Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޑޯ އެންޑް މާޝަލް އާޓްސް

ރާއްޖޭގެ ފުޓްސަލް ޓީމު ކުޅުނު ތިންވަނަ މެޗުންވެސް ބަލިވެއްޖެ

20 ސެޕްޓެމްބަރު 2017 | ބުދަ 06:15

އުޒްބެކިސްތާނު އަތުން ރާއްޖެ ބަލިވެފައިވަނި 9-1 އަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 20 ސެޕްޓެމްބަރު 2017 | ބުދަ 06:15
ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު

ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު

ފަސްވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައި ރާއްޖޭގެ ފުޓްސަލް ޓީމު ކުޅުނު ތިންވަން މެޗުން ވެސް ބަލިވެއްޖެއެވެ.

ތުރެކެމިނިސްތާނުގައި ކުރިޔަށްދާ މި މުބާރާތުގައި ރާއްޖޭގެ ފުޓްސަލް ޓީމު ތިންވަނަ މެޗުގައި ނުކުމެފައި ވަނީ އުޒްބެކިސްތާނާ ދެކޮޅަށެވެ. މި މެޗުން ރާއްޖޭގެ ޓީމު ބަލިވެފައި ވަނީ 9-1ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އުޒްބެކިސްތާނުން ވަނީ ރާއްޖޭގެ ކޮޅަށް ހަތަރު ލަނޑުޖަހާފައެވެ. މި ހާފުގައި ރާއްޖޭގެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ރާއްޖޭގެ ޖާޒީ ނަމްބަރު 7، އަހުމަދު ނަސީމް މުހައްމަދު ނާޝިދްއެވެ.

ދެވަނަ ހާފުގައި އުޒްބެކިސްތާނުން ވަނީ ރާއްޖެ ކޮޅަށް އިތުރު ފަސް ލަނޑު ޖަހާފައެވެ. މި މެޗުގައި އެ ޓީމުން ރާއްޖޭގެ ގޯލާ އަމާޒުކޮށް 63 ހަމަލާ ފޮނުވާލާފައިވާއިރު ރާއްޖެއަށް ފޮނުވާލެވުނީ އެންމެ 11 ހަމަލާއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އުޒްބެކިސްތާނުގެ ކޯޗު ވަނީ ރާއްޖޭގެ ޓީމުގެ ފަރާތުން ފެނުނު ކުޅުމަށް ތައުރީފުކޮށްފައެވެ. އެގޮތުން އެ ޓީމުގެ ކޯޗު އަހްމެދޯވް ބުނެފައިވަނީ ރާއްޖޭގެ ޓީމަކީ ފުޓްސަލްއަށް ވަރަށް އާ ޓީމެއް ކަމަށާއި އެހެނަސް އޭނާގެ ޓީމާ ދެކޮޅަށް ރާއްޖެއިން ރަނގަޅު ކުޅުމެއް ދައްކާފައިވާ ކަމަށެވެ.

މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗާއި ދެވަނަ މެޗުން ވެސް ވަނީ ބަލިވެފައެވެ. އެގޮތުން ދެވަނަ މެޗުގައި އަފްޢާނިސްތާނާއި ވާދަކޮށް ރާއްޖެ ބަލިވެފައިވަނީ 6-1 ގެ ނަތިޖާއަކުންނެވެ. މި މެޗުގައި ރާއްޖެއިން ޖެހި ހަމައެކަނި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ އަހުމަދު އަލީ ރިޝްވާންއެވެ. ފުރަތަމަ މެޗުގައި ޔޫއޭއީއާ ވާދަކޮށް ރާއްޖެ ބަލިވެފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރާއްޖޭގެ ހަމައެކަނި ލަނޑު ޖަހައި ދިނީ މުހައްމަދު އިމްރާންއެވެ.

މި މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ވާދަކުރާނީ ޗައިނާއާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް