މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މާދަމާ ގައުމާ މުޚާޠަބު ކުރައްވަނީ
25 ޖުލައި 2021 | އާދީއްތަ 19:10ރައީސުލްޖުމްހޫރިއްޔާ ގައުމާ މުޚާޠަބު ކުރައްވާނީ މާދަމާ ހެނދުނު 10:00ގައި

އިސްމާއިލް އާޒިމް | 25 ޖުލައި 2021 | އާދީއްތަ 19:10

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާދަމާ ގައުމާ މުޚާޠަބުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ގައުމާ މުޚާތަބު ކުރައްވާނީ މާދަމާ ހެނދުނު 10 ޖަހާއިރުއެވެ.
ދިވެހި ރާއްޖޭގެ މިނިވަން ދުވަހަކީ ޖުލައިމަހުގެ 26ވަނަ ދުވަހެވެ. އެއީ މީގެ 56 އަހަރު ކުރިން 1965ވަނަ އަހަރުގެ ޖުލައިމަހުގެ 26ވަނަ ދުވަހު، އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ރާއްޖެ މިނިވަން ކުރުމަށް އިނގިރޭސި ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމުގައި ސޮއިކުރެވުނު ދުވަހެވެ.







