Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވެން ޑައިކާއި ގޯމޭޒްގެ އަނިޔާ

އަނިޔާއިން ރަނގަޅުވެ ވެން ޑައިކާއި ގޯމޭޒް އެނބުރި ދަނޑަށް

30 ޖުލައި 2021 | ހުކުރު 19:05

ގޯމޭޒަށް އަނިޔާވީ ނޮވެމްބަރު މަހު އިންގްލެންޑުގެ ފަރިތަކުރުންތަކުގެ ތެެރެއިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 ޖުލައި 2021 | ހުކުރު 19:05
ލިވަޕޫލުގެ ދެ ޑިފެންޑަރުން ކަމަށްވާ ވާޖިލް ވެން ޑައިކާއި ޖޯ ގޯމޭޒަށް

ލިވަޕޫލުގެ ދެ ޑިފެންޑަރުން ކަމަށްވާ ވާޖިލް ވެން ޑައިކާއި ޖޯ ގޯމޭޒަށް

ކަކުލަށް ލިބުނު އަނިޔާތަކުން ރަނގަޅުވެ ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ އިތުބާރު ޑިފެންޑަރު ވާޖިލް ވެން ޑައިކާއި އިންގްލެންޑުގެ ޑިފެންޑަރު ޖޯ ގޯމޭޒް ޕްރީ-ސީޒަން މެޗެއްގައި ކުޅެފިއެވެ.

ވެން ޑައިކުގެ ކަކުލަށް އަނިޔާވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވަޓަނާ 2-2 ގެ ނަތީޖާއަކުން ލިވަޕޫލް އެއްވަރުވި މެޗުގެ ތެރެއިންނެވެ. މި އަނިޔާއާ ގުޅިގެން ވެން ޑައިކުގެ ކަކުލަށް ބޮޑު ގެއްލުމެއްވިއިރު، އަނިޔާއިން ރަނގަޅުވުމަށް އޭނާ ވަނީ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ.

ވެން ޑައިކާއެކު ލިވަޕޫލުގެ ފަހަތުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ގޯމޭޒްގެ ކަކުލަށް އަނިޔާވީ ނޮވެމްބަރު މަހު އިންގްލެންޑުގެ ފަރިތަކުރުންތަކުގެ ތެރެއިން އެކަނި ބޯޅަ ހިފައިގެން ކުޅުމުގެ ތެރޭގައެވެ. އެއާއެކު އޭނާވެސް ވަނީ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ. މި އަނިޔާތަކާ ގުޅިގެން މިދިޔަ ސީޒަނުގެ ބޮޑުބައި މި ދެ ކުޅުންތެރިންނަށް ގެއްލުނުއިރު، މި އަހަރުގެ ހޫނު މޫސުމުގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައިވެސް މި ދެ ކުޅުންތެރިން ކުޅެފައެއް ނުވެއެވެ.

އަންނަ ސީޒަނަށް ތައްޔާރުވުމަށް ލިވަޕޫލުން ކުރިއަށްގެންދާ ފަރިތަކުރުންތަކުގެ ތެރެއިން ބުރާސްފަތި ދުވަހު ހާތާ ބާލިންއާ ދެކޮޅަށް ކުޅުނު މެޗުގައި ވެން ޑައިކާއި ގޯމޭޒް ވަނީ ކުޅެފައެވެ. އެ މެޗުގައި އެ ދެ ކުޅުންތެރިންވެސް ކުޅެން އަރާފައިވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގައެވެ. އެ މެޗުން ލިވަޕޫލް ވަނީ 4-3 ގެ ނަތީޖާއަކުން ބަލިވެފައެވެ.

މީގެ ކުރިން ލިވަޕޫލުގެ ކާމިޔާބީގެ މުހިންމު ހިއްސާއެއް އޮތް ވެން ޑައިކާއި ގޯމޭޒް ނެތި މިދިޔަ ސީޒަނުގައި ލިވަޕޫލަށް ގިނަ މެޗުތަކެއް ކުޅެން ޖެހުނުއިރު، މިދިޔަ ސީޒަނުގައި ލިވަޕޫލުގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވިއެވެ. އެހެންކަމުން ކުރިއަށް އޮތް ސީޒަނަށް އެ ދެ ކުޅުންތެރިން ފިޓްވުމަކީ ލިވަޕޫލަށް އޮތް ބޮޑު ހިތްހަމަޖެހުމެކެވެ.

މިދިޔަ ސީޒަނުގައި ލިވަޕޫލުގެ ޑިފެންޑަރުންނަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވުމާއެކު، އެ ޓީމުން ވަނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އާރްބީ ލައިޕްޒީގަށް ކުޅެމުން އައި ފްރާންސްގެ ޒުވާން ޑިފެންޑަރު އިބްރާހިމާ ކޮނާޓޭގެ ސޮއި ހޯދާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ

18 ފެބުރުއަރީ 2017
މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ
18 ފެބުރުއަރީ 2017

މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ

18 ފެބުރުއަރީ 2017
މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
17 ޖެނުއަރީ 2017

ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

17 ޖެނުއަރީ 2017
ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
04 ޖެނުއަރީ 2017

އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ

04 ޖެނުއަރީ 2017
އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް