Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެއަރ ފްރާންސުން ރާއްޖެއަށް ކުރާ ދަތުރުތައް

އެއަރ ފްރާންސުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ލަންކާއަށް ޖައްސަނީ

މިދަތުރުތައް ރާވާފައި ވަނީ ނޮވެމްބަރުން ފެށިގެން އަންނަ އަހަރުގެ މާޗް މަހަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 5 ޖުލައި 2021 | ހޯމަ 19:53
އެއަރ ފްރާންސް

އެއަރ ފްރާންސް

އެއަރ ފްރާންސުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ލަންކާއަށް ޓްރާންސިޓްވާ ގޮތަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.

ފިނި މޫސުމާ ދިމާކޮށް މިއަހަރުގެ ނޮވެމްބަރު 1ން ފެށިގެން އެއަރ ފްރާންސްގެ ދަތުރުތައް ރާއްޖެއަށް ކުރުމަށް އެ އެއަރލައިނުން ވަނީ ނިންމާފައެވެ. އެގޮތުން ހަފުތާ އަކު ތިން ފަހަރު ފްރާންސްގެ ޕެރިސް ޗާލްސް ދުގުލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ކުރަން ރާވާފައިވާ ދަތުރުތަކުގައި ލަންކާއަށް ޓްރާންސިޓްވާން ވަނީ ނިންމާފައެވެ.

މި އަހަރުގެ ނޮވެމްބަރުން ފެށިގެން އަންނަ އަހަރުގެ މާޗްމަހާ ހަމައަށް ކުރަން ރާވާފައިވާ މިދަތުރުތައް ހަފުތާ އަކު ތިން ދުވަހު ކުރުމަށް ވަނީ ނިންމާފައެވެ. މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުން ކުރާނީ ބޮއިން 787-9 މަރުކާގެ ބޯޓުތަކެވެ.

މިދިޔަ އަހަރުގެ ފިނި މޫސުމާ ދިމާކޮށް ޑިސެމްބަރ 19 ވަނަ ދުވަހުން އެއަރ ފްރާންސްގެ ދަތުރުތައް ރާއްޖެއަށް ކޮށްފައިވާއިރު، ފްރާންސް އަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ 10 ގައުމުގެ ލިސްޓުގެ 9 ވަނަ ގައި އޮތް ގައުމެވެ. އެގައުމުން 10،000ށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި ފިނި މޫސުމާ ދިމާކޮށް ކުރަން ރާވާފައިވާ މި ދަތުރުތަކާއިއެކު މިއަހަރުގެ ތެރޭގައި އެގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެއެވެ.

އެއަރ ފްރާންސް

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ
09 އެޕްރީލު 2017

އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު