Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕް

ވޯލްޑް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕަށް ހިމްނާ

27 ޖުލައި 2021 | އަންގާރަ 06:09

ހިމްނާ ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ގިނަ ކުރިއެރުންތަކެއް ހޯދާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 27 ޖުލައި 2021 | އަންގާރަ 06:09
ރާއްޖޭގެ އުއްމީދީ އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން

ރާއްޖޭގެ އުއްމީދީ އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން

އަންނަ އޯގަސްޓް މަހު ބާއްވާ 20 އަހަރުން ދަށުގެ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ އުއްމީދީ އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަނަށް ލިބިއްޖެއެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް ކެންޔާގެ ވެރިރަށް ނައިރޯބީގައި ބާއްވާ މުބާރާތުން ރާއްޖެއަށް ލިބުނީ އެންމެ ޖާގައެކެވެ. އެ ޖާގަ އުމުރުން 19 އަހަރުގެ ހިމްނާއަށް ލިބުނީ ދާދި ފަހުން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ކުރިއަށްގެންދިޔަ ޓައިމް ޓްރެއަލްގައި އެންމެ ކުރި ހޯދި އެތުލީޓަކަށް އޭނާ ވުމުންނެވެ.

ވޯލްޑް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ފުރުސަތު ހިމްނާއަށް ލިބުނުއިރު، އޭނާ އަންނަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށް ގިނަ ކުރިއެރުންތަކެއް ހޯދަމުންނެވެ. މީގެ ކުރިން ބައިނަލްއަގުވާމީ އަށް މުބާރާތެއްގައި ހިމްނާ ވާދަކުރިއިރު، އޭނާ ވަނީ މީގެ ކުރިންވެސް ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕުގައި ވާދަކޮށްފައެވެ. 2018 ވަނަ އަހަރު ބޭއްވި އެ މުބާރާތް ކުރިއަށްދިޔައީ ފިންލެންޑުގައެވެ. މީގެ އިތުރުން ހިމްނާ ވަނީ 2019 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގައިވެސް ވާދަކޮށްފައެވެ.

ބައިނަލްއަގުވާމީ މައިދާނުގައި ހިމްނާ ގިނަ ކުރިއެރުންތަކެއް ހޯދާފައިވާއިރު، އޭނާ ވަނީ 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 400 މީޓަރުގެ ދުވުމުގެ އިވެންޓުގެ ފައިނަލުގައި ވާދަކޮށްފައެވެ. މިއީ ދެކުނު އޭޝިއާގެ ބޮޑު ގޭމްސްއެއްގެ އިވެންޓެއްގެ ފައިނަލުން ހިމްނާއަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

ހިމްނާގެ ކާމިޔާބީތަކަށް ބަލާލާއިރު، އޭނާ ވަނީ 2018 އަދި 2019 ވަނަ އަހަރު އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑާއި، ޖޫނިއާ އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑުގެ އިތުރުން 400 މީޓަރު ދުވުމުން ގައުމީ ޔޫތު ރިކޯޑުވެސް ގާއިމުކޮށްފައެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

26 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

26 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް
25 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް