Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބޫޓާންގެ ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމް

ހަފްތާއެއްގެ ތެރޭގައި ބޫޓާންގެ 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފި

29 ޖުލައި 2021 | ބުރާސްފަތި 03:27

ދެވަނަ ފަހަރަށް ކޮވިޑް-19 ވެކްސިނޭޝަން ކެމްޕެއިން ފެށީ ޖުލައި 20 ވަނަ ދުވަހު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 29 ޖުލައި 2021 | ބުރާސްފަތި 03:27
ބޫޓާންގެ ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް

ބޫޓާންގެ ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް

ބޫޓާންގެ ކޮވިޑް-19 ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ޖަހައި ނިންމާލައިފިއެވެ.

ބޫޓާންގެ ހެލްތު މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި އެގައުމުގެ ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިންގެ ދެ ވަނަ ޑޯޒް ފުރިހަމަކޮށް ނިންމާފައި ވަނީ ހަތް ދުވަހުގެ ތެރޭގައެވެ. އެގޮތުން ޔުނިސެފްގެ އެހީ އާއެކު ބޫޓާންގައި ކޮވިޑް-19 ވެކްސިނޭޝަން ކެމްޕެއިން ފެށީ ޖުލައި 20 ވަނަ ދުވަހުއެވެ. މިއީ ބަލިމަޑުކަމެއްގެ ތެރޭގައި ކުރިއަށް ގެންދިޔަ އެންމެ އަވަސް ވެކްސިނޭޝަން ޕްރޮގްރާމްކަމަށް ރިޕޯޓްތައް ބުނެއެވެ.

ބޫޓާން އިން ކޮވިޑް-19 ވެކްސިނޭޝަންގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ މި އަހަރުގެ މާޗު މަހުއެވެ. އެއީ އިންޑިއާ އިން އެ ގައުމަށް ފޯރުކޮށްދިން 550,000 ކޮވިޝީލްޑް ވެކްސިން ޑޯޒާ އެކުއެވެ. މާޗު މަސް ނިމި އޭޕްރިލް މަސް ފެށުނު އިރު، އެ ގައުމުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިމި، ވެކްސިންގެ ޑޯޒްތައް ހުސްވިއެވެ. ނަމަވެސް އިންޑިއާގެ ކޮވިޑް-19ގެ ހާލަތު ގޯސްވުމާއެކު އިންޑިއާއިން ވެކްސިން ސަޕްލައިކުރުން މެދުކަނޑާލުމުގެ ސަބަބުން ބޫޓާނަށް ބޭނުންވާ ވެކްސިންގެ ޑޯޒްތައް ނުލިބި، އެހެން ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކުގެ އެހީއަށް އެ ގައުމުން އެދުނެވެ.

ބޫޓާން އެހެން ގައުމުތަކުގެ އެހީއަށް އެދުނީ އެ ގައުމުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ދެ ވަނަ ޑޯޒް ޖަހަންޖެހޭ މުއްދަތު ކައިރިވަމުން ދިއުމުންނެވެ. ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާއިން އެ ގައުމަށް މޮޑާނާގެ ކޮވިޑް ވެކްސިންގެ ބައި މިލިއަން ޑޯޒް ފޯރުކޮށްދިނެވެ. އަދި ޖުލައި މަހުގެ މެދުތެރޭގައި ޑެންމާކުން ވަނީ އެސްޓްރަޒެނެކާ ވެކްސިންގެ 250,000 ޑޯޒް ބޫޓާނަށް ފޯރުކޮށްދީފައެވެ. އަދި ކުރިއަށްއޮތް ތަނުގައި ކްރޮއޭޝިއާ، ބަލްގޭރިއާ އަދި ޗައިނާއިން 150,000 ޑޯޒް ވެކްސިން އެގައުމަށް ލިބޭނެއެވެ. އޭގެ ތެރޭގައި އެސްޓްރަޒެނެކާ، ފައިޒާ އަދި ސިނޮފަރމްގެ ކޮވިޑް ވެކްސިން ހިމެނެއެވެ.

އޭގެ އިތުރުން ބޫޓާންގެ ސަރުކާރުން ވަނީ ފައިޒަރ ވެކްސިންގެ 200,000 ޑޯޒަށް އޯޑަރު ވެސް ކޮށްފައެވެ. މި ވެކްސިން ޑޯޒްތައް މި އަހަރު ނިންމެންވާއިރަށް އެ ގައުމަށް ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2017

ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި

05 އޮކްޓޯބަރު 2017
ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި
28 އޯގަސްޓު 2017

އުތުރު ކޮރެއާއިން ޖަޕާނާއި ދިމާލަށް ފޮނުވައިލި މިސައިލެއް ވައިގެ ތެރޭގައި ގޮވައިފި

28 އޯގަސްޓު 2017
އުތުރު ކޮރެއާއިން ޖަޕާނާއި ދިމާލަށް ފޮނުވައިލި މިސައިލެއް ވައިގެ ތެރޭގައި ގޮވައިފި
15 އޯގަސްޓު 2017

ޔަމަނުގައި ކޮލެރާ ޖެހިފައިވާ މީހުންގެ އަދަދު ހަތަރު މަސްތެރޭގައި ފަސްލައްކަ އަށް އަރައިފި

15 އޯގަސްޓު 2017
ޔަމަނުގައި ކޮލެރާ ޖެހިފައިވާ މީހުންގެ އަދަދު ހަތަރު މަސްތެރޭގައި ފަސްލައްކަ އަށް އަރައިފި
10 އޯގަސްޓު 2017

ގުއާމް ކަނޑަށް ހަމަލާ ދިނުމާއި ބެހޭ ޕްލޭން އޯގަސްޓް މެދުތެރޭގައި ތައްޔާރު ވާނެ: އުތުުރު ކޮރެއާ

10 އޯގަސްޓު 2017
ގުއާމް ކަނޑަށް ހަމަލާ ދިނުމާއި ބެހޭ ޕްލޭން އޯގަސްޓް މެދުތެރޭގައި ތައްޔާރު ވާނެ: އުތުުރު ކޮރެއާ
01 އޯގަސްޓު 2017

މަގާމު ހަވާލުކުރިތާ 10 ދުވަހުގެ ތެރޭގައި ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ވަކިކުރައްވައިފި

01 އޯގަސްޓު 2017
މަގާމު ހަވާލުކުރިތާ 10 ދުވަހުގެ ތެރޭގައި ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ވަކިކުރައްވައިފި
30 މެއި 2017

ބަގްދާދުގައި 24 ގަނޑިއިރު ތެރޭގައި ދެވަނަ ބޮމެއް ގޮއްވާލައިފި

30 މެއި 2017
ބަގްދާދުގައި 24 ގަނޑިއިރު ތެރޭގައި ދެވަނަ ބޮމެއް ގޮއްވާލައިފި
22 މާރިޗު 2017

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
11 މާރިޗު 2017

ނަމްގެ ގަބުރާ ދޭތެރޭގައި ކަންކުރާނެ ގޮތެއް އަދި ނުނިންމާ:މެލޭޝިއާ

11 މާރިޗު 2017
ނަމްގެ ގަބުރާ ދޭތެރޭގައި ކަންކުރާނެ ގޮތެއް އަދި ނުނިންމާ:މެލޭޝިއާ
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް