Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަސާސީ ހިދްމަތް

އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

ފެނަކައިން ބޮޑެތި ކޮރަޕްޝަނާއި ހިޔާނާތް ހިންގާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2017 | ބުދަ 14:48
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް

ގާނޫނުއަސާސީން ލިބިދޭ އަސާސީ ހިދްމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރު ނުކުޅެދިފައިވާއިރު، ސަރުކާރުގެ ހިޔާނާތެއް ފަޅާއަރާއިރު ބިލިއަން ރުފިޔާއިން މައްސަލަތައް ފެންމަތި ވެއެވެ.

އޭގެ އެއް މިސާލަކީ އަސާސީ ހިދްމަތްތައް ފޯރުކޮށްދޭ ސަރުކާރުގެ އެއް ކުންފުނި ކަމަށްވާ ފެނަކަ ކޯޕަރޭޝަނެވެ. ދާދީފަހުން އޮޑިޓް އޮފީހުން ނެރުނު ފެނަކަ ކޯޕަރޭޝަނުގެ އޮޑިޓް ރިޕޯޓުގައި އެކުންފުނީގެ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކެއް ފެންމަތިކޮށްފަ އެވެ. އެއީ އެތައް މިލިއަން ރުފިޔާގެ ހިނާނާތެކެވެ. އަދި އެއީ ސަރުކާރުގެ އެންމެ ކުންފުންޏަކުން ވެފައިވާ ހިޔާނާތެކެވެ.

ފެނަކައިން ކޮރަޕްޝަނާއި ފަސާދަ ހިންގަމުންދާއިރު، ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ އަސާސީ ހިދްމަތްތައް ރަނގަޅު ފެންވަރެއްގައި ނުދެވެ އެވެ. ފޯރުކޮށްދޭ ހިދްމަތުގެ އަގު ހެޔޮ ކުރުމަށް ރައްޔިތުން އެދި ގޮވާއިރުވެސް ބުނަމުންދަނީ ހެޔޮ ކުރެވެން ނެތް ކަމަށެވެ.

ފެނަކައިން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދްމަތް ކަމަށްވާ ފެނާއި ކަރަންޓްގެ ހިދްމަތުގެ އަގު އިންތިހާއަށް ބޮޑުއިރު، އެ ހިދްމަތް ފޯރުކޮށްދިނުމަށް ފެނަކައިން ޑީޝަލް ގަނެފައިވަނީ ވަކި ބަޔަކަށް ފައިދާ ހޯދާދިނުމަށް އަގު ބޮޑު ކޮށެވެ.

އެސްޓީއޯގެ ފިއުލް ސަޕްލައިން ފެނަކަ ކޯޕަރޭޝަނަށް ޑީސަލް ވިއްކުމަށް ހުށަހަޅާފައިވާ އަގަށް ވުރެ ބޮޑު އަގުގައި އަމިއްލަ ފަރާތްތަކަކުން ޑީސަލް ގަތުމުގެ ސަބަބުން 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ޑީސަލް ގަތުމަށް އިތުރަށް 21.8 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެއެވެ.

އަމިއްލަ ފަރާތްތަކުން ޑޮލަރު ގަތުމަށް 95 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު ޑޮލަރު ވިއްކާ ފަރާތްތަކަށް ކޮމިޝަންގެ ގޮތުގައި 05 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އަދި ޑޮލަރުގެ އެ މުއާމަލާތް ހިންގާފައި ވަނީ ޑޮލަރު ވިއްކުމާއި ގަތުމުގެ ހުއްދަ އޮތް ފަރާތަކަށް ވެސް ނޫނެވެ.

މިފަދަ އެތައް ކޮރަޕްޝަނަކާއި ހިޔާނާތެއް ފެނަކައިން ހިންގާފައިވާއިރު، ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ ފެނާއި ކަރަންޓްގެ ހިދްމަތް ރަނގަޅު ފެންވަރަކަށް ނުދެވެންޖެހޭ ސަބަބެއް ނެތެވެ. އަދި އަގު ހެޔޮކޮށް އެ ހިދްމަތް ނުދެވެންވީ ސަބަބެއް ވެސް ނެތެވެ.

ކަރަންޓް ދިނުމަށް ޖަނަރޭޓަރު ހިންގަނީ ޑީސަލުންނެވެ. ޑީސަލް އަގު ބޮޑުކޮށް ގަންނަ ނަމަ ކުރަންޖެހޭ ހަރަދު ބޮޑުވާނެކަން ފެނަކައިގެ ވެރިންނަށް ނޭގުނަށް އެއީ ދިވެހި ރައްޔިތުންނަށް އެނގޭ ކަމެކެވެ. ހިދްމަތުގެ އަގު ހެޔޮކުރަން ބޭނުންނަމަ ފުރަތަމަ ކަމަކަށް ކޮރަޕްޝަނާއި ހިޔާނާތްތެރިވުން ހުއްޓާލަން ޖެހެއެވެ.

ފެނަކައިން 70 ޖަނަރޭޓަރެއް ގެނައިތާ ކުޑަ ދުވަސްކޮޅެއް ފަހުން އިވިގެން ދިޔައީ ބާ ޖަނަރޭޓަރުތަކެއް ރަށްރަށަށް ގެންދާ ވާހަކަތަކެވެ. އިންތިހާއަށް ކޮރަޕްޝަނެވެ. ރާއްޖޭގައި މުބާރާތެއް ބާއްވައިފިއްޔާ ފެނަކަ ބައިވެރި ނުވާނެ ގޮތެއް އެއީ ނެތް ގޮތެވެ. އެއީ ފޫކޮޅު ދެއްކުމާއި ފޮރުވުމުގެ މުބާރާތަކަށްވެސް ފެނަކައިން ބައިވެރިވާންޖެހެ އެވެ. ބައިވެރިވާ މުބާރާތްތަކަށް ފެނަކައިން ނެރޭ ޓީމަށް ޚަރަދު ކުރާނެ ފައިސާ ހުރެއެވެ. ސަރުކާރާއި ޕީޕީއެމް އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްދީދީ ބާއްވާ އިވެންޓަކަށް ޚަރަދު ކުރާނެ ފައިސާ ހުރެއެވެ. ސަރުކާރަށް ނިސްބަތްވާ މެމްބަރުންނަށް ފައިސާގެ އެހީތައް ވެދިނުމަށް ވެސް ފައިސާ ހުރެއެވެ. ނަމަވެސް ރައްޔިތުންނަށް ފެނާއި ކަރަންޓްގެ ހިދްމަތް ދިނުމަށް ރައްޔިތުން ގޮވަމުންދާއިރު އެކަންކުރާނެ ފައިސާއެއް ނުހުރެއެވެ. ފެނާއި ކަރަންޓްގެ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށް ނެތޭ ބުނާއިރު ލަދު ހަޔާތުގެ ކަންފުޅެއްވެސް ހަމަނެތީ އެވެ.

ސަރުކާރަށާއި ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ އެކިއެކި ހަރަކާތްތަކަށް ޚަރަދު ކުރުމާއި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނަށް އެހީތައް ދިނުން ހުއްޓާލުމަށް ފަހު ރައްޔިތުންނަށް ފެނާއި ކަރަންޓްގެ ހިދްމަތް ފޯރުކޮށްދޭން ޖެހެއެވެ. އަސާސީ ހިދްމަތްތައް ރައްޔިތުންނަށް ފޯރުކޮށްދޭށޭ ރައްޔިތުން ގޮވަނީ ކަމެއް ވެގެންނެވެ. އެކަންކަން ކޮށްދޭން ރައްޔިތުން ގޮވަނީ ރައްޔިތުންގެ ހިދްމަތް ކުރުމަށް ސަރުކާރެއް އައްޔަން ކޮށްފައި ވާތީ އެވެ. އެ ސަރުކާރުން ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ވެރިންނަށް ބަޔަކު އައްޔަން ކުރަނީ ރައްޔިތުންނަށް ހިދްމަތް ކުރުމަށެވެ. ސަރުކާރު ހިންގުމަށާއި ދައުލަތުގެ ވެރިންނަށް މުސާރަ ދެނީ ދިވެހި ރައްޔިތުންނެވެ. އަދި އަސާސީ ހިދްމަތް ފޯރުކޮށްދޭށޭ ބުނަނީ ވެސް އެކަން ކުރުމަށް އެފައިސާ ދައުލަތާއި ހަވާލުކޮށްފަ އެވެ. ރައްޔިތުން ދައްކާ ޓެކްސް ފައިސާއަކީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން " ބަނޑުއަޅާލަން" ދޭ ފައިސާއެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިރުހާއި ކާށީގެ އަގު ދަށަށް، ކަރާގެ އަގު މައްޗަށް!

މިރުހާއި ކާށީގެ އަގު ދަށަށް، ކަރާގެ އަގު މައްޗަށް!

06 ޖޫން 2017
އައިފޯން 8: އެޕަލްގެ އެންމެ އަގު ބޮޑު ފޯނު

އައިފޯން 8: އެޕަލްގެ އެންމެ އަގު ބޮޑު ފޯނު

04 ޖޫން 2017
ތަކެތީގެ އަގު ރަނަށް، ރައްޔިތުން ރަތަށް

ތަކެތީގެ އަގު ރަނަށް، ރައްޔިތުން ރަތަށް

01 ޖޫން 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
ޑިގުގަނޑަކުން ވެރިކަން: ހެޔޮފުޅުކަމުން ލާހޫރެނީ!

ޑިގުގަނޑަކުން ވެރިކަން: ހެޔޮފުޅުކަމުން ލާހޫރެނީ!

08 މެއި 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު