Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ އަންނަ ފަތުރުވެރިން

ޖުލައި މަހު ކޮވިޑަށް ޕޮޒިޓިވްވީ 0.13 އިންސައްތަ ފަތުރުވެރިން

30 ޖުލައި 2021 | ހުކުރު 06:15

ޖުލައި މަހު ކޮވިޑަށް ޕޮޒިޓިވްވެފައި މިވަނީ 117 ފަތުރުވެރިން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 30 ޖުލައި 2021 | ހުކުރު 06:15
ކޮވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލުމާއެކު މާފުއްޓަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާކިޔުން

ކޮވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލުމާއެކު މާފުއްޓަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާކިޔުން

މި ޖުލައި މަހު ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން ކޮވިޑް-19ށް ޕޮޒިޓިވްވެފައި ވަނީ އެންމެ 0.13 އިންސައްތަ ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޖުލައި މަހުގެ 1ން 28ށް 89,703 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ކޮވިޑަށް ޕޮޒިޓިވްވެފައި މިވަނީ 117 ފަތުރުވެރިންނެވެ.

Advertisement - newsAdvertisement

މިނިސްޓްރީގެ މައުލޫމާތުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖުލައި 15ން ޑިސެމްބަރު 31ށް 0.19 އިންސައްތަ ފަތުރުވެރިން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މި އަހަރުގެ ޖެނުއަރީ 1ން ޖުލައި 28ށް ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 0.25 އިންސައްތަ ފަތުރުވެރިންނެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު، ފަތުރުވެރިންގެ ނަޒަރުގައި ރާއްޖެ އަކީ މިހާރު ދުނިޔޭގެ އެންމެ ރައްކާތެރި އެއް މަންޒިލެވެ. އަދި ރާއްޖޭގެ އާބާދީގެ ވެކްސިން ޖެހޭ އުމުރުގެ ހުރިހާ މީހުންނަށް ވެކްސިން ޖެހުމުން ރާއްޖެ އަންނަ ފަތުރުވެރިންނަށް އަމާޒުކޮށް ވެކްސިނޭޝަންގެ ކަންތައްތައް ކުރިއަށް ގެންދަން ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ.

އެގޮތުން ރާއްޖޭގެ "3ވީ ޕްރޮގްރާމް" (ވިޒިޓް، ވެކްސިނޭޓް، ވެކޭޝަން ޕްރޮގްރާމް) ތާވަލުކުރެވިފައިވާ ގޮތަށް ތިން ވަނަ ކުއާޓާގެ ފަހުކޮޅު ނުވަތަ ހަތަރު ވަނަ ކުއާޓާގެ ކުރީ ކޮޅު ފެށިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ. މިހާރު ވެކްސިނޭޝަން ޕްރޮގްރާމް މިދާ ރޭޓުން ބަލާނަމަ ތާވަލުކުރެވިފައިވާ ގޮތަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ޖަހައި ނިމި، ރާއްޖެ އަންނަ ފަތުރުވެރިންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފެށިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އަމާޒަކީ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ވެކްސިންޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިންގެ ޑޯޒްތައް ފުރިހަމައަށް ދިނުން ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ވެކްސިނޭޝަން ޕްރޮގްރާމްގެ އެންމެ ބޮޑު އަދި ފަހު ކެމްޕެއިން އަތޮޅުތެރޭގައި މިހާރު ފަށާފައިވާއިރު، ޖުލައި 31 ވަނަ ދުވަހު މާލެ ސަރަހައްދުގައި މިކެމްޕެއިން ފެށިގެންދާނެ އެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަ އިސްކަމެއް ދީގެން ވެކްސިން ޖެހުމުގެ ކަންތައްތައް ކުރިއަށް ގެންދާއިރު، މިހާތަނަށް ސިނާއަތުގައި މަސައްކަތްކުރަ ފާރާތްތަކުގެ ތެރެއިން 97 އިންސައްތަ މުވައްޒަފުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި 80 އިންސައްތަ މުވައްޒަފުން ވަނީ ދެ ވަނަ ޑޯޒް ޖަހާ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
13 ފެބުރުއަރީ 2017

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

13 ފެބުރުއަރީ 2017
މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
01 ފެބުރުއަރީ 2017

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް