Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމުލަކޭ ސަސްއަށް ބަދަލުވުން

ދަ ގްރާންޑޭ ދޫކޮށް މުލަކޭ ސަސްއަށް

18 ޖުލައި 2021 | އާދީއްތަ 02:22

މުލަކޭ ވަނީ މާޒިޔާގައި ކާމިޔާބު ތިން އަހަރު ހޭދަކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 ޖުލައި 2021 | އާދީއްތަ 02:22
ސަސްއާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން މިޑްފީލްޑަރު ޔަސްފާދު ހަބީބު (މުލަކޭ)

ސަސްއާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން މިޑްފީލްޑަރު ޔަސްފާދު ހަބީބު (މުލަކޭ)

ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ދޫކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް މިޑްފީލްޑަރު ޔަސްފާދު ހަބީބު (މުލަކޭ) ސޮއިކޮށްފިއެވެ.

ސަސްގެ ސްޕޮންސަރުންގެ އަގުވަޒަންކުރުމަށް ހުކުރު ދުވަހުގެރޭ ސަސް ކޮފީ ކުލަބުގައި ބޭއްވި ހަފުލާގައި ވަނީ ސަސްގެ ކުޅުންތެރިއެއްގެ ގޮތުގައި މުލަކޭ ތައާރަފުކޮށްފައެވެ.

އަންނަ ސީޒަނަށް އުމުރުން 28 އަހަރުގެ މުލަކޭ ސަސްއަށް ސޮއިކުރިއިރު، އޭނާ އެންމެ ފަހުން ކުޅެމުން އައީ ދަ ގްރާންޑޭއަށެވެ. ދަ ގްރާންޑޭގެ ކެޕްޓަންގެ މަގާމުވެސް އަދާކުރި މުލަކޭ އެ ޓީމާ ގުޅުނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެއަށްފަހު މިދިޔަ ދެ ސީޒަނުގައި މުލަކޭ ދަ ގްރާންޑޭއަށް ކުޅުނުއިރު، އޭނާ ވަނީ އެ ޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މިދިޔަ ސީޒަނުގައި ދަ ގްރާންޑޭއިން ކުޅުނު 14 މެޗުގައިވެސް މުލަކޭ ކުޅުނުއިރު، އޭނާ ވަނީ މިދިޔަ ސީޒަނުގައި ހަތަރު ލަނޑު ޖަހާފައެވެ.

ދަ ގްރާންޑޭގެ ކުރިން މުލަކޭ ވިދާލީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ. މުލަކޭ ވަނީ މާޒިޔާގައި ކާމިޔާބު ތިން އަހަރު ހޭދަކޮށްފައެވެ. އެގޮތުން އެ ޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއް އޭނާ ދެއްކިއިރު، އޭއެފްސީ ކަޕުގައި 2017 ވަނަ އަހަރު މާޒިޔާ ވާދަކުރިއިރު، ފުރަތަމަ އެގާރައިގައި ހިމެނިގެންވެސް މުލަކޭ ވަނީ ކުޅެފައެވެ.

އަންނަ ސީޒަނަށް މުލަކޭ ސަސްއާ ގުޅުނުއިރު، އެ ޓީމުގެ ކޯޗަކީ ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ނަގާފައިވާ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) އެވެ. މިދިޔަ ސީޒަނުގެ މެދުތެރެއިން މޯހަން ސަސްއާ ހަވާލުވިއިރު، ސަސްއިން މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ނިންމާލީ ހަވަނައިގައި އޮވެގެންނެވެ. ސަސްއަށް ލީގުގައި ކުޅުނު 14 މެޗުން 15 ޕޮއިންޓް ލިބުނުއިރު، އެ ޓީމު މޮޅުވީ ތިން މެޗުންނެވެ.

ޔަސްފާދު ހަބީބު (މުލަކޭ)ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް)

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2025

ސަސް ތިން ވަނަ ޑިވިޝަން އަށް ރެލިގޭޓުކޮށް، ބޮޑު ޖޫރިމަނާއެއް

01 ސެޕްޓެމްބަރު 2025
ސަސް ތިން ވަނަ ޑިވިޝަން އަށް ރެލިގޭޓުކޮށް، ބޮޑު ޖޫރިމަނާއެއް
23 ނޮވެމްބަރު 2024

ރާއްޖޭގެ ސަސް އެކަޑަމީ އިން ވާދަކުރާ ލަލީގާ ޔޫތު މުބާރާތް ތައިލެންޑްގައި ފަށައިފި

23 ނޮވެމްބަރު 2024
ރާއްޖޭގެ ސަސް އެކަޑަމީ އިން ވާދަކުރާ ލަލީގާ ޔޫތު މުބާރާތް ތައިލެންޑްގައި ފަށައިފި
23 ޖުލައި 2024

ރާއްޖޭގެ ޔޫތް ސިސްޓަމް ތެރޭގައި ހުނަރު އެބައޮތް, އެހީތެރިވެދީ - ކޯޗު ފަރީދު

23 ޖުލައި 2024
  ރާއްޖޭގެ ޔޫތް ސިސްޓަމް ތެރޭގައި ހުނަރު އެބައޮތް, އެހީތެރިވެދީ - ކޯޗު ފަރީދު
10 ޖޫން 2024

ބުރު ބަލިކޮށް، ސަސް އިން މުބާރާތް ފެށީ މޮޅަކުން

10 ޖޫން 2024
ބުރު ބަލިކޮށް، ސަސް އިން މުބާރާތް ފެށީ މޮޅަކުން
01 ފެބުރުއަރީ 2024

ކޮމިޝަނަރުގެ މަޤްސަދާމެދު ބައެއް ކުލަބުތަކުން ސުވާލު އުފައްދައިފި

01 ފެބުރުއަރީ 2024
ކޮމިޝަނަރުގެ މަޤްސަދާމެދު ބައެއް ކުލަބުތަކުން ސުވާލު އުފައްދައިފި
29 އޯގަސްޓު 2023

ސަސް އިން ޔޫވީ ބަލިކޮށްފި

29 އޯގަސްޓު 2023
ސަސް އިން ޔޫވީ ބަލިކޮށްފި
09 މެއި 2023

ހަމަޖެހިލައިގެން ކުޅެ ގްރީން އަތުން ސަސްއަށް ފަސޭހަ މޮޅެއް

09 މެއި 2023
ހަމަޖެހިލައިގެން ކުޅެ ގްރީން އަތުން ސަސްއަށް ފަސޭހަ މޮޅެއް
31 އޯގަސްޓު 2022

ސަސް ފުރަތަމަ ޑިވިޝަންގައި ދެމިއޮންނާނެ، ދަ ގްރާންޑޭ ރެލިގޭޓްވެއްޖެ

31 އޯގަސްޓު 2022
ސަސް ފުރަތަމަ ޑިވިޝަންގައި ދެމިއޮންނާނެ، ދަ ގްރާންޑޭ ރެލިގޭޓްވެއްޖެ
20 އޯގަސްޓު 2022

އެފްއޭކަޕް ތިންވަނަ ހޮވާ މެޗު ސަސް ނުކުޅޭނެ، ފިޔަވަޅު އަޅާނެ!

20 އޯގަސްޓު 2022
އެފްއޭކަޕް ތިންވަނަ ހޮވާ މެޗު ސަސް ނުކުޅޭނެ، ފިޔަވަޅު އަޅާނެ!
19 އޯގަސްޓު 2022

ޕެނަލްޓީގައި ސަސް ބަލިކޮށް، ފައިނަލްގެ ދެވަނަ ޖާގަ ވެލެންސިޔާއަށް

19 އޯގަސްޓު 2022
ޕެނަލްޓީގައި ސަސް ބަލިކޮށް، ފައިނަލްގެ ދެވަނަ ޖާގަ ވެލެންސިޔާއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް