުކާރާ ދެކޮޅަށް ވޯޓު ދެއްވާ: މަހްލޫފް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 4 މެއި 2017 | ބުރާސްފަތި 18:26
އަހްމަދު މަޚްލޫފް: މިވަގުތުވެސް އޮންނެވީ ޖަލުގައި

އަހްމަދު މަޚްލޫފް: މިވަގުތުވެސް އޮންނެވީ ޖަލުގައި

މިމަހުގެ 6 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ވީހާވެސް ގިނަ ރައްޔިތުން ރައީސް ޔާމީންއާއި ދެކޮޅަށް ވޯޓުދިނުމަށް ނުކުތުމަށް މިވަގުތު ޖަލުގައި އޮންނެވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚްލޫފް އެދިވަޑައިގެންފިއެވެ.

މަޚްލޫފްގެ ފަރާތުން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ މިމަހުގެ 6 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ވީހާވެސް ގިނަ ރައްޔިތުން ރައީސް ޔާމީނާއި ދެކޮޅަށް ވޯޓުދިނުމަށް ނުކުތުމަށް އާދޭހާއިއެކު ގޮވާލާ ކަމަށެވެ.

Advertisement - newsAdvertisement

މަޚްލޫފް ވިދާޅުވެފައިވަނީ މިއަދު މިޤައުމު ވެއްޓިފައިމިވާ ބިރުވެރި، ނާމާން އަދި ހަޑިމުޑުދާރު ހާލަތުން ސަލާމަތްކުރުމަށް މިވޯޓަަކީ އިންތިހާއަށް މުހިންމު ވޯޓަަކަށް ވާނެކަން ކަށަވަރު ކަމަށެވެ. އަދި އިތުބާރު ގެއްލިފައިވާ އިލެކްޝަންސް ކޮމިޝަނުން ސަރުކާރުގެ އޯޑަރަށް އިންތިޚާބުގެ ނަތީޖާ ގަޑުބަޑުކުރުމަށް މަސައްކަތް ކުރާނެކަމަށް ޤަބޫލުކުރެވޭ ހިނދު، ރައްޔިތުންގެ ވޯޓުން ފޮށިތަށް ފުރާލައިފިނަމަ ބޮޑުތަނުން ރައީސް ޔާމިން ބަލިވާނެކަން ކަށަވަރު ކަމަށް މަޚްލޫފް ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ތާއީދުބޮޑު ލީޑަރުން އުފައްދާފައިވާ އިއްތިިހާދުން 2018 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރުުން ވެގެންދާނީ ހަމަޖެހުމާއި ސުލްޙަ މަސަަލަސްކަަމުގެ ތެރެއިން ޤައުމު ހިންގުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް ވިދާޅުވަމުން މަޚްލޫފް ވިދާޅުވެފައިވަނީ މި އަމާޒަށް ވާސިލްވުމަށް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމަކީ އިންތިހާއަށް މުހިއްމު ކަމެެއްކަަމުގައި ދެކިލައްވާ ކަމަށެވެ.

މިވޯޓުގެ ނަތީޖާއާއިއެކު މިވަގުތުވެސް ބޮޑު ބަދަލުތަކެއް ޤައުމަށް ގެނެވޭނެކަމަށާއި ޖަލަށްލާ، ބިރުދައްކާ އަދި ގަދަބާރުން ބަނދެލާފައިވާ ރައްޔިތުުންގެ މަޖިލީހުގެ މެޖޯރިޓީވެސް މިވޯޓާއިއެކު ބޮޑުތަނުން އިދިކޮޅަށް ލިބޭނެެ ކަމަށް މަޚްލޫފް ވިދާޅުވިއެވެ. އަދި އެކަމުގެ ނަތީޖާއެއްގެގޮތުން ފަނޑިޔާރުގެ ހަމަމަގަށް އަޅުވާ، މުއައްސަސާތައް މިނިވަންކޮށް، އަގުބޮޑުކޮށްފައިވާ ކާޑާއި ކަރަންޓުގެ އަގުހެޔޮކޮށް، ހަމައެއް ލަމައެއްނެތި ރައްޔިތުންގެ އަތުން ފެލަމުންގެންދާ ޓެކްސް އާއި ޑިއުޓީ ވަކި އިމެއްގެ ތެރޭގައި ހިފެހެއްޓުމަށް ފުރުސަތު ލިބޭނެކަމަށް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

މަޚްލޫފް ވިދާޅުވީ "ޑރ.އަފްރާޝީމް އަށް އިންސާފަށްއެދި ދުޢާކޮށްކޮށް ހުންނެވި ބައްޕަ އަޅުގަނޑުުމެންނާއި ވަކިވިއިރުވެސް އެކަމުގައި ސަރުކާރުވަނީ ފެއިލްވެފައެވެ. ނޫސްވެރިޔާ ރިލްވާންއަށް އިންސާފް ހޯދައިދިނުމަށް އެންމެ ބުރަކޮށް މަސައްކަތްކުރި ޔާމީން ރަޝީދު އަނިޔާވެރިކޮށް މާރާލިއިރުވެސް އިންސާފެއް ނުލިބުނެވެ. ސިޔާސީ ފަރާތްތަކުގެ ޝަރީއަތްތަށް ފަޓާސް ބަރިއެއްހެން ނިންމާލިއިރު، ތުއްތުތުއްތު އިބްތިހާލް އާއި މިސަރުކާރު ވެރިކަމަށް އައިފަހުން މަރާލެވިފައިވާ މީހުންގެ 24 ޤާތިލުންނަށް ޚައްގު އަދަބު ދިންތަނެްނުފެނެެއެވެ. ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް ކުރިހޯދައިފިއެވެ. ޤާނޫނުތަކަށް ބަދަލުގެނެސް ރައްޔިތަކަށް ހިރިނުލެވޭވަރަށް ޙައްޤުތަށް ފޭރިގަނެވިފައެވެ. ރައީސް ޔާމީންއާއި ވާދަކުރައްވާނެހެންހީވާ ހުރިހާ އެންމެން ޖަލަށްލައިފިއެވެ. ތިމާގެ އެއްބަފާ ބޭބޭފުޅުން ފެށިގެން ވެރިކަންހޯދާދޭން ޖާނާމާލުން ގުރުބާންވި އެންމެންވީ ޖަލުގައެވެ. މިއިންތިޚާބްގައި ވާދަކުރަންތިބި އިދިކޮޅު ކެންޑިޑޭޓުން ޕީ.ޕީ.އެމް އަށް ސޮއިކުރުވާ، ކެނޑިޑެންސީ ބާތިލްކޮށް، ބިރުދައްކާއިރު ލަދުގެ ކަންފުޅެއްވެސް ނެތް" ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ޕީ.ޕީ.އެމްގެ ކެނޑިޑޭޓުންނަށް ތާއީދުހޯއްދަވާދެއްވުމަށް ރައީސް ޔާމީން އެއްވެސް ރަށަކަށް ވަޑައިނުގަތީ އިންތިޚާބުން ބޮޑުކޮށް ބަލިވާތަން އެމަނިކުފާނަށްވެސް ފެނިވަޑައިގަންނަވާތީ ކަމަށާއި މިއިންތިޚާބާއި 2018 އަށް އެމަނިކުފާނު ކުރައްވާ ކެމްޕޭންއާއި ގުޅުމެއްނެތްކަން ފަހުގެ ތާރީޙެއްގައި ވިދާޅުވުމުގެ ނިޔަތުގައި ކަމަށް ވީނަމަވެސް މިއަދު ރައްޔިތުންގެ ލޯތައްވަނީ އޮޅުވާލެވޭ ވަރަށްވުރެ ބޮޑަށް ހުޅުވިފައި ކަމަށް މަޚްލޫފް ވިދާޅުވިއެވެ.

މަޚްލޫފް ވިދާޅުވީ މިއީ ކުޑަ އަދި މުހިއްމުނޫން އިންތިޚާބެެއްކަމަށް ދެކިވަަޑައިގެން ގޭގައި ނުތިއްބެވުމަށް އާދޭސް ތަކުރާރު ކުރައްވާ ކަމަށާއި ތުއްތުތުއްތު ދެދަރިންނާއި ވަކިކޮށް ދެއަހަރުވަންދެން ޖަލުގައި އަނިޔާވެރިކަން ތަޙައްމަލުކުރި ނާސިރާގެ ޙައްގުގައިވެސް އެންމެ ގަޑިއިރެއް ވޯޓުލުމަށް ހޭދަކޮށްލަދެއްވުމަށް އެދޭ ކަމަށެވެ.

"މިއަދުވެސް ޖަލުތަކުގައި އެކަނިވެރިކަމުގެ ދުވަސްތައް ގުނަމުންގެންދަވާ ބޭބޭފުޅުންނަށް ހަމްދަރުދީވެލެއްވުގެ ގޮތުންވެސް އެދުވަހު ވޯޓުދެއްވާށެވެ. ފޯނަކީ މިއަދު އެެންމެ ޒާތީ މައުލޫމާތު ހިމެނޭ އެއްޗަކަށްވާއިރު، ފުލުހުން ބޭނުންވަގުތަކު އޭގެ ލޮކްކޯޑް އެެއްވެސް ރައްޔިތަކު ދޭންނުޖެހޭނެކަމަށް އެއްބަސްވެލައްވަވާނަމަ ވޯޓް ދެއްވާށެވެ. 140 މިލިއަން ޑޮލަރުގެ 25 ބުރީގެ 4 އިމާރާތް އެޅޭއިރު، މިކަހަލަ ޖީބާށްބަރުވާ ތަރައްޤީއަށް ނޫނެކޭ ބުނުމަށް ވޯޓުދެއްވާށެވެ. އަދުލްއިންސާފާއި ހައްްޤުތަށް ކަށަވަރުކުރުމަށް ވޯޓުދެއްވާށެެވެ. މިއީވެސް ރިޔާސީ އިންތިޚާބެއްކަމަށް ދެކިވަޑައިގެން، ވޯޓުފޮށިން ފިސާރިބާރަށް ރައީސް ޔާމީންއަށް "ނޫނެކޭ" ވިދާޅުވާށެވެ." މަޚްލޫފްގެ ބަޔާނުގައިވެއެވެ.

މާތް ﷲ އިރާދަފުޅާއިއެކު މިއިންތިޚާބުގައި އިދިކޮޅުފަރާތްތަކުން ރައީސް ޔާމީން ބޮޑުތަނުން ބަލިކުރާނެ ކަމަށާއި ހަތަރު ފަހަރަށް ލަސްކޮށް، ޖަލްސާ ބާއްވަން ތަނެއްނުދިންނަމަވެސް ވޯޓު ފޮށިން ރައްޔިތުންގެ އަޑު ފިސާރި ބާާރަށް މިފަހަަރު އިވޭނެކަމަށް މަޚްލޫފް ވިދާޅުވިއެވެ. އަދި އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓުންނަށް ވޯޓުއަަޅައި ފޮށިތަށް ފުރާލުމަށްވެސް މަޚްލޫފް އެދިލައްވާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު