Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ އެތުލެޓިކްސް މުބާރާތް

ގައުމީ އެތުލެޓިކްސް މުބާރާތް: އެންމެ މޮޅު އެތުލީޓުންނަކީ ސާއިދާއި ހިމްނާ

ހިމްނާ ވަނީ ހަތަރު ރަން މެޑެއްޔާއި އެއް ރިހި މެޑަލް ހޯދާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2021 | އާދީއްތަ 00:38
ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓުންގެ މަގާމު ހޯދި ސާއިދާއި ހިމްނާ

ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓުންގެ މަގާމު ހޯދި ސާއިދާއި ހިމްނާ

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި "30 ވަނަ ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްސް" ގެ އެންމެ މޮޅު އެތުލީޓުންގެ މަގާމު ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި ޒުވާން އަންހެން ތަރި އައިޝަތު ހިމްނާ ހަސަން ހޯދައިފިއެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި އަހަރުގެ މުބާރާތުގެ އެންމެ މޮޅު އެތުލީޓުންގެ މަގާމު ސާއިދާއި ހިމްނާ ހޯދިއިރު، އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެވެސް އެންމެ މޮޅު އެތުލީޓުންނަށް ހޮވުނީ އެ ދެ ދުވުންތެރިންނެވެ.

މި ފަހަރުގެ މުބާރާތުގައި ދިވެހި ސިފައިންގެ ކްލަބުން ވާދަކުރި ސާއިދު ވަނީ ހަތަރު ރަން މެޑެއްޔާއި އެއް ލޯ މެޑަލް ހޯދާފައެވެ. އެގޮތުން ސާއިދު ވަނީ މި މުބާރާތުގެ ފިރިހެނުންގެ 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުގެ އިތުރުން ދިވެހި ސިފައިންގެ ކުލަބާއެކު ހަތަރެއް ގުނަ 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ. މި މުބާރާތުގައި ސާއިދަށް ލޯ މެޑަލް ލިބުނީ ދިވެހި ސިފައިންގެ ކުލަބު ވާދަކުރި ހަތަރެއް ގުނަ 100 މީޓަރު ދުވުމުންނެވެ.

ދެން މި މުބާރާތުގެ އެންމެ މޮޅު އަންހެން ދުވުންތެރިޔާގެ މަގާމު ހޯދި އުމުރުން 18 އަހަރުގެ ހިމްނާ ވަނީ ހަތަރު ރަން މެޑެއްޔާއި އެއް ރިހި މެޑަލް ހޯދާފައެވެ. އެގޮތުން ހިމްނާ ވަނީ މި މުބާރާތުގެ އަންހެނުންގެ 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުގެ އިތުރުން ކުލަބު ރާވެރިޔާއާއެކު ހަތަރެއް ގުނަ 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ. މި މުބާރާތުގައި ހިމްނާއަށް ރިހި މެޑަލް ލިބުނީ ކުލަބު ރާވެރިޔާ ވާދަކުރި ހަތަރެއް ގުނަ 100 މީޓަރު ދުވުމުންނެވެ.

މީގެ އިތުރުން މި މުބާރާތުގެ ދިގު ދުވުންތަކަށް ބަލާލާއިރު، މުޙައްމަދު ރަޝީދު (މޯޑް) ވަނީ ފިރިހެނުންގެ 5،000 މީޓަރާއި 10،000 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ. ދެން ދިގު ދުވުމުގައި ކުރިއަށްދިޔަ ފިރިހެނުންގެ 800 މީޓަރާއި 1،500 މީޓަރުގެ ރޭހުން ރަން މެޑަލް ހޯދީ ހުސައިން ރިޒާ (ކުޑަ ރިޒާ) އެވެ. އަދި މި މުބާރާތުގެ އަންހެނުންގެ ދިގު ދުވުންތަކުގެ ތިން ރޭސް ކަމަށްވާ 800 މީޓަރު، 1،500 މީޓަރު އަދި 5،000 މީޓަރުގެ ދުވުންވެސް ކާމިޔާބުކޮށްފައިވަނީ އާމިނަތު ޖައިޝާ ޖުނީޒެވެ.

މި ފަހަރުގެ މުބާރާތުގެވެސް އެންމެ މޮޅު ފިިރިހެން ކުލަބުގެ މަގާމު ހޯދާފައިވަނީ ދިވެހި ސިފައިންގެ ކުލަބެވެ. އެ ޓީމުން އެންމެ ފުރަތަމަ ގައުމީ މުބާރާތުގެ އެންމެ މޮޅު ކުލަބުގެ މަގާމު ހޯދީ 2005 ވަނަ އަހަރުއެވެ. އޭގެ ފަހުން މިހާތަނަށް ބޭއްވި ހުރިހާ މުބާރާތެއްގައިވެސް އެންމެ މޮޅު ފިރިހެން ކުލަބުގެ މަގާމު ހޯދަމުން އަންނަނީ ދިވެހި ސިފައިންގެ ކުލަބުންނެވެ. މީގެ އިތުރުން މި މުބާރާތުގެ އެންމެ މޮޅު އަންހެން ކުލަބުގެ މަގާމު ހޯދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނެވެ.

މި އަހަރު ގައުމީ މުބާރާތް ބޭއްވިއިރު، ކޮވިޑް-19 އާ ގުޅިގެން މި މުބާރާތް މިދިޔަ އަހަރު ބާއްވާފައެއް ނުވެއެވެ. އަދި މި އަހަރުގެ މުބާރާތަކީ މާލޭ އެކުވެނި ޓްރެކުގައި ސިންތެޓިކް އެޅި ފަހުން، އެ ޓްރެކުގައި މި މުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ވެލި ޓްރެކެއްގެ ގޮތުގައި އޮންނަ އެކުވެނި ޓްރެކުގައި މި މުބާރާތް ބާއްވަމުން އައިރު، 2018 އަދި 2019 ވަނަ އަހަރުގެ މުބާރާތްތައް ބާއްވާފައިވަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައެވެ.

ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްސްހަސަން ސާއިދުއާއިޝަތު ހިމްނާ ހަސަންއެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު އިރުފާނަށް

އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު އިރުފާނަށް

01 މާރިޗު 2025
އައިއޯއައިޖީ: ހީޓްގައި ސާއިދުއަށް ނާކާމިޔާބު، ރޫޔާ ފައިނަލަށް

އައިއޯއައިޖީ: ހީޓްގައި ސާއިދުއަށް ނާކާމިޔާބު، ރޫޔާ ފައިނަލަށް

29 އޯގަސްޓު 2023
އައިއޯއައިޖީ އަށް އެތުލެޓިކްސް ޓީމު އެކުލަވާލައިފި

އައިއޯއައިޖީ އަށް އެތުލެޓިކްސް ޓީމު އެކުލަވާލައިފި

19 ޖުލައި 2023
200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑު އަހްނާ އައުކޮށްފި

200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑު އަހްނާ އައުކޮށްފި

18 ޖުލައި 2023
ޖޫން މަހު ދެވަނަ ފަހަރަށް ހިމްނާ 400 މީޓަރުގެ ރެކޯޑް އައު ކޮށްފި

ޖޫން މަހު ދެވަނަ ފަހަރަށް ހިމްނާ 400 މީޓަރުގެ ރެކޯޑް އައު ކޮށްފި

26 ޖޫން 2023

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު