Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޯކިއޯ އޮލިމްޕިކްސް

ލޯ މެޑަލް މެޗުންވެސް ޖޮކޮވިޗަށް ނާކާމިޔާބު

1 އޯގަސްޓު 2021 | އާދީއްތަ 05:01

ޖޮކޮވިޗް ވަނީ މިކްސް ޑަބަލްސްގެ ލޯ މެޑަލް މެޗުން ވަކިވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 1 އޯގަސްޓު 2021 | އާދީއްތަ 05:01
ލޯ މެޑަލް މެޗުގެ ތެރެއިން ޖޮކޮވިޗް ދެވަނަ ފަހަރަށް ރެކެޓް އެއްލާލަނީ

ލޯ މެޑަލް މެޗުގެ ތެރެއިން ޖޮކޮވިޗް ދެވަނަ ފަހަރަށް ރެކެޓް އެއްލާލަނީ

ޓޯކިއޯ އޮލިމްޕިކްސް 2020 ގެ ޓެނިސް އިވެންޓުގެ ލޯ މެޑަލް މެޗުން ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ބަލިވެއްޖެއެވެ.

މި އަހަރުގެ އޮލިމްޕިކްސްއާ އުމުރުން 34 އަހަރުގެ ޖޮކޮވޮޗް ކުރިމަތިލީ އޮލިމްޕިކްސްގެ އިތުރުން މި އަހަރުގެ އިތުރު ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކޮށް، ރިކޯޑު ހެދުމުގެ އަމާޒުގައެވެ. މި ފަހަރުގެ ޓެނިސް ސީޒަނުގައި މިހާތަނަށް ބޭއްވި ތިން ގްރޭންޑް ސްލޭމް މުބާރާތްވެސް ޖޮކޮވިޗް ވަނީ ކާމިޔާބުކޮށްފައެވެ. އަހަރެއްގެ ތެރޭގައި ހަތަރު ގްރޭންޑް ސްލޭމް މުބާރާތާއި އޮލިމްޕިކްސް އެންމެ ފަހުން ކާމިޔާބުކުރީ 1988 ވަނަ އަހަރު ޖަރުމަނުގެ ސްޓެފީ ގްރާފެވެ. ޖޮކޮވިޗަށް އެ ފުރުސަތު އޮތް ނަމަވެސް، އޮލިމްޕިކްސްގެ ސެމީ ފައިނަލުން ކެޓުމާ ގުޅިގެން އޭނާގެ ރަން ކާމިޔާބީގެ ހުވަފެން ވަނީ ނިމުމަކަށް އައިސްފައެވެ.

ސެމީން ބަލިވުމާއެކު ހޮނިހިރު ދުވަހު ކުޅުނު ލޯ މެޑަލް މެޗުގައި ޖޮކޮވިޗް ވާދަކުރިއިރު، އެ މެޗުން އޭނާ ބަލިވީ ރޭންކިންގެ 77 ވަނައިގައި އޮތް ސްޕެއިނުގެ ޕަބްލޯ ކާރޭނިއޯ އަތުން 2-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 6-4، 6-7 (6-8) އަދި 6-3 އިންނެވެ. ކާރޭނިއޯ އަތުން ޖޮކޮވިޗް ބަލިވިއިރު، މި މެޗުގެ ތެރެއިން ޖޮކޮވިޗް ވަނީ ހިތްހަމަނުޖެހިގެން ދެ ފަހަރެއްގެ މަތިން އޭނާގެ ރެކެޓް އެއްލާލާފައެެވެ. އަދި ދެވަނަ ފަހަރު ރެކެޓް އެއްލާލުމުން، ރެކެޓް ހަލާކުވެސްވިއެވެ.

ފިރިހެން ސިންގަލްސްގެ ލޯ މެޑަލް މެޗުން ޖޮކޮވިޗް ބަލިވިއިރު، އޭނާ ވަނީ ހޮނިހިރު ދުވަހު ކުޅެން އޮތް މިކްސް ޑަބަލްސްގެ ލޯ މެޑަލް މެޗުން ވަކިވެފައެވެ. އެ މެޗުން ވަކިވާން ޖޮކޮވިޗް ނިންމީ ވާތު ކޮނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ.

އޮލިމްޕިކްސްއިން ޖޮކޮވިޗަށް މިހާތަނަށް ރަން މެޑެއްޔެއް ހޯދިފައިނުވާއިރު، އޮލިމްޕިކްސްގެ ތާރީޚުގައި ޖޮކޮވިޗްގެ ހަމައެކަނި ކާމިޔާބީއަކީ 2008 ވަނަ އަހަރު ޗައިނާގައި ބޭއްވި ބެއިޖިން އޮލިމްޕިކްސްގެ ފިރިހެން ސިންގަލްސްއިން ލިބުނު ލޯ މެޑެއްޔެވެ.

އޮލިމްޕިކްސްއިން ޖޮކޮވިޗަށް ކާމިޔާބީއެއް ނުލިބުނު ނަމަވެސް، އޭނާ ވަނީ މި އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތާއި، އޮސްޓްރޭލިއަން އޯޕަން އަދި ފްރެންޗް އޯޕަން ކާމިޔާބުކޮށްފައެވެ. އެއާއެކު ޖޮކޮވިޗް ވެފައިވަނީ ޓެނިހުގެ އޯޕަން އެރާގައި އެއް އަހަރު ތެރޭ ތިން ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރި ތިންވަނަ ކުޅުންތެރިޔާއަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2017

18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ދެވަނަ މެޗުންވެސް ރާއްޖެ ބަލިވެއްޖެ

21 ސެޕްޓެމްބަރު 2017
18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ދެވަނަ މެޗުންވެސް ރާއްޖެ ބަލިވެއްޖެ
20 ސެޕްޓެމްބަރު 2017

ރާއްޖޭގެ ފުޓްސަލް ޓީމު ކުޅުނު ތިންވަނަ މެޗުންވެސް ބަލިވެއްޖެ

20 ސެޕްޓެމްބަރު 2017
 ރާއްޖޭގެ ފުޓްސަލް ޓީމު ކުޅުނު ތިންވަނަ މެޗުންވެސް ބަލިވެއްޖެ
22 މެއި 2017

ސާބާ ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ވެސް ބަލިވެ ރާއްޖެއަށް ރިހި މެޑަލްގެ ފުރުސަތު ގެއްލިއްޖެ

22 މެއި 2017
ސާބާ ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ވެސް ބަލިވެ ރާއްޖެއަށް ރިހި މެޑަލްގެ ފުރުސަތު ގެއްލިއްޖެ
21 މެއި 2017

ޒުވާން ޓީޓީ ޓީމުން ތިން ލޯ މެޑަލް ހޯދައިފި

21 މެއި 2017
ޒުވާން ޓީޓީ ޓީމުން ތިން ލޯ މެޑަލް ހޯދައިފި
30 އެޕްރީލު 2017

އޭޝިއަން ގްރޯން ޕްރީ: އޭޝިއާގެ ފުރަތަމަ މެޑަލް ހޯދި ދިވެހި އެތުލީޓަކަށް ސާއިދު

30 އެޕްރީލު 2017
 އޭޝިއަން ގްރޯން ޕްރީ: އޭޝިއާގެ ފުރަތަމަ މެޑަލް ހޯދި ދިވެހި އެތުލީޓަކަށް ސާއިދު
08 އެޕްރީލު 2017

ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

08 އެޕްރީލު 2017
ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް
21 މާރިޗު 2017

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

21 މާރިޗު 2017
ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް
09 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި

09 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް