Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަފްރަތުގެ ބިލު

ނަފްރަތުގެ ބިލުގައި ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ލިބޭ އަދަބުތަކުގެ ވާހަކައެއް ނެތް: އިސްލާމިކް މިނިސްޓަރ

23 ޖުލައި 2021 | ހުކުރު 14:03

ނަފްރަތުގެ ބިލަކީ ވަރަށް ބޮޑަށް ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އޮތް މައްސަލައެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 23 ޖުލައި 2021 | ހުކުރު 14:03
އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު އަލީ ދެއްވި އެކްސްލޫސިވް އިންޓަވިއު

އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު އަލީ ދެއްވި އެކްސްލޫސިވް އިންޓަވިއު

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ޤާނޫނުލް ޢުޤޫބާތަށް ހުށަހެޅި އިސްލާހުގެ ބިލް ނުވަތަ ނަފްރަތުގެ ބިލްގައި ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ލިބޭ އަދަބުތަކުގެ ވާހަކަ ނެތް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ ނަފްރަތުގެ ބިލަކީ ވަރަށް ބޮޑަށް ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ. އެ ބިލް ދިރާސާކޮށް މިނިސްޓްރީގެ ފަރާތުން ކުރެވޭނީ ކޮންކަހަލަ ކަންތައްތަކެއްކަން ބަލަމުންދިޔަ ކަމަށާއި މަޖިލީހުން ލިބުނު ސިޓީގައި ބިލަށް އިތުރުކުރަން ފެންނަ ކަމެއް އޮތްތޯ ބެލިކަމަށް ވިދާޅުވިއެވެ. އަދި މިހާރު ބިލަށް ގެންނަން ބޭނުންވާ ބަދަލުތައް ފާހަގަކޮށް މަޖިލީހަށް އެކަންތައްތައް ފޮނުވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ބިލުގައި ފާހަގަކުރެވުނު މައިގަނޑު ކަންތައްތަކަށް ބަލާއިރު ދެބަޔަށް އެޑްރެސް ކުރެވިފައި ނެތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ބިލުގައި މިހާރު ވަނީ ދީނާ ގުޅުވައިގެން ކުރެވޭ ކަންތައްތަކުގެ ވާހަކަ ކަމަށާއި ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ލިބޭ އަދަބުތަކުގެ ވާހަކަ ނެތް ކަމަށް ވިދާޅުވިއެވެ.

ފުރަތަމަ ބިލް އޮތް ގޮތުން އެކަމުގައި ވަރަށް ބޮޑެތި ކަންބޮޑުވުންތައް ހުރި ކަމަށާއި އޭރު ވަރަށް ގިނަ އިލްމުވެރިންނާއި ކައުންސިލްތަކުން ފާޅުގައި ވާހަކަ ދެއްކެވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ބިލުގައި ހުރި ކަންބޮޑުވުންތަކަށް ބަލާއިރު މީހުންނަށް ހުކުމްތައް ބުނެދިނުމުގައި މައްސަލައެއް ކިޔައިދިނުމުގައި އެކަމެއް އޮތް ގޮތް ކިޔައިދޭއިރު އެ ބުނާ ބަސް އިސްތިސްނާވާ ގޮތަށް އިސްލާހު ހުށަހަޅާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ނަފްރަތުގެ ބިލަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިތޯ ކަނޑައެޅުއްވީ ވަރަށް ބޮޑަށް ބައްލަވާ ދިރާސާކުރެއްވުމަށް ފަހުގައި ކަމަށާއި ބަދަލުތައް ހުށަހެޅުއްވީ ދެ ފަރާތަށް ވެސް މައްސަލަ އެޑްރެސްވާ ގޮތަށް ކަމަށެވެ.

މިނިސްޓްރީން ހުށަހެޅި ބަދަލުތަކާ އެއްގޮތަށް ނަފްރަތުގެ ބިލް ފާސްވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެގޮތަށް ބިލް ފާސްވެއްޖެނަމަ ދެ ފަރާތުން ވެސް އޮތް ކަންބޮޑުވުމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ޤާނޫނުލް ޢުޤޫބާތަށް އިސްލާހު ހުށަހެޅީ އިސްލާމިކް މިނިސްޓްރީގެ ބަސް ހޯދާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވަނީ ވިދާޅުވެފައެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވީ، މިނިސްޓްރީއާ ވާހަދައްކާފައިވަނީ މަޖިލީހަށް ބިލް ހުށަހަޅައި ފުރަތަމަ ކިޔުންވެސް އިއްވުމަށްފަހުގައި ކަމަށެވެ. އަދި މެމްބަރު އިންތި ވިދާޅުވި ގޮތަށް ޢަޤީދާއާ ގުޅުވައިގެން ކުށެއްކަމަށް ހުށަހެޅުމަށް އޮތް ބައި އެއްކޮށް އުނިކޮށްފައި ވީނަމަވެސް، ދެން ވިދާޅުވެފައިވާކަންކަން ކުރައްވާފައި ނުވާކަމަށެވެ. މިނިސްޓަރ ވަނީ މި ބިލާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ހުށަހެޅި ހުށަހެޅުންތަކުގެ ތަފުސީލުވެސް ހިއްސާކުރައްވާފައެވެ. އަދި މިކަމުގައި މިނިސްޓްރީން ދީފައިވާ ކަންކަމަށް އަމަލު ނުކުރާމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނަފުރަތުގެ ބިލުގެ ފުރަތަމަ މަރުހަލާގައި ޢަދާލަތު ޕާޓީއާ މަޝްވަރާނުކުރުމަކީ ހެދި ބޮޑު ގޯހެއްކަމަށް އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲވެސް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޙުސައިން ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އާންމު ތަނެއްގައި މީހަކު އިސްލާމްދީނާ ޚިލާފު ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއްކަމަށް ތުހުމަތު ކުރުމާއި، މީހަކާމެދު ނަފްރަތު އުފެއްދުމާއި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ތުހުމަތު ކުރުން އެއީ ކުށެއް ކަމަށެވެ. އަދި މިއީ ޖުނަޙްގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.

މިފަދަ އަމަލެއް ހިންގުމާއެކު، އަނިޔާވެރިކަމަށް ގޮވާލައި އެކަމަށް ހިތްވަރު ދިނުމާއި، ބައިވެރިވުމަކީ ވެސް ކުށެއް ކަމަށާއި، މީހެއްގެ ސިޔާސީ ފިކުރަކަށް ބަލައި ޖިސްމާނީ އަނިޔާއެއް ދިނުމާއި، ބައިވެރިވުމާއި، ރޭވުމަކީ ވެސް ކުށެއް ކަމަށް އިސްލާހުގައިވެއެވެ. މިފަދަ އަމަލުތަކަކީ ޖިނާއަތުގެ 4 އަދި 5 ވަނަ ދަރަޖައިގެ ކުށް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

12 މާރިޗު 2017

އެއް ދުވަސްތެރޭގައި ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި

12 މާރިޗު 2017
އެއް ދުވަސްތެރޭގައި  ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި
05 މާރިޗު 2017

ފޭސްބުކުން ބަތޫލަށް ފުރައްސާރަ ކުރި ފުލުސް މީހެއްގެ މައްސަލަ ފުލުހުން ބަލަނީ

05 މާރިޗު 2017
ފޭސްބުކުން ބަތޫލަށް ފުރައްސާރަ ކުރި ފުލުސް މީހެއްގެ މައްސަލަ ފުލުހުން ބަލަނީ
26 ފެބުރުއަރީ 2017

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ
22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް