Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

މަގޭ ރިޕޯޓް: ހައްގު އޮވޭ، ޒިންމާއެއް ނެތް، ފުނޑެނީ ގައުމު!

އަންހެނުން ޚިތާނުކުރުމުގެ ވާހަކައާއެކު މުޅި ގައުމު ކެކިގަތް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 17 ޖުލައި 2021 | ހޮނިހިރު 16:16
ދިވެހި ރާއްޖޭގައި އިސްލާމް ދީނާ ޚިލާފު ކަންކަން ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން

ދިވެހި ރާއްޖޭގައި އިސްލާމް ދީނާ ޚިލާފު ކަންކަން ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން

ބަލައިލި ކޮންމެ ދިމާއަކުންވެސް އިވެނީ ހައްގުތަކުގެ ވާހަކައެވެ. އަންހެނަކަށްވީތީ ލިބެން ޖެހޭ ހައްގެވެ. އިންސާނަކަށްވީތީ ލިބެންޖެހޭ ހައްގެވެ. ދިރިހުރުމުގެ ހައްގާއި، މިނިވަންކަމުގެ ހައްގެވެ. އެމީހަކު ބޭނުން ގޮތަކަށް އުޅެވުމާއި، ބޭނުން ޚިޔާލެއް ފާޅު ކުރުމުގެ ހައްގެވެ. ހައްތަހާވެސް ހައްގުތަކެވެ. ބައެއް ފަހަރު ތިމާގެ ހައްގު ހޯދެނީ އަނެކާގެ ހައްގު ނިގުޅައިގަނެގެންނެވެ. ބައެއް ފަހަރު ހައްގު ހޯދެނީ އެތައް ދަލެއް އޮހޮރުވައި، އެތައް ކަމެއް ގުރުބާންވެސް ކޮށްގެންނެވެ. ކޮންމެއަކަސް، ހައްގުތަކާއި މިނިވަންކަމުގެ ވާހަކަ ދައްކާއިރު، ގަބޫލު ކުރަންޖެހޭ އެއް ހަގީގަތެއް އެބައޮތެވެ. އެއީ މިއިން ކޮންމެ ކަމަކީވެސް އިންތަކާއި މިންތަކެއް ކަނޑައެޅިފައިވާ އެއްޗެއް ކަމެވެ. ހައްދަކާއި ހުދޫދުތަކެއް އޮތް ކަންކަން ކަމެވެ. އަދި ކޮންމެ ހައްގަކާއެކު، ވަރުގަދަ ޒިންމާއެއްވެސް އަންނަ ކަމެވެ.

ކޮންމެ މީހަކަށްވެސް ހައްގުތަކުގެ ވާހަކަ ދައްކަން ނުހަނު ފަސޭހައެވެ. ވެރިކަން ކުރާ މީހާއަށް ލިބެންޖެހޭ ބާރުތަކުގެ ވާހަކަ އޭނާ ދައްކާނެއެވެ. ދައްކަން އުނދަގޫވާނީ ވެރިކަމާއެކު އޭނާ އަދާކުރަންޖެހޭ ބިޔަ، ބޮޑު ޒިންމާގެ ވާހަކައެވެ. ވަޒީފާއެއްގައި އުޅޭ މީހަކަށް އޭނާއަށް ލިބެންޖެހޭ މުސާރައާއި، ވަރުވަރުގެ އިނާޔަތްތަކުގެ ހައްގަށް ވަކާލާތު ކުރަން ވަރަށް ފަސޭހަވާނެއެވެ. ނަމަވެސް އަދާކުރާ ވަޒީފާގައި އޭނާގެ މައްޗަށް އޮތް، އިހުމާލުވެވެން ނެތް ޒިންމާގެ ވާހަކަ ދައްކަނީ މަދު ބައެކެވެ. ސައިކަލު ދުއްވާ މީހާ ހަވީރު ފިންޏަށް ހުވަނދުލައި ރީތިވެ، ނަލަވެގެން ބުރުޖަހަން ނުކުތުމަކީ އޭނާއަށް ލިބޭ ހައްގެކެވެ. ނަމަވެސް އޭނާ ދުއްވާ ގޮތަކުން ނުވަތަ ސައިކަލު ޕާކު ކުރާ ގޮތަކުން ދެން ތިބޭ ބަޔަކަށް އެވާ ތުރާލުގެ ވާހަކަ ދެއްކުމަކީ ހަމަ ނުވާނެ ކަމެކެވެ. މިހެން ކިތަންމެ ވާހަކައެއް ދެއްކިދާނެއެވެ. ނަމަވެސް މިއަދު ދައްކަން މިއުޅެނީ މުޅިން ތަފާތު "ހައްގެއްގެ" ވާހަކައެވެ.

ދިވެހި އަންހެނަކު ރާއްޖެއިން ބޭރަށް ގޮސް ޖިންސު ބަދަލުކޮށް ފިރިހެނަކަށް ބަދަލުވި ވާހަކައާއެކު، މުޅި މީސްމީޑިއާ މިވަނީ ކެކެން ފަށާފައެވެ. މިއަދު ކޮންމެ މީހަކީވެސް އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ މަންދޫބެކޭ ހީވާކަހަލައެވެ. މިއަދު އަނެއްކާވެސް ވަރުވަރުގެ ހައްގުތަކުގެ ވާހަކަ ދެކެވެން ފަށައިފިއެވެ. އެމީހަކު ބޭނުން ގޮތަކަށް އުޅުމުގެ ހައްގެވެ. އަންހެނަކު ފިރިހެނަކަށް ވެގެން އުޅުމުގެ ހައްގެވެ. ފިރިހެނުން އަންހެން ހެދުމުގައި އުޅުމުގެ ހައްގެވެ. އެއް ޖިންސުން ކައިވެނި ކުރުމުގެ ހައްގެވެ. ބޭނުން ފިކުރެއް، ޚިޔާލެއް ޤަބޫލުކޮށް އެ މައްޗަށް ތިމާގެ ދިރިއުޅުން ބައްޓަން ކުރުމުގެ ހައްގެވެ. އެންމެ ރަނގަޅެވެ. ހައްގުތަކަށް ވަކާލާތު ކުރަންވީއެވެ. ނަމަވެސް މިއީ ދިވެހިރާއްޖެއެވެ. މިއީ ދިވެހިންނެވެ. ދިވެހި ލޭހިނގާ، ދިވެހި ދިދައެއްގެ ދަށުގައި ތިބި، ދިވެހި ދައުލަތެއްގެ ބާރުހިނގާ، އެންމެންގެ މައްޗަށް ލާޒިމު އުސޫލުތަކަކާއި ގާނޫނުތަކަކާއި، ދީނީ އަސާސްތަކެއް އޮތް ގައުމެއްގެ ރައްޔިތުންތަކެކެވެ. ދިވެހި ގައުމުގައި އުޅެންވާނީ ދިވެހިވަންތަކަމަށް އިހުތިރާމްކޮށްގެންނެވެ. ދިވެހި ދައުލަތާއި ރާއްޖޭގެ ޝަރުއީ ނިޒާމު އެ އެއްޗެއްގެ މައްޗަށް ބިނާވާ އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓައިގެންނެވެ. ގާނޫނު އަސާސީގައި އަދި ހަމަ ގައިމުވެސް އޮތީ ދިވެއްސަކަށް ވެވޭނީ ސައްތައިން ސައްތަ މުސްލިމަކަށް ކަމަށެވެ. ވީއިރު އެ އަސާސް ގަބޫލުނުކޮށް، ދިވެއްސެއްގެ ތާޖު ތިމާ އަޅައިގެން ނުވާނެއެވެ.

އެކަމާ ވާހަކަ ދެއްކި ގިނަ މީހުންގެ ފިކުރު ހުރިގޮތް ފެނިފައި ހައިރާންވެސް ވިއެވެ. އެއް ބަޔަކު ބުނަމުންދިޔައީ އެކަން ކުރި މީހާއަކީ ދިވެހިންނަށްވެސް ނަމޫނާއެއް ކަމަށެވެ. ޖިންސު ބަދަލު ކުރަން ބޭނުންވެ، އެއްޖިންސުން ގުޅުން ހިންގަން ބޭނުންވެ އެކަން ފާޅުގައި ކުރަން ނުކެރިފައި ތިބި މީހުންނަށް ލިބުނު ހިތްވަރެއް ކަމަށެވެ. ގައިމުވެސް އެކަންކަމަށް ތާއީދުކުރާ ބޮޑެތި ކޮމިއުނިޓީތައް މިއަދު މި ގައުމުގައި ތިބިކަން އެ މައްސަލަތެރެއިން އެކަނިވެސް ފެނިގެން ގޮސްފިއެވެ. ނުވިތާކަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައިވެސް މިއަދު އެކަންކަން ޕްރޮމޯޓްކުރަމުން ދަނީ ތިޔަހެނެއް ނޫނެވެ. އެއް އަޑަކުން ގޮވަމުންދަނީ، އެއްޖިންސުން ގުޅުން ހިންގުމަކީ ލިބެންޖެހޭ ހައްގެއް ކަމަށެވެ. އެއީ އެމީހެއްގެ އަމިއްލަ ކަމެއް ކަމަށެވެ. "ކޮންމެ ކަމަކާ ނުބެހެވޭނެ" ކަމަށެވެ. އެއީ މިނިވަންކަން ކަމަށެވެ. މިއީ 2021 ވަނަ އަހަރު ކަމަށެވެ.

ދެން އޮތީ މިކަންކަމަށް އަޑު އުފުލައި، ހައްލެއް ގެންނަން ތިބި އެކި ވަރުގެ ސިޔާސީ ވެރިންގެ ވާހަކައެވެ. އަންހެނުން ޚިތާނުކުރުމުގެ ވާހަކައާއެކު މުޅި ގައުމު ކެކިގަތްއިރު، އޭގެ ތެރޭގައި ސިޔާސީ ވެރިންވެސް ހިމެނެއެވެ. ނަމަވެސް މި މައްސަލައިގައި މިދެންނެވި ސިޔާސީ ތޮފި އަޅުއްވައިގެން ތިއްބެވި ބޭފުޅުންވެސް ފެންނަނީ ތަންކޮޅެއް ލޮނުމަޑުކޮށެވެ. އެއްބަޔަކު ބާރުތަކާމެދު ތަޅާފޮޅަނީއެވެ. އަނެއް ބަޔަކު ސިޔާސީ ބޮޑެތި ކޯޅުންތަކުގައެވެ. ދެން ތިބި ބަޔަކު އަމިއްލަ ޖީބު ބޮޑު ކުރުމުގައެވެ. ދެން ތިބި ބަޔަކު ބޯމަތިވެދާނެ އިންތިޚާބެއްގެ ތައްޔާރީގައި "ހަކުޅި ކުރިއަށް" ކުޅުމުގައެވެ. ސިޔާސީ މީހުން ފެންނަނީ ގައުމުގައި ހުރި މިފަދަ މައްސަލަތަކަށް ވާހަކަ ދެއްކޭ ވަރަށްވުރެ ނުވަތަ އެ ޒިންމާތައް އަދާ ކުރެއްވޭވަރަށްވުރެ އަވަދިނެތިކޮށް އުޅުއްވާ ތަނެވެ.

ކުރުކޮށް ބުނާނަމަ، އިސްލާމް ދީނުގެ ހަމަތަކާއި، ދިވެހިވަންތަކަމަށް މަލާމަތްކުރާ މައްސަލަތަކަށް ހައްލު ހޯދުމުގައި "މަހާތުމާ ގާނދީގެ 3 ރާމާމަކުނަށް" ވެގެން ތިބި ބޭފުޅުންވެސް މީގެ ތެރޭގައި މަދެއް ނޫނެވެ. ފެންނަ މަންޒަރު ނުފެންނަކަމަށް ހަދަނީއެވެ. އިވޭ ވާހަކަތައް ނީވޭ އެއްޗަކަށް ހަދައި، އެކަމަށް ބަސް ބުނަންވުމުން މަންމަނަކަށް ބަދަލުވަނީއެވެ. މިއީ މިއަދު ގައުމު އޮތް ހާލަތެވެ.

އަބަދުވެސް ދައްކަނީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން އިތުރުވަމުންދާ ވާހަކައެވެ. ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުން ގިނަވަމުންދާ ވާހަކައެވެ. އަނދިރި ދައުލަތެއް ބިޔަވެ، އަރަމުންދާ ވާހަކައެވެ. ނަމަވެސް އިސްލާމް ދީނުގެ އުސޫލުތަކާއި ކަނޑައެޅިގެން ޚިލާފު ކަންތައްތަކަކަށް މުޅި ގައުމު އަހުލުވެރި ކުރުމަށް ފިކުރީ ގޮތުން ހިނގަމުންދާ ހަނގުރާމައިގެ ވާހަކަ ދައްކާ މީހުން މަދެވެ. އެ ބައިގަނޑުގެ ވާހަކަ ދައްކާނެ މީހެއް ނުވެއެވެ. އެކަންކަމާ އެއްޗެއް ބުނާ މީހާގެ އަނގަ ބަންދުކޮށްލަނީ އެއްކަލަ "ހައްގު" މި ބަސް ބޭނުންކޮށްގެންނެވެ. ހައްގު އޮވެއެވެ. ޒިންމާއެއް ނެތެވެ. އެންމެ ފަހުން ހަލާކުވަނީ ދިވެހި ގައުމެވެ.

އިސްލާމް ދީންމަގޭ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

02 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

26 ނޮވެމްބަރު 2025
ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

04 ނޮވެމްބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު