Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19، ރާއްޖޭގެ ހާލަތު

ހަތަރު ދުވަހަށްފަހު ކޮވިޑް ކޭސްތައް 100ން މައްޗަށް ޖެހިލައިފި

ރަށްފަޅުހުރާއިން 60 މީހުން ޕޮޒިޓިވްވެފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 ޖުލައި 2021 | އަންގާރަ 17:44
ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ

ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ

ޖެހިޖެހިގެން ހަތަރު ދުވަހު, ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު 100ން ދަށުގައި ހުރުމަށްފަހު ފާއިތުވި 24 ގަޑިއިރު ތެރޭގައި އެއަދަދު 100ން މައްޗަށް ޖެހިލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އެންމެ ފަހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު ކޮވިޑް-19ށް ޕޮޒިޓިވްވެފައިވަނީ 170 މީހުންނެވެ. މީގެތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 19 މީހުންނެވެ. އަތޮޅުތެރެއިން 78 މީހުން ޕޮޒިޓިވްވެފައިވާއިރު ރިސޯޓްތަކުން 7 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ލިވްއެބޯރޑްތަކުން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ. ހަދަމުންދާ ރިސޯޓެއް ކަމުގައިވާ ރަށްފަޅުހުރާއިން 60 މީހުންވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ ކުރިންވެސް ކޮވިޑްގެ ކޭސްތަކެއް ފެނިފައިވާ ރަށެކެވެ. މީގެއިތުރުން އިންޑަސްޓްރިއަލް ރަށްތަކުން 5 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

Advertisement - newsAdvertisement

ރާއްޖެއިން މިހާތަނަށް 75،332 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 72،569 މީހުން ވަނީ ބަލިން ވަނީ ރަނގަޅުވެފައެވެ. މިހާރު ކޮވިޑަށް ފަރުވާ ހޯދަމުންދަނީ 2،537 މީހުންނެވެ. މީގެތެރެއިން ހޮސްޕިޓަލްގައި 17 މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ.

ރާއްޖެއިން މިހާތަނަށް މިބަލީގައި 214 މީހަކު ވަނީ ނިޔާވެފައެވެ.

ކޮވިޑް-19ގެ ހަތަރު ވަނަ ރާޅަށް ފަހު ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު މިހާރު އަންނަނީ ދަށްވަމުންނެވެ. އެގޮތުން ޖޫން މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު 200ން ދަށުގައި ހުރުމަށްފަހު، ގާތްގަނޑަކަށް 3 މަސް ފަހުން، ޖުލައި މަހުގެ 9 ވަނަ ދުވަހު، ވަނީ ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު 100އިން ދަށްވެފައެވެ. ޖުލައި މަހުގެ 9 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 55 މީހުންނެވެ. ޖުލައި މަހުގެ 10 ވަނަ ދުވަހު 90 މީހުން ޕޮޒިޓިވްވެފައިވާއިރު 11 ވަނަ ދުވަހު ޕޮޒިޓިވްވީ 78 މީހުންނެވެ. އަދި 12 ވަނަ ދުވަހު 91 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ކޮވިޑްގެ 4 ވަނަ ރާޅަށްފަހު ފިޔަވަޅުތަކަށް ލުއި ދެމުން އައިސް ޖުލައި މަހުގެ 7 ވަނަ ދުވަހު ވަނީ ބޮޑެތި ހުރިހާ ލުއިތަކެއް ދީފައެވެ. އެގޮތުން 2 ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށަށް ކަރަންޓީނާ ނުލައި ދަތުރުކުރެވުމާއި، ރިސޯޓްތަކުގެ މުވައްޒަފުންގެ ތެރެއިން 2 ޑޯޒް ފުރިހަމަކޮށްގެން ތިބި މުވައްޒަފުންނަށް ރަށްރަށަށް ދެވޭގޮތަށް ވަނީ ލުއި ދީފައެވެ.

މާލޭގެ ކާފިއު އުވާލާފައިވާއިރު، ޖިމްތަކާއި ސެލޫންތަކާއި ކުޅިވަރު މައިޒާންތައް ހުޅުވާލައި ވިޔަފާރިތައް ހުޅުވައިގެން ޚިދުމަތް ދިނުމަށް ވަނީ ހުއްދަ ދީފައެވެ.

ކޮވިޑް-19

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު