Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިނގިރޭސިވިލާތުގެ ހާލަތު

އިނގިރޭސިވިލާތުގައި ފިޔަވަޅުތަކަށް ލުއިދޭން ތައްޔާރުވެފައިވަނިކޮށް ކޮވިޑް ކޭސްތައް ރިކޯޑް މިންވަރަކަށް މައްޗަށް

މިއީ މިއަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ފަހުން މިހާބޮޑަށް ކޭސްތައް މައްޗަށް ދިޔަ ފުރަތަމަ ފަހަރު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 ޖުލައި 2021 | ހުކުރު 22:27
ލަންޑަންގެ އަންޑަރގްރައުންޑް ސްޓޭޝަނެއްގައި މީހުން މާސްކު އަޅައިގެން

ލަންޑަންގެ އަންޑަރގްރައުންޑް ސްޓޭޝަނެއްގައި މީހުން މާސްކު އަޅައިގެން

އިނގިރޭސިވިލާތުގައި ކޮވިޑް-19ން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިނުމަށް އެކުލަވާލާފައިވާ ޕްލޭން ހާމަކޮށްފައިވަނިކޮށް އެގައުމުގައި ފާއިތުވި ހަ މަސް ދުވަސް ތެރޭގައި ދުވާލެއްގެ މައްޗަށް ކޭސްތައް ނުފެންނަ މިންވަރަށް ކޭސްތައް ފެނިއްޖެއެވެ.

ފިޔަވަޅުތަކަށް ދޭ ލުއިތަކުގެ ޕްލޭންގައި ހިމެނެނީ ރެސްޓޯރެންޓްތަކާއި ނައިޓް ކްލަބްތަން ދޭ ޚިދުމަތްތަކާއި މާސްކު އެޅުން މަޖުބޫރު ނުވާނެ ގޮތްތަކެވެ. ނަމަވެސް އެގައުމުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ބުރާސްފަތި ދުވަހު ވަނީ 48،553 މީހުންނަށް ކޮވިޑް ޖެހިފައެވެ. މިއީ މިއަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ފަހުން މިހާބޮޑަށް ކޭސްތައް މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

ކޮވިޑް ޖެހިގެން އިނގިރޭސިވިލާތުގައި މަރުވި މީހުންގެ އަދަދު 128،642ށް އަރައެވެ.

އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެފައިވަނީ ވެކްސިން ޖަހަންޖެހޭ އާބާދީގެ ތިން ބައިކުޅަ ދެބައި މީހުންނަށް ދެ ޑޯޒް ދީފައިވާކަމަށެވެ. އެހެންކަމުން މިއީ ފިޔަވަޅުތަކަށް ލުއިތައް ދިނުމަށް އެންމެ ރަނގަޅު ވަގުތުކަމަށް ބޮރިސް ވަނީ ވިދާޅުވެފައެވެ. ލުއިތައް ދޭ އަނެއް ސަބަބެއްކަމަށް ބޮރިސް ވިދާޅުވެފައިވަނީ ބަލި ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކުރާ މީހުންގެ އަދަދު މަދުވުމާއި މަރުވާ މީހުންގެ އަދަދު މަދުވުމެވެ.

ހުކުރު ދުވަހު ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިނގިރޭސިވިލާތުގައި ވެކްސިން ޖަހަންޖެހޭ އާބާދީގެ 67.5 އިންސައްތަ މީހުންނަށް ވަނީ ދެ ޑޯޒް ދީފައެވެ. އަދި 87.6 އިންސައްތަ މީހުންނަށް ވަނީ އެއް ޑޯޒް ދީފައެވެ. ވެކްސިން ނުޖެހިވާ މީހުންގެ ތެރޭގައި ގިނައީ ޒުވާނުންނެވެ.

މިފެށޭ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން އިނގިރޭސިވިލާތުގައި ނައިޓް ކްލަބްތަކާއި ޕަބްސް ތަކާއި ބާރ ތައް އަދި ރެސްޓޯރެންޓްތައް ހުޅުވާލާނެއެވެ. މިތަންތަނުން ވަކި މިންވަރެއް ނެތި ހުރިހާ ކަސްޓަމަރުންނަށްވެސް ޚިދުމަތްދެވޭނެއެވެ.

މީގެއިތުރުން ޕަބްލިކް ޓްރާންސްޕޯޓްގެ އިތުރުން ފިހާރަތަކުގައި މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތްއޮތުމަށްވެސް ނިމުން އަންނާނެއެވެ. އެހެންނަމަވެސް ދަތުރުފަތުރުކުރާ ގިނަ ތަންތަނާއި ފިހާރަތަކުން ވަނީ މާސްކު އެޅުމަށް އިލްތިމާސްކޮށްފައެވެ.

އިނގިރޭސިވިލާތުގައި ކޮވިޑްގެ ފިޔަވަޅުތަކަށް ލުއިތައް ދެމުން އަންނާތީ ކުރީގެ ހާލަތަށް ގޮސްދާނެ ކަމުގެ އިންޒާރު ކަމާބެހޭ ބައެއް މާހިރުން އަންނަނީ ދެމުންނެވެ. އެގޮތުން ސަރުކާރުގެ ޗީފް މެޑިކަލް އޮފިަަރ ކްރިސް ވިޓީ ވިދާޅުވެފައިވަނީ ކޮވިޑްގެ ހާލަތު ގޯސްވާން ނަގާނީ ކުޑަވަގުތުކޮޅެއް ކަމަށާއި އެހެންކަމުން މިއީ ކަންފަސޭހަކޮށް ނަގަންޖެހޭ ކަމެއް ނޫންކަމަށެވެ.

ކޮވިޑް-19އިނގިރޭސިވިލާތް

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު