Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19

ސައުތު އޭޝިއަން ޓޫރިސްޓުންނާގުޅޭ ކަންކަން ގާތުން ބަލާނެ: މިނިސްޓަރ

ބަންދުކުރުމަކީ ހައްލު ނޫން ކަމަށާއި، އެގޮތަށް އެކަންކުރަން ބޭނުންފުޅުވެސް ނުވާ ކަމަށް ވިދާޅުވި

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 15 ޖުލައި 2021 | ބުރާސްފަތި 19:41
ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މަޢުޞޫމް

ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މަޢުޞޫމް

ސައުތު އޭޝިއަން ޓޫރިސްޓުންނާގުޅޭ ކަންކަން ގާތުން ބައްލަވަމުންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.

ސައުތު އޭޝިއާއިން އަންނަ ފަތުރުވެރިންނަށް ރާއްޖެ ބަންދުކޮށްފައި އޮތުމަށް ފަހު ހުޅުވާލީ ބުރާސްފަތި ދުވަހުއެވެ. ސައުތު އޭޝިއާއަށް ރާއްޖެ ބަންދުކޮށްފައި އޮތީ ސަރަހައްދުގައި ވަރަށް ބޮޑަށް ޑެލްޓާ ވޭރިއަންޓް ފެތުރެމުންދާތީއެވެ. އެހެންނަމަވެސް ހުޅުވާލުމުން ގިނަ ބަޔަކު އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސައުތު އޭޝިއަން ޓޫރިސްޓުންނާގުޅޭ އިންތަކާއި މިންތައް ތަންފީޒު ކުރާމިންވަރު ބަލަން ހޮޓެލް/ގެސްޓްހައުސް ޓޫރިޒަމްޓީމުން ޗެކުކުރަމުންދާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ބަންދުކުރުމަކީ ހައްލު ނޫން ކަމަށާއި، އެގޮތަށް އެކަންކުރަން ބޭނުންފުޅުވެސް ނުވާ ކަމަށެވެ. ނަމަވެސް ކަންކަން ޗެކުކުރާއިރު، މިންގަނޑުތަކަށް ނުފެތޭ ނަމަ ބަންދުކުރުން ނޫން ގޮތެއް ވެސް ނޯންނާނެ ކަމަށެވެ.

ދެކެނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެ އައުމުގެ ހުއްދަ ދީފައި މިވަނީ ޚާއްސަ އުސޫލެއްގެ ދަށުންނެވެ. އެސަރަހައްދުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ހަމައެކަނި ރިސޯޓުތަކަށް ދިއުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާއިރު، ގެސްޓް ހައުސްތަކަށް ދިއުމުގެ ހުއްދަ ލިބިގެންދާނީ ޖުލައި 30ން ފެށިގެންނެވެ. އޭގެއިތުރުން ދެކުނު އޭޝިއާގެ ޤައުމުތަކުން އަންނަ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނީ ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ ގެސްޓް ހައުސްތަކުގައި އެކަނި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ ބުނެފައެވެ.

އެގޮތުން އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން، މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ފަތުރުވެރިންނަށް ޗެކްއިން ނުވެވޭނެ ކަމަށާއި، މާލޭގައި ފަތުރުވެރިން ފުރުމަށްޓަކައި ޓްރާންސިޓް ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ އުސޫލުގެ މަތިން، އެ މިނިސްޓްރީން ކަނޑައަޅާފައިވާ ގެސްޓް ހައުސްތަކުގައި ތިބެވޭނެކަމަށް ވަނީ ބުނެފައެވެ.

ފަތުރުވެރިންނަށް ހުޅުވާލި ފުރަތަމަ ދުވަހު ވެސް ޑެލްޓާ ވޭރިއަންޓް އެންމެ ބޮޑަށް ފެތުރެމުން އަންނަ އިންޑިއާއިން 7 ފްލައިޓެއް ރާއްޖެ އައިސްފައިވެއެވެ. ޖުލައި 15 ވަނަ ދުވަހު ރާއްޖެ އައި 7 ފްލައިޓްގެ ތެރޭގައި ހިމެނެނީ މޯލްޑިވިއަންގެ 2 ފްލައިޓްގެ އިތުރުން އިންޑިގޯ 02 ފްލައިޓް އަދި ގޯ އެއަރގެ 03 ފްލައިޓެވެ. އަދި އެއަރ އިންޑިއާގެ ފްލައިޓްތައް މިމަހުގެ ފަހުކޮޅު ފަށާނެކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް އެފެއަރޒް ޙަސަން ޢަރީފް ވިދާޅުވިއެވެ.

ކޮވިޑް-19އެޗްޕީއޭމިނިސްޓްރީ އޮފް ޓުއަރިޒަމްޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު