Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަކުދިންނަށް ޚިދުމަތްދިނުމުގެ އުސޫލުތައް

ކުޑަކުދިން ކޮވިޑްގެ ހައި ރިސްކަށް: ޚިދުމަތްދޭ އެންމެން ވެކްސިންޖަހަންޖެހޭނެ!

7 ޖުލައި 2021 | ބުދަ 12:17

ކުޑަކުދިން ހައި ރިސްކަށް ލާފައިވަނީ އެކުދިންނަށް ޖެހޭނެ ވެކްސިނެއް އަދި ލިބިފައި ނެތުމުން

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 7 ޖުލައި 2021 | ބުދަ 12:17
ޤުރުއާން ކްލާހެއްގައި ކިޔަވައިދެނީ

ޤުރުއާން ކްލާހެއްގައި ކިޔަވައިދެނީ

ކުޑަކުދިންގެ ޓިއުޝަން ކްލާސްތަކާއި، ޤުރުއާން ކްލާސްތައް އަދި ޑޭ ކެއަރ ސެންޓަރުތަކުން ޚިދުމަތް ދެވޭނީ ހުރިހާ މުއައްޒަފުން ވެކްސިންގެ ޑޯޒް ހަމަކުރުމަށްފަހު ކަމަށް ކަނޑައަޅައިފިއެވެ.

ބުދަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވަނީ މާލެ ސަރަހައްދުން ފެންނަމުންދާ ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް ދަށަށްދާން ފެށުމާ ގުޅިގެން ގިނަ ލުއިތަކެއް ދޭން ނިންމާފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން މާލޭ ސަރަހައްދުގެ ކާފިއު އުވާލުމާއި، ކެފޭ/ރެސްޓޯރެންޓް ހިންގުމުގައި އަމަލުކުރާ އުސޫލަށްވެސް ބޮޑެތި ބަދަލުތަކެއް ވަނީ ގެންނަވާފައެވެ.

Advertisement - newsAdvertisement

މި މޭރުމުން ވާހަކަދައްކަވަމުން މަބްރޫކް ވަނީ ކޮވިޑްގެ ވެކްސިން ލިބި އަދި މިހާރު މެދު ކެނޑުމެއްނެތި ވެކްސިން ޖެހޭނެކަމުގެ ޔަޤީންކަން ލިބުމާއެކު، މި ވެކްސިންގެ ސަބަބުން އާބާދީގެ ބޮޑުބަޔަކަށް ރައްކާތެރިކަން ކަށަވަރުވާނެކަމަށެވެ. އެހެންނަމަވެސް، 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ވެކްސިން ދިނުމުގައި އަދި މިހާތަނަށް ރައްކާތެރި މިންގަނޑެއް ފެނިފައި ނެތުމުން މި ކުދިންނަށް ވެކްސިން ޖެހިފައި ނެތްކަން މަބްރޫކް ފާހަގަކުރެއްވިއެވެ. މި ސަބަބަށްޓަކައި މަބްރޫކް ވަނީ ކުޑަކުދިންނަކީ ބަލީގެ ހައި ރިސްކް ލެވެލްގައި ތިބޭނެ އުމުރުފުރާކަމަށް ވިދާޅުވެފައެވެ.

ކުޑަ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރެވޭނީ ބާކީ ތިބި އެންމެން ރައްކާތެރިކަމުގެ މިންގަނޑުތަކަށް ސަމާލުވެ، އެކަންކަމަށް އަމަލުކޮށް އަދި ވެކްސިންގެ ޑޯޒް ހަމަކޮށްގެންކަމަށް ވިދާޅުވިއެވެ. މި ސަބަބަށްޓަކައި ކުޑަކުދިންނަށް ހިދުމަތްދޭ ޓިއުޝަން ކްލާސްތަކާއި، ޤުރުއާން ކްލާސްތައް އަދި ޑޭ ކެއަރ ސެންޓަރުތަކުން ޚިދުމަތްދޭން ފެށޭނީ އެތަނެއްގެ ހުރިހާ މުއައްޒަފުން ވެކްސިންގެ ޑޯޒް ހަމަކުރުމަށްފަހުކަމަށް ވިދާޅުވިއެވެ. އަދި އެ ސެންޓަރުތައް ހިންގުމަށް ޚާއްސަ އުސޫލެއް ވާކަމަށާއި، އޭގެ ތަފުސީލު ފަހުން އާންމުކުރައްވާނެކަމަށް ވިދާޅުވިއެވެ.

މަބްރޫކް ވަނީ މިއިން އެއްވެސް ސެންޓަރެއްގައި ބިދޭސީ ޓީޗަރަކު ނުވަތަ މުއައްޒަފަކު ބޭރުން އަންނަ ނަމަ މީހުން ދިރިއުޅޭ ގެއެއްގައި ކަރަންޓީން ނުވެވޭނެކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ ފަރާތްތަކުން ކަރަންޓީންވުމަށް އެޗްޕީއޭއިން ވަކި ތަންތަން ހަމަޖައްސައިދޭނެކަމަށްވެސް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ޖޫން 24 ވަނަ ދުވަހު ނިންމާލިއިރު، މިދިޔަ އަހަރާއި މިއަހަރު ވެފައިވަނީ ތަޢުލީމީ ދާއިރާގައި ގިނަ ދަތިތަކަކާއި ކުރިމަތިލާން ޖެހުނު އަހަރަކަށެވެ. ދަރިވަރުންނާއި މުދައްރިސުންނާއި އަދި ބެލެނިވެރިންވެސް މީގެ ކުރިން ތަޖުރިބާ ކުރަން ނުޖެހޭ ފަދަ ކަންކަން ތަޖުރިބާ ކުރަން ޖެހުނު އަހަރަކެވެ. 2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް