Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއަން ހައި ކޮމިޝަން

ލޮޓަސް ގޯޅި ބަންދުކުރުމަށް އިންޑިއަން ހައި ކޮމިޝަނުން ސަރުކާރަކަށް ނާންގާ - ފޮރިން މިނިސްޓްރީ

އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 26 ޖުލައި 2021 | ހޯމަ 06:27
ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން

ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން

މާލޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަންގެ އިރަށް އޮންނަ ލޮޓަސް ގޯޅި ބަންދުކުރުމަށް ހައިކޮމިޝަނަރ ސަންޖޭ ސުދީރު ސަރުކާރަށް އަންގާފައިވާ ކަމަށް ބުނާ ވާހަކަ ފޮރިން މިނިސްޓްރީން ދޮގުކޮށްފިއެވެ.

ފޮރިން މިނިސްޓްރީގެ އިސް ބޭފުޅަކާ ހަވާލާދީ އޮންލައިން ނޫހެއްގައި، ލިޔެފައިވާ ލިޔުމަކާ ގުޅޭގޮތުން ފޮރިން މިނިސްޓްރީއިން ބުނީ، އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އެކަހަލަ އެއްވެސް ވާހަކައެއް ހައިކޮމިޝަނުން ހިއްސާކޮށްފައި ނުވާ ކަމަށެވެ. މަގު ބަންދުކުރުމާއި ޕޭވްމަންޓް ބޭނުން ނުކުރެވޭ ގޮތަށް ހެދުމަށް ސަރުކާރަށް އަންގާފައިވާ ކަމަށް ރިޕޯޓުކޮށްފައިވާއިރު، މިއީ ދޮގު ވާހަކަތަކެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

Advertisement - newsAdvertisement

އިންޑިއާއަކީ ރާއްޖެއާ އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ. މިހާރު އިދިކޮޅު ފަރާތްތަކުން އަންނަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި އޮތް ގުޅުމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން ރާއްޖޭގެ ކަންކަމަށް އިންޑިއާއިން ނުފޫޒު ފޯރުވާ ކަމަށް ބުނެ ތަފާތު ވާހަކަތައް ދައްކަމުންދެއެވެ.

ދާދި ފަހުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވަނީ އިންޑިއާއަށް ވަޑައިގެން އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއާޒްގައި ވާހަކަފުޅު ދައްކަވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރ ޝާހިދު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ވެސް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި މިނިސްޓަރު ވަނީ އިންޑިއާއިން ދިވެހިރާއްޖެއަށް ދޭ ހިލޭ އެހީ އިތުރުކުރުމުގެ އެއްބަސްވުމުގައި ވެސް ސޮއިކޮށްފައެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު