Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސިއްހީ ޚިދުމަތްތެރިންނަށް ވެކްސިން ނުލިބުން

ފްރޮންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިންނަށް ކޮވިޑް ވެކްސިން ނުލިބޭ މައްސަލަ ބޮޑުވެފައި

19 ޖުލައި 2021 | ހޯމަ 18:27

ޑަބްލިޔުއެޗްއޯއިން ލަފާކުރާ ގޮތުގައި ކޮވިޑް-19ގެ ޕެންޑަމިކްގެ ތެރޭގައި މުޅި ދުނިޔެއިން ދުވާލެއްގެ މައްޗަށް ސިއްހީ މަސައްކަތްތެރިންގެ 200 މީހުން ވަނީ މަރުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 ޖުލައި 2021 | ހޯމަ 18:27
ސިއްހީ ޚިދުމަތްތެރިން އަންނަނީ ކޮވިޑުގެ ބަލި މީހުންނަށް ޚިދުމަތްދިނުމުގައި އަވަދިނެތި މަސައްކަތްކުރަމުން

ސިއްހީ ޚިދުމަތްތެރިން އަންނަނީ ކޮވިޑުގެ ބަލި މީހުންނަށް ޚިދުމަތްދިނުމުގައި އަވަދިނެތި މަސައްކަތްކުރަމުން

ކޮވިޑް-19ގެ ހާލަތުގައި ފްރޮންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިންނަށް ވެކްސިން ނުލިބިދާކަމުގެ ޝަކުވާތައް ލިބެމުންދާކަމަށް އިންޓަރނޭޝަނަލް ކައުންސިލް އޮފް ނަރސަސް (އައިސީއެން)އިން ބުނެފިއެވެ.

ސިއްހީ ޚިދުމަތްތެރިންނަކީ އެންމެ ފުރަތަމަ ވެކްސިން ލިބޭނެކަމަށް ކޮންމެ ގައުމަކުންވެސް ބުނާ ކެޓަގަރީގައި ހިމެނޭ މީހުންނެވެ. ނަމަވެސް އައިސީއެންއިން ބުނާގޮތުގައި އެޖަމިއްޔާގައި ރަޖިސްޓްރީވެފައިވާ 27 މިލިއަން މީހުންގެ ތެރެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ނުލިބޭކަމަށް ބުނާ މީހުންގެ އަދަދު 10 މިލިއަނަށްވުރެ މައްޗަށް އަރައެވެ.

އަނެއްކޮޅުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ލަފާކުރާ ގޮތުގައި ކޮވިޑް-19ގެ ޕެންޑަމިކްގެ ތެރޭގައި މުޅި ދުނިޔެއިން ދުވާލެއްގެ މައްޗަށް ސިއްހީ މަސައްކަތްތެރިންގެ 200 މީހުން ވަނީ މަރުވެފައެވެ.

އައިސީއެންގެ ޗީފް އެގްޒެކެޓިވް ހޮވަރޑް ކެޓަން ވިދާޅުވީ ކޮންމެ ދުވަހަކު 200 މީހުން ގޮވައިގެން ދަތުކުރާ މަތިންދާ ބޯޓެއް ވެއްޓޭނަމަ އެކަން ތަހުގީގުކުރާނެކަމަށެވެ. އަދި އެކަމަށް އެކަށީގެންވާ ފިޔަވަޅު އަޅާނެކަމަށެވެ.

ނަރުހުންނާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ އެހެން މީހުން ނުރައްކަލަށް ހުށަހެޅުމަށްފަހު ނުރައްކަލާ މާދުރުގައި ތިބި އެތައް ބަޔަކަށް ގިނަ ގައުމުތަކެއްގައި ވެކްސިން ދެމުންދާ ކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުން ކޮވިޑަށް ޕޮޒިޓިވްވަމުން އަންނަ ސީދާ އަދަދުތައް ގައުމުތަކުން ޑަބްލިޔުއެޗްއޯއަށް އަންގަމުންނުދާ ކަމަށްވެސް އެޖަމިއްޔާއިން ވަނީ ބުނެފައެވެ. ޑަބްލިޔުއެޗްއޯއަށް ގައުމުތަކުން އަންގާފައިވާ އަދަދުތަކަށް ބަލާއިރު މަރުވެފައިވަނީ 6643 މީހުންނެވެ. ނަމަވެސް އަސްލު އަދަދު އެއަށްވުރެ މަތިވާނެކަމަށް އެޖަމިއްޔާއިން ބުނެއެވެ.

ޑަބްލިޔުއެޗްއޯއިން ލަފާކުރާ ގޮތުގައި ކޮވިޑް ޖެހިގެން މަރުވި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އަދަދު 115،000ށް ވުރެ މަތިވާނެއެވެ.

ކޮވިޑް-19

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް