Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިޔަންމާގައި އިންތިޚާބު ބޭއްވުން

މިޔަންމާގެ އަސްކަރިއްޔާގެ ވެރިޔާ އަމިއްލަފުޅަށް ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގެންފި

ގައުމާއި މުޚާތަބު ކުރައްވާފައިވަނީ ވެރިކަން ފުރޮޅާލިތާ 6 މަސް ފަހުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 2 އޯގަސްޓު 2021 | ހޯމަ 10:45
މިޔަންމާގެ ސިފައިންގެ ވެރިޔާ

މިޔަންމާގެ ސިފައިންގެ ވެރިޔާ

މިޔަންމާގެ އަސްކަރިއްޔާގެ ވެރިޔާ މިން އައުންގ ހެއިންގް އަމިއްލަފުޅަށް ގައުމުގެ ބޮޑުވަޒީރުކަމަށް ވަޑައިގެންފިއެވެ.

އައު ބޮޑުވަޒީރުކަމާއެކު އައު ސަރުކާރެއްވެސް އުފައްދާފައިވާ ކަމަށް މިޔަންމާގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ. އައު ސަރުކާރަކާއެކު އަސްކަރިއްޔާގެ އިސްވެރިޔާ ބޮޑުވަޒީރުކަމަށް އަމިއްލަފުޅަށް ވަޑައިގެންފައިވަނީ ރައްޔިތުންގެ ވެރިކަން ވައްޓާލައި ބާރުތައް ހިފެހެއްޓިތާ 6 މަސް ދުވަސް ފަހުންނެވެ.

އަމިއްލަފުޅަށް ބޮޑުވަޒީރުކަމަށް ވަޑައިގެން އާދީއްތަ ދުވަހު ދެއްވި ބަސްދީގަތުމެއްގައި މިން ވަނީ 2023 ވަނަ އަހަރުގެ ކުރިން އިންތިޚާބު ބާއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވެއެވެ. ވެރިކަމުގެ ބާރުތައް އަތުލައި އަސްކަރިއްޔާއިން މިޔަންމާގެ ކަންކަން ބަލަހައްޓަން ފެށިތާ ސީދާ 6 މަސް ފަހުން ފުރަތަމަ ފަހަރަށް އަސްކަރިއްޔާގެ ވެރިޔާ މިކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަވާފައި ވަނީ ރައްޔިތުން އިންތިޚާބު ކުރި އަންސަން ޔޫކީގެ ވެރިކަން ސިފައިން ވައްޓާލި ވައްޓާލުން އެތެރެޔާއި ބޭރުން ކުށްވެރިކުރަމުން ދަނިކޮށެވެ.

އަންސަން ސޫކީގެ ވެރިކަން ވައްޓާލައި އުފެއްދި ސްޓޭޓް އެޑްމިނިސްޓްރޭޝަން ކައުންސިލްގެ ރައީސްކަން ވެސް ކުރެއްވީ މިންއެވެ. އަދި ގައުމު ހިންގުމުގެ ހުރިހާކަމެއް ކުރަމުން އައީ މި ކައުންސިލުންނެވެ.

ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ ގައުމުގެ ކަންކަން ހަމައަކަށް އަޅުވާއި ފަސޭހަކަމާއިއެކު ކަންކަން ކުރިއަށް ގެންދިއުމަށް ސްޓޭޓް އެޑްމިނިސްޓްރޭޝަން ކައުންސިލުން ސަރުކާރު ހިންގާ ގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ. މިން ވަނީ ފުރަތަމަ ފަހަރަށް އާންމުކޮށް ދެއްވި ބަސްދީގަތުގައި ޑިމޮކްރަސީ ގެންނާނެ ކަމަށާއި، މިހާރު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އޮގަސްޓް 2023 އާ ހަމައަށް ނިމުމަކަށް ގެންނާނެ ކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

17 މާރިޗު 2017

މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

17 މާރިޗު 2017
މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން
09 މާރިޗު 2017

އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ

09 މާރިޗު 2017
އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ
06 މާރިޗު 2017

އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ

06 މާރިޗު 2017
އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ
25 ފެބުރުއަރީ 2017

ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި

25 ފެބުރުއަރީ 2017
ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި
24 ފެބުރުއަރީ 2017

ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި

24 ފެބުރުއަރީ 2017
ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު