Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަޖިލިސްގެ ރައީސް

ގާނޫނު އަސާސީ ބަދަލުކުރިޔަސް، އިލާހީ ގާނޫނަށް ބަދަލެއް ނުގެނެވޭނެއެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނަވަނީ ސިފައިންގެ ހިމާޔަތުގައި

ހުޝާމް މުހަޢްމަދް
ހުޝާމް މުހަޢްމަދް, ރާއްޖެ އެމްވީ | 13 މާރިޗު 2018 | އަންގާރަ 17:54
މަޖިލީހުގެ ރައީސް މަސީހް

މަޖިލީހުގެ ރައީސް މަސީހް

އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ގާނޫނު އަސާސީއަށާއި، ދިވެހިރައްޔިތުންގެ ހައްގުތަށް ދެމެހެއްޓުމަށް ގާނޫނު އަސާސީ އާއި ގާނޫނުތަކުގައިވާ ގޮތަށް އަމަލު ކުރުމަށް މާތް ﷲ ގަންދީ ހުވައިކުރައްވައިގެން ހުންނެވި އެއްބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުހައްމަދެވެ. ކުރެއްވި ހުވާ މިއަދު ހަނދުމަފުޅު ކޮށްދިނުމަށް ޖެހުނު ހިނދު އަހުރެން އެކަން ކުރަމެވެ.

މިއީ ވަކިމީހެއްގެ ގައުމެއް ނޫނެވެ. މިގައުމުގައި އެއްވެސް ބޭފުޅަކަށް ލިބިވަޑައިގެންފައިވާ މަގާމަކީ ތާއަބަދަށް ނުވަތަ މަރު ދުވަހަށް ދަންދެން މިލްކު ވެގެންވާ އެއްޗެއް ނޫނެވެ. އެގޮތަށް އެއްވެސް ބޭފުޅަކަށް ހީފުޅުވާ ނަމަ އެއީ ވަރަށް ބޮޑު ގޯހެކެވެ.

މިގައުމުގައި ގޯސް މައްޗަށް ގޯސްހެދުމަށް ސަރުކާރަށް ފުރުޝަތު ލިބުނީ މަޖިލީހުގެ ބައެއް މެމްބަރުންނަށް އެފުރުޝަތު ދެއްވުމުން ކަމަށް އިދިކޮޅު ފަރާތްތަކުން ހުއްޓުމެއް ނެތި ދަނީ ބުނަމުންނެވެ. ގާނޫނުތަކާއި، ގާނޫނު އަސާސީ އެވަގުތަކަށް ސަރުކާރުން ބޭނުން ގޮތަކަށް ބަދަލު ކުރެވެނީ އެމައްސަލަތައް މަޖިލީހުގެ ޖަލްސާގައި އެޖެންޑާ ކޮށްގެންނެވެ. އެފަދަ އިދިކީލި އިސްލާހުތަކަށް މަޖިލީހުގެ ރައީސް ރިޔާސަތުގައި އިންނަވައިގެން ވޯޓަށް އައްސަވާތީއެވެ. އެކަމުގެ ގާނޫނީ ޒިންމާ ނަންގަވަންޖެހޭ ފަރާތަކީ އާހިރުގައި މަޖިލީހުގެ ރައީސެވެ.

ވޯޓަށް އައްސަވައި މަޖިލީހުގެ ތަޅުމުން ފާސްކުރެވިފައިވާ ކިތަންމެ ބިލެއް ގާނޫނު އަސާސީއާ ހިލާފް ކަމަށް ހެކި ދައްކަވައި އެތައް މެމްބަރުންނެއް، އެތައް ވަކީލުންނެއް މިއަދު ގައުމުގައި އެބަތިއްބެވިއެވެ. ދިވެހިންނަށް މިއަދު ލިބިފައި އޮތް ގާނޫނު އަސާސީއަކީ އޭގައި ލިޔެފައި އޮތް އެއްޗެއް ސާފުނުވެގެން އުޅެންޖެހޭވަރު އެއްޗެއް ނޫނެވެ. އޭގައި ދައުލަތުގެ ބާރުތައް ވަކިވެފައި އޮތް ގޮތާއި، އެއްބާރުން އަނެއް ބާރުގެ ތެރެއަށް ވަދެގަނެގެން ނުވާނެކަން ބުނެދީފައި ވަނީ ސާފު ބަހުންނެވެ. އެހެން އެކަން އޮތް ނަމަވެސް މަޖިލީހުގައި މިއަދު ފެންނަ މަންޒަރާއި، ކިޔާ އަންބާގެ ގޮތުން ހުރިހާ ކަމަކަށް ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހޭ ފަރާތަކީ މަޖިލީހުގެ ރައީސެވެ.

މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މަސީހް ބޭނުންކުރައްވާ ކާރުކޮޅުގައި އެ ވަނީ ދިވެހި ދައުލަތުގެ ނިޝާނެވެ. އެއީ މިގައުމުގެ ކޮންމެ ދަރިޔަކު ފަހުރުވެރިވުން ހައްގު ނިޝާނެވެ. އޭގެ ހިޔަލުގައި ހުންނަވައިގެން މިގައުމަށް ހެވެއް އެދިގެން މެނުވީ އެއް ކަމެެއް ވެސް ކުރައްވައިގެން ނުވާނެއެވެ. އެ ނިޝާނުގެ ހިޔަލުގައި މަޖިލީހުގެ ރައީސް ހުންނަވާއިރު ގާނޫނު އަސާސީ އާއި ގާނޫނުތައް ނެގެހެއްޓުން ނޫން އިތުރު އެއްކަމެއް ކުރައްވަން އުޅުއްވައިގެން ނުވާނެއެވެ.

މިއީ ދުނިޔެއެވެ. މިދުނިޔެ ދައްކާފައިވާ ކޮންމެ މަންޒެއް، އެއީ އިބުރަތެއް ކަމުގައި އެންމެން ވެސް ޖެހޭނީ ގަބޫލު ކުރާށެވެ. މިދުނިޔޭގައި އިއްޔެ ލިބުނު މަގާމާ ނުފޫޒާ ބާރު އަތުން ބީވެދިޔުމަކީ ހިނގާނެ ކަންކަމެވެ. ބާރު މުށުތެރޭގައި އޮތުމުން ބޭނުން ކޮންމެ ބަދަލެއް މިއަދު ގާނޫނު އަސާސީއަށް ނުވަތަ ގާނޫނަކަށް ގެނައުމުގައި މަޖިލީހުގެ ރައީސްއަށް ބައިވެރިވެވަޑައިގެން މަގު ފަހި ކުރެއްވިދާނެއެވެ. އެހެން ނަމަވެސް މިދުނިޔޭގައި ގަބޫލު ކުރައްވަންވީ ހަގީގަތަކީ "އިލާހީ ގާނޫނު" ދެމި އޮންނާނެ ކަމެވެ. އެޔަށް އެއްވެސް އިންސާނެއްގެ ބާރު ނުހިނގާނެ ކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާނޫނުއަސާސީ ހަމައެކަނި ދެލިގަނޑެއް

ގާނޫނުއަސާސީ ހަމައެކަނި ދެލިގަނޑެއް

08 އޯގަސްޓު 2017
ޤާނޫނުއަސާސީގައި ހުރި ވަރުގަދަ އުޞޫލުތައް ގެންދަނީ ނަފީކުރަމުން!

ޤާނޫނުއަސާސީގައި ހުރި ވަރުގަދަ އުޞޫލުތައް ގެންދަނީ ނަފީކުރަމުން!

08 އޯގަސްޓު 2017
ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

31 ޖުލައި 2017
ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

24 ޖުލައި 2017
ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒްކުރުމަށް ފުލުހުންނާއި ޕީޖީ އަދި ކޯޓް ތައްޔާރަށް!

ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒްކުރުމަށް ފުލުހުންނާއި ޕީޖީ އަދި ކޯޓް ތައްޔާރަށް!

02 ޖުލައި 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު