Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19، އިންޑޮނީޝިއާގެ ހާލަތު

ސިއްހީ ޚިދުމަތްތެރިންނަށް ތިން ވަނަ ޑޯޒެއް ދެނީ

ދިނުމަށް ނިންމާފައިވަނީ މޮޑާނާގެ ވެކްސިން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 10 ޖުލައި 2021 | ހޮނިހިރު 08:39
1.47 މިލިއަން ސިއްހީ ޚިދުމަތްތެރިނަށް ކޮވިޑް-19 ވެކްސިނުގެ ތިން ވަނަ ޑޯޒެއް ދިނުމަށް ވަނީ ނިންމާފައި

1.47 މިލިއަން ސިއްހީ ޚިދުމަތްތެރިނަށް ކޮވިޑް-19 ވެކްސިނުގެ ތިން ވަނަ ޑޯޒެއް ދިނުމަށް ވަނީ ނިންމާފައި

އިންޑޮނީޝިއާގެ ފްރަންޓްލައިންގައި މަސައްކަތްކުރާ 1.47 މިލިއަން ސިއްހީ ޚިދުމަތްތެރިނަށް ކޮވިޑް-19 ވެކްސިނުގެ ތިން ވަނަ ޑޯޒެއް ދިނުމަށް ނިންމާފައިވާ ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

އިންޑޮނީޝިއާގައި ކޮވިޑްގެ ކޭސްތައް ގިނަވެފައިވާ މި ދަނޑިވަޅުވައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އެގައުމުގެ ހެލްތް މިނިސްޓަރ، ބޫދީ ގުނާދީ ވިދާޅުވީ ސިއްހީ ޚިދުމަތްތެރިންނަށް ތިން ވަނަ ޑޯޒެއް ދިނުމުގެ ހުއްދަ ދީފައިވާ ކަމަށާ ދިނުމަށް ނިންމާފައިވަނީ މޮޑާނާގެ ވެކްސިން ކަމަށެވެ.

ބޫދީ ވިދާޅުވީ ތިން ވަނަ ޑޯޒް ހަމައެކަނި ސިއްހީ ޚިދުމަތްތެރިންނަށް ދިނުމަށް ނިންމާފައިވަނީ އެއީ ކޮންމެ ދުވަހަކު ވެސް އެތައް ބަލި މީހުންނަކަށް ފަރުވާ ދޭ ބަޔަކަށް ވުމާއެކު ކޮންމެ ދުވަހަކު ވައިރަހުގެ ނުރައްކަލަށް ހުށަހެޅިގެންދާ ބަޔަކަށް ވުމުން ކަމަށެވެ.

މޮޑާނާގެ ވެކްސިނަކީ އެގައުމުގައި ބޭނުން ކުރަމުން އަންނަ ހަތަރު ވެކްސިނުގެ ތެރެއިން އެއް ވެކްސިނެވެ. އެގައުމުގައި ބޭނުން ކުރަމުން އަންނަނީ ޗައިނާގެ ސިނޮވެކް ވެކްސިނާއި، ސިނޮފަރމް ވެކްސިންގެ އިތުރުން އެސްޓްރަޒެނެކާގެ ވެކްސިނާ މޮޑާނާގެ ވެކްސިނެވެ.

އެމެރިކާއިން ވަނީ މޮޑާނާ ވެކްސިންގެ ތިން މިލިއަން ޑޯޒް އިންޑޮނީޝިއާއަށް ދިނުމަށް ނިންމާފައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އިންޑޮނީޝިއާއަށް މި ޝިޕްމެންޓް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ލިބޭނެ ކަމަށް ބެލެވެއެވެ.

އިތުރަށް ކިޔާލަން

12 މާރިޗު 2017

ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ

12 މާރިޗު 2017
ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ
07 މާރިޗު 2017

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި
02 މާރިޗު 2017

މެލްބަންގެ ފެކްޓަރީއެއްގައި ރޯވެ ތިން މީހުން މަރުވެއްޖެ

02 މާރިޗު 2017
މެލްބަންގެ ފެކްޓަރީއެއްގައި ރޯވެ ތިން މީހުން މަރުވެއްޖެ
25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު