Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހިމްނާ ޖެމެއިކާއަށް

ހިމްނާ މިމަހު ޖެމެއިކާއަށް ފުރާނެ!

3 ސެޕްޓެމްބަރު 2022 | ހޮނިހިރު 07:42

ހިމްނާގެ އިތުރުން އިބާދުﷲއަށް ވެސް ވަނީ ޖެމެއިކާގައި ތަމްރީނު ހޯދުމުގެ ފުރުސަތު ލިބިފައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 3 ސެޕްޓެމްބަރު 2022 | ހޮނިހިރު 07:42
ހިމްނާ ކޮމަންވެލްތު ގޭމްސްގައި - ރޭހެއް ނިންމުމަށްފަހު

ހިމްނާ ކޮމަންވެލްތު ގޭމްސްގައި - ރޭހެއް ނިންމުމަށްފަހު

ރާއްޖޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ އާއިޝަތު ހިމްނާ ހަސަން ތިން އަހަރުގެ ސްކޮލަރޝިޕެއްގައި މިމަހު ޖެމެއިކާއަށް ފުރާނެއެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ މިނިސްޓްރީއާއި, އޮލިމްޕިކް ކޮމިޓީއާއި އެސޯސިއޭޝަން ގުޅިގެން ހިމްނާއަށް ފުރުސަތު ހޯދައިދީފައިވާކަމަށެވެ. އަދި މިހާރު ކުރަމުންދަނީ ވިސާ ހަމަޖެއްސުމުގެ ކަންކަން ކަމަށް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އަހުމަދު މުންތަގިމް ވިދާޅުވިއެވެ. 20 އަހަރުގެ ހިމްނާއަކީ އެތުލެޓިސްގެ މުސްތަގުބަލެއް އޮތް އެތްލީޓެއްކަން މުންތަގިމް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ސާއިދު ފަދައިން ހިމްނާވެސް ސްކޮލަރޝިޕްގެ މުއްދަތުގައި ކުރިއެރުންތައް ހޯދައި، ރަނގަޅު ކާމިޔާބީތަކެއް ހޯދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު އަހުމަދުވެސް ތަމްރީނު ހޯދީ ޖެމެއިކާއިންނެވެ.

ހިމްނާ ބުނީ ސްކޮލަރޝިޕްގެ ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފާނެކަމަށާއި, މިއީ ކުރިއަށްދާން ލިބުނު ވަރަށް ބޮޑު ފުރުސަތެއްކަމަށް ގަބޫލުކުރާކަމަށެވެ.

ރާއްޖޭގެ 100 މީޓަރު ދުވުމުގެ ރެކޯޑް މިއަހަރު އޮތް ކޮމަންވެލްތު ގޭމްސްގައި ހިމްނާ ވަނީ މުގުރާލާފައެވެ. އެއީ 21 އަހަރުވީ ރެކޯޑެކެވެ. އެންމެ ފަހުން ނިމުނު އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އަންހެން އެތުލީޓަކީވެސް ހިމްނާއެވެ. ހިމްނާ ވަނީ 100 މީޓަރާއި, 200 މީޓަރާއި, 400 މީޓަރުގެ ރަން މެޑަލްވެސް ހޯދާފައެވެ.

ހިމްނާގެ އިތުރުން ޒުވާން އެތުލީޓް އިބާދުﷲ ވެސް ޖެމެއިކާގައި ތަމްރީން ހޯދާނެއެވެ.

އާއިޝަތު ހިމްނާ ހަސަން

އިތުރަށް ކިޔާލަން

26 ޖޫން 2023

ޖޫން މަހު ދެވަނަ ފަހަރަށް ހިމްނާ 400 މީޓަރުގެ ރެކޯޑް އައު ކޮށްފި

26 ޖޫން 2023
ޖޫން މަހު ދެވަނަ ފަހަރަށް ހިމްނާ 400 މީޓަރުގެ ރެކޯޑް އައު ކޮށްފި
14 އޯގަސްޓު 2022

ދެ ގޭމްސް ވެސް ދިޔައީ އުންމީދު ކުރި ގޮތަށް ވަރަށް ރަނގަޅަށް: ހިމްނާ

14 އޯގަސްޓު 2022
ދެ ގޭމްސް ވެސް ދިޔައީ އުންމީދު ކުރި ގޮތަށް ވަރަށް ރަނގަޅަށް: ހިމްނާ
21 ނޮވެމްބަރު 2021

ގައުމީ އެތުލެޓިކްސް މުބާރާތް: އެންމެ މޮޅު އެތުލީޓުންނަކީ ސާއިދާއި ހިމްނާ

21 ނޮވެމްބަރު 2021
ގައުމީ އެތުލެޓިކްސް މުބާރާތް: އެންމެ މޮޅު އެތުލީޓުންނަކީ ސާއިދާއި ހިމްނާ
18 އޯގަސްޓު 2021

400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު ހިމްނާ އާކޮށްފި

18 އޯގަސްޓު 2021
400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު ހިމްނާ އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް