Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޕީއަށް މެމްބަރުން އިތުރުކުރުން

ރިޔާސީ އިންތިޚާބަށް، އެމްއެންޕީގެ މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ފަށައިފި

26 ޖުލައި 2021 | ހޯމަ 14:28

އެމްއެންޕީގެ މެމްބަރަކު ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 26 ޖުލައި 2021 | ހޯމަ 14:28
މޯލްޑިވްސް ނޭޝަނަލް ޕާޓީ

މޯލްޑިވްސް ނޭޝަނަލް ޕާޓީ

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިފަދައިން ވިދާޅުވީ އެމްއެންޕީން ބޭއްވި އެންމެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ އެމްއެންޕީގެ އަމާޒަކީ 2023ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުން ކަމަށެވެ. މި އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކު ވާދަކުރާނެ ކަމަށާއި، އަދި މި އިންތިޚާބު ކާމިޔާބުކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

Advertisement - newsAdvertisement

ނާޒިމް ވިދާޅުވީ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި، އެ ޕާޓީއަށް ގިނަ މެމްބަރުންތަކެއް ވަންނާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އެގޮތުން ރާއްޖޭގެ 50 އިންސައްތަ މީހުންނަކީ ޕާޓީއަކާ ގުޅިފައިނުވާ މީހުން ކަމަށާއި، ޕާޓީތަކާ ގުޅިގެން ތިބި މީހުން ތިބީ ދެފަރާތަށް ގޮސް ހުސްވެފައިކަމަށެވެ. އަދި މެދުތެރޭގައި ވަރަށް ބޮޑު ބައެއް އެބަ އުޅޭކަމަށާއި، މެދުތެރޭގައި އޮތް ފިކުރަކީ އެމްއެންޕީގެ ފިކުރު ކަމަށް ގަބޫލުކުރައްވާކަމަށެވެ. މި ފިކުރާއެކު ޕާޓީއަށް މެމްބަރުން އިތުރުކުރެވޭނެ ކަމަށާއި، ޕާޓީން އަބަދުވެސް މެމްބަރުންނަށް މަރުހަބާ ކިޔާނެ ކަމަށެވެ.

އެ ޕާޓީއަކީ މެމްބަރުން ގިނަ ބޮޑު ޕާޓީއަކަށް ހެދުމަށް ކެނޑިނޭޅި މަސައްކަތްކުރައްވާނެ ކަމަށާއި، ޕާޓީގެ ރެޖިސްޓްރޭޝަން ޕްރޮސެސް ވެސް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭގައި ރެޖިސްޓްރޭޝަން އޮފީހެއް ވެސް މާލޭގައި ހުޅުވާނެ ކަމަށާއި، ރާއްޖޭގެ ރަށްރަށުގައި އެ ޕާޓީގެ ގޮފިތައް ޤާއިމުކުރާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ދިވެހިން އެދޭ ކަންކަން ފުރިހަމައަށް ހާސިލުކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ލިބިދޭ އެންމެހާ ބާރާއި އިޚްތިޔާރާ ހައްގުތައް މޯލްޑިވްސް ނޭޝަނަލް ޕާޓީން ކަށަވަރުކުރާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ޕާޓީގެ މަގުސަދުތަކުގެ ތެރޭގައި، ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމާއި، އެންމެ ފުރަތަމަ ގައުމީ މަސްލަހަތު އިސްކޮށް، މިނިވަން އަމިއްލަވަންތަ ދައުލަތެއް ބިނާކުރުމާއި، ކޮރަޕްޝަނުން އެއްކިބާވެފައިވާ ދައުލަތަކަށް ދިވެހި ދައުލަތް ހެދުމާއި، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ އަދުލުވެރި ފަނޑިޔާރެއް ޤާއިމުކޮށް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ އިތުރުން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ޤާއިމުކޮށްދިނުމާއި، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، ފުލުހުންގެ ޤާބިލްކަން އިތުރުކޮށްދީ، އިޤްތިޞާދީ ތަރައްގީއަށް މަސައްކަތްކުރުމާއި، ޓެކްނޮލޮޖީއަށް އަހުލުވެރި ބަޔަކަށް ޒުވާނުން ހެދުން ހިމެނޭކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް