Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމިރްޒޮހިދު މާޒިޔާއަށް ބަދަލުވުން

ސަސްގެ ގޯލްކީޕަރު މިރްޒޮހިދު މާޒިޔާއަށް

18 ޖުލައި 2021 | އާދީއްތަ 02:24

މިދިޔަ ސީޒަނުގައި ސަސްގައި މިރްޒޮހިދު މޮޅު ކުޅުމެއް ދެއްކި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 ޖުލައި 2021 | އާދީއްތަ 02:24
މާޒިޔާއާ ގުޅުނު ސަސްގެ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް

މާޒިޔާއާ ގުޅުނު ސަސްގެ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް

މިދިޔަ ސީޒަނުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ގޯލު ބެލެހެއްޓި އުޒްބެކިސްތާނުގެ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ބަދަލުވެއްޖެއެވެ.

ހޮނިހިރު ދުވަހު މާޒިޔާއިން ވަނީ މިރްޒޮހިދު އެ ޓީމާ ގުޅުނުކަން ކަށަވަރުކޮށްދީފައެވެ. އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ގްރޫޕުގެ މެޗުތަކަށް ތައްޔާރުވާން މާޒިޔާއިން ފަރިތަކުރުންތައް ފަށާފައިވާއިރު، މިރްޒޮހިދު މިހާރު އަންނަނީ މާޒިޔާގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

އުމުރުން 27 އަހަރުގެ މިރްޒޮހިދު މާޒިޔާއަށް ބަދަލުވިއިރު، މިދިޔަ ސީޒަނުގައި ސަސްއިން ކުޅުނު 14 މެޗުގައިވެސް އެ ޓީމުގެ ގޯލު ބެލެހެއްޓީ މިރްޒޮހިދެވެ. އަދި މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އޭނާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.

އަންނަ ސީޒަނަށާއި އޭއެފްސީ ކަޕަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން މާޒިޔާއިން އުޒްބެކިސްތާނުގެ ގޯލްކީޕަރު ގެނައިރު، މިދިޔަ ސީޒަން އެ ޓީމުން ފެށީ ސާބިއާގެ ގޯލްކީޕަރު ނިކޮލާ ވުޔަަނަކާއެކުއެވެ. އެކަމަކު ސީޒަނުގެ މެދުތެރެއިން ވުޔަަނަކް ދޫކޮށްލިއިރު، މި އަހަރުގެ މާޗު މަހުގެ ތެރޭގައި އެ ޓީމުގެ ގޯލްކީޕަރަކަށް ސީރިއާގެ ގޯލްކީޕަރު މަހުމޫދު އަލް-ޔޫސުފް ވަނީ އަލުން ހަމަޖައްސާފައެވެ. އެކަމަކު ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން މަހުމޫދަށް ގިނަ މެޗުތައް ގެއްލުނުއިރު، މިދިޔަ ސީޒަނުގެ ގިނަ މެޗުތަކުގައި މާޒިޔާގެ ގޯލް ބެލެހެއްޓީ ރާއްޖޭގެ ޒުވާން ގޯލްކީޕަރު ހުސެއިން ޝަރީފް (ހުސެން) އެވެ.

ދެ މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު މާޒިޔާއިން ފަރިތަކުރުންތައް ފަށާފައިވާއިރު، މި އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި މި ވަގުތު އޮތީ މާޒިޔާގެ އިތުރުން އިންޑިއާގެ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއެވެ. މި ގްރޫޕުގެ ފަހު ޖާގަ ލިބޭނީ ރާއްޖޭގެ ކުލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ ޕްލޭ-އޮފް މެޗުން މޮޅުވާ ޓީމަކަށެވެ.

މާޒިޔާއިން މިރްޒޮހިދުގެ ސޮއި ހޯދިއިރު، އެ ޓީމަކީ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މިދިޔަ ދެ ސީޒަނުގެވެސް ޗެމްޕިއަނުންނެވެ. މި ނިމުނު ސީޒަނުގައި މާޒިޔާއަށް ޗެމްޕިއަންކަން ލިބުނީ ތިންވަނަ ބުރު ނުކުޅެ ލީގު ނިންމާލިއިރު، ތާވަލުގެ އެއްވަނަ މަގާމުގައި އޮތުމުންނެވެ. މާޒިޔާއަށް ކުޅުނު 14 މެޗުން 34 ޕޮއިންޓް ލިބުނުއިރު، އެ ޓީމުން ލީގު ދިފާއުކުރީ ނުވަ ޕޮއިންޓުގެ ލީޑަކާއެކުއެވެ.

މިރްޒޮހިދު މަމަކްތޯނޯފްމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
26 އޮކްޓޯބަރު 2025

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް
20 އޮކްޓޯބަރު 2025

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް
01 އޮކްޓޯބަރު 2025

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު
25 ސެޕްޓެމްބަރު 2025

ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު

25 ސެޕްޓެމްބަރު 2025
ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު
16 ސެޕްޓެމްބަރު 2025

އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި

16 ސެޕްޓެމްބަރު 2025
އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި
14 ސެޕްޓެމްބަރު 2025

މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ

14 ސެޕްޓެމްބަރު 2025
މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ
06 މެއި 2025

އެފްއޭއެމް ލީގު ކަޕް: ނިއު ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް

06 މެއި 2025
އެފްއޭއެމް ލީގު ކަޕް: ނިއު ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް
01 މާރިޗު 2025

މާޒިޔާ އިން ފުރަތަމަ ފަހަރަށް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

01 މާރިޗު 2025
މާޒިޔާ އިން ފުރަތަމަ ފަހަރަށް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް