Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޢަލީ ވަޙީދު އަނބުރާ ގެނައުން

ޢަލީ ވަޙީދު ރާއްޖެ ގެންނަން ޔޫކޭ ސަރުކާރަށް ޕެޓިޝަނެއް

ޕެޓިޝަނުގައި ވަނީ ޢަލީ ވަޙީދު ހައްޔަރުކޮށް އެގައުމުން ޑީޕޯޓުކޮށްލުމަށް އެދިފައި

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 19 ޖުލައި 2021 | ހޯމަ 14:32
ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު

ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ދަޢުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އަނބުރާ ރާއްޖެ ފޮނުވައިދިނުމަށް އެދި އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމަށްޓަކައި ޕެޓިޝަނެއް ތައްޔާރު ކުރަން ފަށައިފިއެވެ.

ޓޫރިޒަމް މިނިސްޓަރކަމުގެ މަގާމުގައި ހުންނެވިއިރު، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީފުރައްސާރަކުރި މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާ އުފުލައި، ޝަރީޢަތް ކުރިއަށްދާއިރު، ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ އޭނާ ހުންނެވީ އިނގިރޭސިވިލާތުގައެވެ.

Advertisement - newsAdvertisement

ޢަލީ ވަޙީދު ރާއްޖެ އަނބުރާ ގެނައުމަށް ބާރު އެޅުމަށްޓަކާ ޗޭންޖް.އޯގް ގައި ގަދާފައިވާ ޕެޓިޝަނުގައި ވަނީ އޭނާ ހައްޔަރުކޮށް އެ ގައުމުން ޑީޕޯޓުކޮށްލުމަށް އެދިފައެވެ. އެގޮތުން އޭނާގެ މައްޗަށް ތުހުމަތުތައް އުފުލިފައިވާ ގޮތާއި މައްސަލަ އޮތް ހިސާބުވެސް ވަރަށް ބޮޑަށް ތަފްސީލްކޮށްދީފައިވެއެވެ. އޭނާގެ މައްޗަށް އެ ތުހުމަތުތައް ކުރާ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން އެ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ވެސް ހިއްސާކުރައްވައި، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ހަމައެކަނި މައްސަލަ އަކީ އެއީ ނޫން ކަން ވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަޙުލާއާ ބޭއަދަބީކޮށް ވާހަކަދައްކަވާ އޯޑިއޯއެއް މީގެ ކުރިން ލީކުވެފައިވާކަން ވެސް ޕެޓިޝަނުގައިވެއެވެ.

އޭނާގެ މައްޗަށް މި މައްސަލާގައި 6 ދަޢުވާއެއް އުފުލާފައިވާއިރު، އޭގެ ތެރޭގައި ޖިންސީ އަނިޔާކުރުމާއި، ރޭޕްކުރަން އުޅުމުގެ ދަޢުވާއާއި، ޖިންސީ ގުނަވަން ހާމަކުރުމާއި، ޖިންސީ ގޯނާކުރުމާއި، ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާއާއި ހުއްދަ ނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ދައުވާވެސް ހިމެނެއެވެ.

މި މައްސަލަތައް ފެންމަތިވުމާއެކު އޭނާ ވަކިކޮށްފައިވާއިރު، އޭނާގެ ޕާސްޕޯޓުވެސް ހިފަހައްޓާފައިވެއެވެ. އެކަމަކު ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓު ދޫކޮށްލީ 4 މަހަށް، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަތުމަށެވެ. ނަމަވެސް އެ މުއްދަތު ނިމި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ޝަރީޢަތް ފެށި އިރު ވެސް އޭނާ އެނބުރި ވަޑައިގެންފައެއް ނުވެއެވެ.

ބޭސްފަރުވާ ނުނިމޭ ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓަށް ލިޔެކިޔުންތައް ހުށަހަޅާފައިވާތީ، އޭނާ އިނގިރޭސިވިލާތުގައި ހުންނަވައިގެން ޝަރީޢަތުގައި ބައިވެރިވެވޭ ގޮތަށް ކަނޑައެޅި ނަމަވެސް އެނގިފައިވާ ގޮތުގައި އޭނާއަށް އަންގާފައި ވަނީ ތިން މަހުން ތިން މަހުން ފޮލޯ ޗެކްއަޕް ހެއްދުމަށެވެ. އިނގިރޭސިވިލާތަކީ ރާއްޖޭގެ ޤާނޫނީ ބާރު ހިނގާ ސަރަހައްދަކަށް ނުވާތީ އެފަދަ ގައުމެއްގައި އޭނާ ހުންނަވަނިކޮށް ޝަރީޢަތް ކުރިއަށް ގެންދިއުމަށް ޕީޖީ ވަނީ ދެކޮޅު ހަދާފައެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމުން އެ ކޯޓުން މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފައިވާއިރު، ސުޕްރީމް ކޯޓުން ވަނީ މައްސަލައިގެ އަޑުއެހުމުގައި ބައިވެރިވެވަޑައިގަތުމަށް ޢަލީ ވަޙީދަށް ޗިޓު ހަވާލުކޮށްފައެވެ.

އަލީ ވަޙީދުޖިންސީ ގޯނާރޭޕް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
07 ޑިސެމްބަރު 2025

ސަނީ އުމަރުގެ ވާހަކަ: ރައްޔިތުންނަށް ކަންބޮޑުވުމާއި ބިރުވެރިކަން ގެނުވާ އެތައް ވާހަކަ އެއް

07 ޑިސެމްބަރު 2025
ސަނީ އުމަރުގެ ވާހަކަ: ރައްޔިތުންނަށް ކަންބޮޑުވުމާއި ބިރުވެރިކަން ގެނުވާ އެތައް ވާހަކަ އެއް
02 ޑިސެމްބަރު 2025

ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

02 ޑިސެމްބަރު 2025
ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު
01 ޑިސެމްބަރު 2025

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ ޑރ.ސަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

01 ޑިސެމްބަރު 2025
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ ޑރ.ސަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
01 ޑިސެމްބަރު 2025

ރާއްޖެ އައުމާއެކު ސަނީ އުމަރު ހައްޔަރުނުކޮށް ގެންދިޔައީ ފުލުހުންގެ ކާރުގައި ސުވާލުކުރަން

01 ޑިސެމްބަރު 2025
ރާއްޖެ އައުމާއެކު ސަނީ އުމަރު ހައްޔަރުނުކޮށް ގެންދިޔައީ ފުލުހުންގެ ކާރުގައި ސުވާލުކުރަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު