Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ފަށަނީ

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ނުޖަހާ ތިބި ފަރާތްތަކަށް އެޕޮއިންޓްމެންޓް އުސޫލުން ދެ ވަނަ ޑޯޒް ޖަހަން ފަށަނީ

ފެބްރުއަރީ މަހު ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ޖުލައި މަހުގެ 4 ވަނަ ދުވަހު ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދުމަށް އެޗްޕީއޭއިން ގުޅަމުން ގެންދާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 3 ޖުލައި 2021 | ހޮނިހިރު 18:40
ކޮވިޝީލްޑް ވެކްސިން

ކޮވިޝީލްޑް ވެކްސިން

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުގެ ތެރެއިން ދެ ވަނަ ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް އެޕޮއިންޓްމަންޓް ދީގެން، ޖުލައި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ވެކްސިން ޖަހަންފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ދެމުންގެންދާނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން، ކުރިން ޖެހި މީހުންނަށް އިސްކަންދީގެން ކަމަށެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ޖުލައި މަހުގެ 4 ވަނަ ދުވަހު ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދުމަށް އެޗްޕީއޭއިން ގުޅަމުން ގެންދާނެކަމަށެވެ. އެޕޮއިންޓްމަންޓް ލިބޭ ހުރިހާ ފަރާތްތަކުންވެސް ކަނޑައެޅިފައިވާ ސެންޓަރަށް ގަޑިއަށް އައުމަށް ސަމާލުކަންދިނުމަށް ވަނީ އެޗްޕީއޭއިން އިލްތިމާސްކޮށްފައެވެ.

Advertisement - newsAdvertisement

މީގެއިތުރުން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް މިފަހަރު ޖަހަން ހަމަޖެހިފައިވަނީ ހަމައެކަނި އެޕޮއިންޓްމަންޓް ހައްދައިގެން ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ވެކްސިން ޖަހަން ދާ ފަރާތްތަކުން އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިޔުމަށާއި ވެކްސިން ކާޑު ގެންދިޔުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން ބަލީގެ އެއްވެސް އަލާމާތެއް ނެތުމާއި، އަދި ކަރަންޓީނުގައި ހުރި މީހަކަށް ނުވުމާއި، ގަޔަށް ދޫ، ފަސޭހައިން ވެކްސިން ޖަހާތަން ދެއްކޭނެ ހެދުމެއް ލުމާއި، ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމަށްވެސް އެޗްޕީއޭއިން އިރުޝާދު ދީފައިވެއެވެ. ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިޔުމާއި އަދި އެކުގައި އެކަކަށްވުރެ ގިނަ މީހުން ނުގެންދިޔުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ޖޫން މަހުގެ 3 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއަށް ލިބެންޖެހޭ ކޮވިޝީލްޑް ވެކްސިނާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެފައިވަނީ އިންޑިޔާގެ ސެރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ގެނައުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ލިބެންޖެހޭ އެއް ލައްކަ ޑޯޒް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ. އޭގެފަހުން ޖޫން މަހުގެ 29 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ ވިދާޅުވެފައިވަނީ ވެކްސިން ޑޯޒްތައް ލިބޭނެ ސީދާ ވަކި ދުވަހެއް ދަންނަވަން ނޭނގުނު ނަމަވެސް މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު ޖުލައި މަހުގެ 12ވަނަ ދުވަހާ 20ވަނަ ދުވަހާ ދޭތެރޭ އެސްޓްރަޒެނިކާ ވެކްސިންގެ އެކަށީގެންވާ އަދަދެއްގެ ޑޯޒް ލިބޭނެ ކަމަށެވެ. އެގޮތުން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒްގެ ބާރަ ހާހެއްހާ ޑޯޒް ލިބޭނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ރާއްޖޭގައި ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ފެށިއިރު ޖަހަން ފަށާފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ. ވެކްސިން ޖަހަން ފެށިއިރު ރާއްޖެއަށް ލިބިފައިވަނީ ކޮވިޝީލްޑް ވެކްސިންގެ 1 ލައްކަ ޑޯޒެވެ. އިންޑިޔާއިން ކޮވިޝީލްޑް ވެކްސިންގެ އިތުރު 1 ލައްކަ ޑޯޒް ހަދިޔާކުރީ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

އިންޑިއާގެ ސިރަމް އިންސިޓިޓިއުޓްއިން ކޮވިޝީލްޑް ވެކްސިންގެ 300،000 ލައްކަ ޑޯޒް ގަތުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ވެކްސިންގެ 100،000 ޑޯޒު ރާއްޖެ ގެނައީ މަރޗް މަހުގެ 29 ވަނަ ދުވަހުއެވެ.

ކޮވިޝީލްޑް ވެކްސިން ލިބުމުގައި ދިމާވި ދަތިތަކުގެ ސަބަބުން މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން މާލޭގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ކޮވިޝީލްޑް ވެކްސިން ލިބުމުގައި ދަތިތައް ދިމާވީ އިންޑިޔާއިން މާޗް މަހުގެ ފަހުކޮޅު އެހެން ގައުމުތަކަށް ވެކްސިން އެކްސްޕޯޓް ކުރުން މެދުކަނޑާލުމުންނެވެ. އެގައުމުގެ ވެކްސިނޭޝަން ޕްރޮގްރާމްގެ ސްޕީޑް ދަށްވެ ކޭސްތައް އަތްނުފޯރާ ހިސާބަށް ދާންފެށުމުން ވެކްސިން އެހެން ގައުމުތަކަށް އެކްސްޕޯޓްކުރުން މެދުކަނޑާލިއެވެ.

މިކަމުގައި ބައިނަލްއަގްވަމީ މަޝްރަހުން ލިބެމުންދާ ރިޕޯޓްތަކަށް ބަލާލާއިރު ދެ އޮފިޝަލަކާ ހަވާލާދީ ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވަނީ އިންޑިޔާއިން އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދެވޭނެ ތާރީޚެއް ބިނާވާނީ އެގައުމުގައި ކޮވިޑްގެ ހާލަތު ރަނގަޅުވަމުން އަންނަ އަވަސް ލަސްމިނެއްގެ މައްޗަށްކަމަށެވެ. އިންޑިޔާގައި އެންމެފުޅާ ދާއިރާއެއްގައި ވެކްސިން އުފައްދަމުން އަންނަ ސެރަމް އިންސްޓިޓިއުޓްގެ ސްޕޯކްސްމަން ބުނެފައިވަނީ މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އިންޑިޔާއަށް ވެކްސިން ފޯރުކޮށްދިނުމަށް ކަމަށެވެ. އެހެން ގައުމުތަކަށް ވެކްސިން އެންމެ އަވަހަށްވެސް ފޯރުކޮށްދޭން ފެށޭވަރުވާނީ ޖޫން މަހުގައި ކަމަށް ވަނީ ބުނެފައެވެ.

ބެލެވޭ ގޮތުގައި ރާއްޖޭގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ނުޖަހާ ލައްކައެއްހާ މީހުން ތިބޭނެއެވެ. ރާއްޖޭގައި ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ އެއްލައްކަ ނުވަދިހަހާށް އަރާފައެވެ.

ކޮވިޑް-19ކޮވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު