Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޯކިއޯ އޮލިމްޕިކްސް

ޕްރިލިމިނަރީ ބުރުގައި ވާދަކުރި ހީޓުން ސާއިދަށް ހަތަރުވަނަ

31 ޖުލައި 2021 | ހޮނިހިރު 05:04

ސާއިދަށް މި ފަހަރު ރޭސް ނިންމުނީ 10.70 ސިކުންތުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 31 ޖުލައި 2021 | ހޮނިހިރު 05:04
އޮލިމްޕިކްސްގައި ވާދަކުރި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު

އޮލިމްޕިކްސްގައި ވާދަކުރި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު

މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު ކަމަށްވާ ޓޯކިއޯ އޮލިމްޕިކް ގޭމްސް 2020 ގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ހީޓުގެ ހަތަރުވަނައަށް ގޮސް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދަށް މި ފަހަރުގެ ގޭމްސް ނިންމާލަން ޖެހިއްޖެއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ކުރިއަށްދިޔަ 100 މީޓަރުގެ ޕްރިލިމިނަރީ ފުރަތަމަ ހީޓުގައި ދުނިޔޭގެ ރޭންކިންގެ 883 ވަނައިގައި އޮތް ސާއިދު ވާދަކުރިއިރު، އޭނާއަށް ރޭސް ނިންމުނީ 10.70 ސިކުންތުންނެވެ. މި ހީޓުގެ އެއްވަނަ ހޯދީ 10.32 ސިކުންތުން ރޭސް ނިންމި ދުނިޔޭގެ ރޭންކިންގެ 254 ވަނައިގައި އޮތް ޒިމްބާބްވޭގެ މަކޫސާ އެންގޯނީއެވެ. ދެވަނައަށް ދިޔަ ދުނިޔޭގެ ރޭންކިންގެ 449 ވަނައިގައި އޮތް ޓޯގޯގެ ފަބްރީސް ޑަބްލާ 10.57 ސިކުންތުން ރޭސް ނިންމިއިރު، ތިންވަނައަށް ދިޔައީ ދުނިޔޭގެ ރޭންކިންގެ 718 ވަނައިގައި އޮތް ނިކަރާގުއާގެ އެލިއަތު ރޮމޭރޯއެވެ. އޭނާ ރޭސް ނިންމީ 10.62 ސިކުންތުންނެވެ.

މި އިވެންޓުގެ ފުރަތަމަ ބުރުން ފުރުސަތު ލިބެނީ ކޮންމެ ހީޓެއްގެވެސް އެންމެ ކުރީގައި އޮންނަ ތިން ދުވުންތެރިންގެ އިތުރުން، ހުރިހާ ހީޓެއްގެ ހަތަރުވަނައިގައި އޮންނަ އެންމެ ބާރު ދުވުންތެރިޔާއަށެވެ. ސާއިދަށް މި ފަހަރު 10.70 ސިކުންތުން ރޭސް ނިންމުނުއިރު، އޭނާ ވަނީ މީގެ ކުރިން 10.33 ސިކުންތުން ރޭސް ނިންމައި، ރާއްޖޭގެ ރިކޯޑު ހަދާފައެވެ.

ފުރަތަމަ ބުރަށް ކޮލިފައި ނުވެ މި ފަހަރުގެ ގޭމްސް ސާއިދު ނިންމާލަން ޖެހުނުއިރު، އޭނާ ވަނީ މީގެ ކުރިން ބްރެޒިލްގެ ރިއޯގައި 2016 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުން އެއްވަނަ ހޯދައި، ފުރަތަމަ ބުރުގައި ވާދަކޮށްފައެވެ. އެއާއެކު އޭނާ ވެފައިވަނީ އޮލިމްޕިކްސްގެ ޕްރިލިމިނަރީ ބުރު ފަހަނައަޅައި ދިޔަ ދެކުނު އޭޝިއާގެ ހަމައެކަނި އެތުލީޓަށެވެ. ސާއިދު އެ ފަހަރު ޕްރިލިމަނަރީ ބުރުގެ ހީޓުގެ އެއްވަނަ ހޯދީ 10.43 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ކުޅިވަރު އެތުލީޓުގެ ޝަރަފު އޮންނަ ސާއިދު މި ފަހަރުގެ އޮލިމްޕިކްސްގައި ވާދަކުރިއިރު، އޭނާ މީގެ ކުރިން ބައިނަލްއަގުވާމީ މައިދާނުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން 2015 ވަނަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި، ސާއިދު ވަނީ ރާއްޖެއަށް ބައިނަލްއަގުވާމީ ގޭމްސްއަކުން ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދައިދީފައެވެ. އަދި އެ ގޭމްސްގެ 200 މީޓަރު ދުވުމުން ސާއިދު ރިހި މެޑަލްވެސް ހޯދިއެވެ.

އެއަށްފަހު 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ވަނީ 100 މީޓަރާއި 200 މީޓަރު ރިހި މެޑަލް ހޯދާފައެވެ. އަދި 2019 ވަނަ އަހަރުގެ އައިއޯއައިޖީގެ 200 މިޓަރުން ރިހި މެޑަލް ހޯދުމުގެ އިތުރުން އެ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރުން ރަން މެޑަލް އަދި 200 މިޓަރުން ސާއިދު ވަނީ ލޯ މެޑަލް ހޯދާފައެވެ. މީގެ އިތުރުން އިންޑިއަން ގްރޯން ޕްރީ އާއި މެލޭޝިއަން އޯޕަންއިން ސާއިދު ވަނީ މީގެ ކުރިން ރަން މެޑަލް ހޯދާފައެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި ސާއިދުގެ އިތުރުން ރާއްޖޭގެ ތިން އެތުލީޓަކު ވަނީ ވާދަކޮށްފައެވެ. އެއީ ފެތުމުގައި ވާދަކުރި މުބާލް އައްޒާމް އިބްރާހީމާއި، އައިޝަތު ސާޖިނާގެ އިތުރުން ބެޑްމިންޓަނުގައި ވާދަކުރި ފާތިމަތު ނަބާހާ އަބްދުލް ރައްޒާގް (ނަބާ) އެވެ.

އިތުރަށް ކިޔާލަން

02 ޖެނުއަރީ 2018

ދުނިޔޭގެ ޑާޓް ޗެމްޕިއަންކަން އަލަށް ވާދަކުރި ރޮބް ކްރޮސް ހޯދައިފި

02 ޖެނުއަރީ 2018
ދުނިޔޭގެ ޑާޓް ޗެމްޕިއަންކަން އަލަށް ވާދަކުރި ރޮބް ކްރޮސް ހޯދައިފި
12 ޑިސެމްބަރު 2017

ޗެމްޕިއަންސް ލީގު: ދެވަނަ ބުރުގައި ވަރުގަދަ ކުރިމަތިލުންތަކެއް

12 ޑިސެމްބަރު 2017
ޗެމްޕިއަންސް ލީގު: ދެވަނަ ބުރުގައި ވަރުގަދަ ކުރިމަތިލުންތަކެއް
21 ނޮވެމްބަރު 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގު: ދެވަނަ ބުރުގައި މިލަންދޫއަށް ފުރަތަމަ މޮޅު

21 ނޮވެމްބަރު 2017
އުރީދޫ ދިވެހި ޕްރިމިއާ ލީގު: ދެވަނަ ބުރުގައި މިލަންދޫއަށް ފުރަތަމަ މޮޅު
25 ޖޫން 2017

ދެވަނަ ބުރުގައިވެސް ގްރީން ސްޓްރީޓަށް ވެލެންސިއާއަތުން ޕޮއިންޓެއް

25 ޖޫން 2017
ދެވަނަ ބުރުގައިވެސް ގްރީން ސްޓްރީޓަށް ވެލެންސިއާއަތުން ޕޮއިންޓެއް
21 ޖޫން 2017

ދެވަނަ ބުރުގައި އީގަލްސްގެ ބޮބީ، ހަންނަ އަދި މުއްކި ނުފެންނާނެ: ސާންތި

21 ޖޫން 2017
ދެވަނަ ބުރުގައި އީގަލްސްގެ ބޮބީ، ހަންނަ އަދި މުއްކި ނުފެންނާނެ: ސާންތި
21 މެއި 2017

ދެވަނަ ބުރުގައިވެސް ނިއުއަށް ވެލެންސިއާ އަތުން ހަނި މޮޅެއް

21 މެއި 2017
ދެވަނަ ބުރުގައިވެސް ނިއުއަށް ވެލެންސިއާ އަތުން ހަނި މޮޅެއް
16 މެއި 2017

ސޮލިޑާރިޓީ ގޭމްސް: ވާދަކުރި ހީޓުން އެއްވަނަ ހޯދާ ސާއިދު ސެމީއަށް ދަތުރުކޮށްފި

16 މެއި 2017
ސޮލިޑާރިޓީ ގޭމްސް: ވާދަކުރި ހީޓުން އެއްވަނަ ހޯދާ ސާއިދު ސެމީއަށް ދަތުރުކޮށްފި
17 އެޕްރީލު 2017

ޒޯން ބުރުގައި ކުޑަހުވަދޫއިން ބިލެތްފަހީގެ މައްޗަށް ކުރިހޯދައިފި

17 އެޕްރީލު 2017
ޒޯން ބުރުގައި ކުޑަހުވަދޫއިން ބިލެތްފަހީގެ މައްޗަށް ކުރިހޯދައިފި
01 އެޕްރީލު 2017

ކިޑްސް ފިއެސްޓާގެ ނ. އަތޮޅު ބުރުގައި 10 ސްކޫލް ބައިވެރިވެއްޖެ

01 އެޕްރީލު 2017
ކިޑްސް ފިއެސްޓާގެ ނ. އަތޮޅު ބުރުގައި 10 ސްކޫލް ބައިވެރިވެއްޖެ
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް