Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް

ދެ ގޭމްސް ވެސް ދިޔައީ އުންމީދު ކުރި ގޮތަށް ވަރަށް ރަނގަޅަށް: ހިމްނާ

ކޮމަންވެލްތު ގޭމްސްގައި ވާދަކޮށް ހިމްނާ ވަނީ 100 މީޓަރު ދުވުމުގެ ރެކޯޑު މުގުރާލާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 އޯގަސްޓު 2022 | އާދީއްތަ 04:10
އައިޝަތު ހިމްނާ ޙަސަން

އައިޝަތު ހިމްނާ ޙަސަން

އިނގިރޭސި ވިލާތުގެ ބާމިންހަމްގައި ކުރިއަށް ދިޔަ ކޮމަންވެލްތު ގޭމްސް އާއި ތުރުކީގެ ކޮންޏާގައި ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ދިޔައީ އުންމީދު ކުރި ގޮތަށް ރަނގަޅަށް ކަމަށް ރާއްޖޭގެ އަންހެން އެންމެ ބާރު ދުވުންތެރިޔާ އައިޝަތު ހިމްނާ ޙަސަން ބުނެފިއެވެ.

މި މަހު ކުރިއަށް ދިޔަ ކޮމަންވެލްތު ގޭމްސްގައި ވާދަކޮށް ހިމްނާ ވަނީ 21 އަހަރު ކުރީގެ ޤައުމީ ރެކޯޑެއް މުގުރާލާފައެވެ. އެއީ އަންހެނުންގެ 100 މީޓަރުގެ ދުވުމުގެ ރެކޯޑެވެ. ކުރިން މި ރެކޯޑު އޮތީ 2001 ވަނަ އަހަރު ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރެކޯޑު ހެދި ސަމްހާ އަހުމަދު އަތުގައެވެ. އެއީ 12.27 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއަށްވުރެ 0.10 ސިކުންތު ކުރިން ރޭސް ނިންމައިގެން ހިމްނާ ވަނީ 21 އަހަރުވީ އެ ރެކޯޑު މުގުރާލާފައެވެ. ކޮމަންވެލްތު ގޭމްސްގައި ހިމްނާ ވަނީ 12.17 ސިކުންތުން ރޭސް ނިންމާފައެވެ.

އޭގެ ފަހުން އިސްލާމިކް ސޮލިޑާރީޓީ ގޭމްސްގައި ވާދަކޮށް ހިމްނާ ވަނީ 200 މީޓަރުގެ ދުވުމުގެ ރެކޯޑު މުގުރާލާފައެވެ. ކުރިން މި ރެކޯޑު އޮންނަނީ 2016 ވަނަ އަހަރުގެ އޮލިމްޕިކްސް ގޭމްސްގައި 24.96 ސިކުންތުން ރޭސް ނިންމި އަފާ އިސްމާއިލް އަތުގައެވެ. އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި 24.66 ސިކުންތުން ރޭސް ނިންމައިގެން ހިމްނާ ވަނީ އެ ރެކޯޑު މުގުރާލާފައެވެ.

ހިމްނާ ބުނީ ދެ ގޭމްސްގައި ވެސް ގިނަ ރެކޯޑުތަކެއް އައު ކުރެވުމުން ވަރަށް އުފާވާ ކަމަށެވެ. ހިމްނާ ބުނީ އެކަން ދެކެނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ކަމަށެވެ. ހިމްނާ ވަނީ އޭނާގެ ކޯޗަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ. މީގެ އިތުރުން ހިމްނާ ވަނީ އެސޯސިއޭޝަންގެ އެހެން ކޯޗުންނަށް ވެސް ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުން ހިމްނާ ހިމެނޭހެން ރާއްޖޭގެ ރިލޭ ޓީމުން ވެސް ޤައުމީ ރެކޯޑުތަކެއް މުގުރާލާފައެވެ. ކޮމަންވެލްތު ގޭމްސްގައި ވާދަކޮށް ރާއްޖޭގެ ރިލޭ ޓީމުން ވަނީ ހަތަރެއް ގުނަ 100 މީޓަރު ދުވުމުގައި ދުވެ 49.19 ސިކުންތުން ރޭސް ނިންމައިގެން ރެކޯޑު މުގުރާލާފައެވެ. މީގެ ކުރިން މި ރެކޯޑު އޮތީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި 50.16 ސިކުންތުން ރޭސް ނިންމި ޓީމު އަތުގައެވެ. އެ ޓީމުގައި ހިމެނެނީ ހިމްނާ، މަރިޔަމް އަލްހާ ހުސެއިން، ރިފާ މުޙައްމަދު އަދި ސާރާ މައްސޫދުއެވެ. މިފަހަރު އެ ރެކޯޑު މުގުރާލީ ޓީމުގައި ސާރާގެ ބަދަލު ހިމެނުނީ ލަޔާނާ މުޙައްމަދެވެ.

އޭގެ ހަ ދުވަސް ފަހުން ރިލޭ ޓީމުން ވަނީ އެ ރެކޯޑު ވެސް މުގުރާލާފައެވެ. އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ހަތަރެއް ގުނަ 100 މީޓަރު ދުވުމުގެ ރޭސް ރިލޭ ޓީމުން ނިންމީ 48.21 ސިކުންތުންނެވެ.

އާއިޝަތު ހިމްނާ ހަސަންއިސްލާމިކް ސޮލިޑާރިޓީ ގޭމްސް 2022ކޮމަންވެލްތު ގޭމްސްއެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕޯޓްސް މިނިސްޓްރީ އަށް 12 ވަނަ ޑެޕިއުޓީ މިނިސްޓަރު އައްޔަނު ކުރައްވައިފި

ސްޕޯޓްސް މިނިސްޓްރީ އަށް 12 ވަނަ ޑެޕިއުޓީ މިނިސްޓަރު އައްޔަނު ކުރައްވައިފި

18 ސެޕްޓެމްބަރު 2025
އިންޑިއާ އިން ކޮމަންވެލްތު ގޭމްސް އަށް ބިޑު ކޮށްފި

އިންޑިއާ އިން ކޮމަންވެލްތު ގޭމްސް އަށް ބިޑު ކޮށްފި

03 ސެޕްޓެމްބަރު 2025
އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު އިރުފާނަށް

އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު އިރުފާނަށް

01 މާރިޗު 2025
މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

23 ސެޕްޓެމްބަރު 2024
އައިއޯއައިޖީ: ހީޓްގައި ސާއިދުއަށް ނާކާމިޔާބު، ރޫޔާ ފައިނަލަށް

އައިއޯއައިޖީ: ހީޓްގައި ސާއިދުއަށް ނާކާމިޔާބު، ރޫޔާ ފައިނަލަށް

29 އޯގަސްޓު 2023

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު