Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2020

ކުއާޓާ ފައިނަލް - ޔޫކްރޭނާއި އިންގްލެންޑުގެ ކުރިމަތިލުން

ކުއާޓާއަށް ޔޫކްރޭން ދަތުރުކުރީ ސްވިޑެން ބަލިކުރުމަށްފަހު

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 3 ޖުލައި 2021 | ހޮނިހިރު 09:27
ޔޫކްރޭން މެޗުގެ ކުރިން އިންގްލެންޑުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫކްރޭން މެޗުގެ ކުރިން އިންގްލެންޑުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫރޯ 2020 ގެ ކުއާޓާ ފައިނަލުގައި ޔޫކްރޭނާއި އިންގްލެންޑް ބައްދަލުކުރާއިރު، މި ދެ ޓީމަށްވެސް މިހާތަނަށް ޔޫރޯ ކާމިޔާބުކުރެވިފައެއް ނުވެއެވެ.

މި މުބާރާތުގެ ކުއާޓާއަށް ޔޫކްރޭން ދަތުރުކުރީ އިތުރު ވަގުތު ކުޅެ 2-1 ގެ ނަތީޖާއަކުން ސްވިޑެން ބަލިކުރުމަށްފަހުއެވެ. އަދި އިންގްލެންޑް ކުއާޓާގެ ޖާގައެއް ކަށަވަރުކުރީ ވަރުގަދަ ޖަރުމަން 2-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުއެވެ. މި މެޗުގެ ކުރިން ބޮޑު މުބާރާތެއްގެ ނޮކައުޓް ބުރުގައި ޖަރުމަން އަތުން އިންގްލެންޑް މޮޅުވީ މީގެ 55 އަހަރު ކުރިން 1966 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލުގައެވެ.

ޔޫކްރޭނުން 1996 ވަނަ އަހަރު މުޅިން އަލަށް މި މުބާރާތުގެ ކުއާޓާގައި ކުޅުނުއިރު، އެ އަހަރުގެ ކުއާޓާ ފައިނަލުގައިވެސް ބައްދަލުކުރަން ޖެހުނީ އިންގްލެންޑާއެވެ. އެކަމަކު އެ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށްށް ޔޫކްރޭން ދިޔުމުގެ އުއްމީދަށް އިންގްލެންޑުން ވަނީ ހުރަސްއަޅާފައެވެ.

މީގެ އިތުރުން އިންގްލެންޑް ފާހަގަކޮށްލެވެނީ ކޮންމެ ޔޫރޯއަކަށްވެސް ވަރުގަދަ ސްކޮޑަކާއެކު ނުކުންނަ ޓީމެއްގެ ގޮތުގައެވެ. އެކަމަކު އެ ސްކޮޑާއެކު "އިޓްސް ކަމިން ހޯމް" އޭ ކިޔުން ނޫން ކަމެއް އިންގްލެންޑަށް ވެފައެއް ނެތެވެ. ނަމަވެސް ގެރެތު ސައުތު ގޭޓުގެ އިރުޝާދާއެކު އިންގްލެންޑުން މި އަހަރު ކާމިޔާބު ހޯދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ޔޫކްރޭން މެޗުގެ ކުރިން ވާހަކަ ދައްކަމުން އިންގްލެންޑުގެ ކޯޗު ގެރެތު ސައުތުގޭޓް ބުނީ މި މެޗަށް ނުކުންނައިރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އިންގްލެންޑުގެ ސްކޮޑު ވަރުގަދަވުން ކަމަށާއި، އަދި އަނިޔާގެ މައްސަލައެއްވެސް ޓީމުގައި ނެތް ކަމަށެވެ. ނަމަވެސް މި މެޗުގައި ފުރަތަމަ އެގާރައިން ބަދަލުތަކެއް ފެނިގެން ގޮސްދާނެ ކަމަށްވެސް ބުންޏެވެ. އަދި ޔޫކްރޭން މެޗު ފަސޭހަކޮށްލުން އެއީ އިންގްލެންޑަށް ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށްވެސް ސައުތުގޭޓް ވަނީ ބުނެފައެވެ.

ޔޫކްރޭންގެ ކޯޗު އެންޑްރީ ޝެވްޗެންކޯ ބުނީ މި މުބާރާތަކީ ޔޫކްރޭނަށް ކާމިޔާބު މުބާރާތެއް ކަމަށް ބުނެވިދާނެ ކަމަށާއި، އެކަމަކު އަދިވެސް ޔޫކްރޭންގެ އަމާޒަށް ވާސިލުނުވެވޭ ކަމަށެވެ. އަދި އެ ޓީމުގެ އަމާޒަކީ އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މި މުބާރާތުގެ ސެމީން ޖާގަ ހޯދުން ކަމަށްވެސް ބުންޏެވެ. އިންގްލެންޑާ ބެހޭ ގޮތުން ޝެވްޗެންކޯ ބުނީ އެ ޓީމަކީ ކިހާ ފެންވަރެއްގެ ޓީމެއްކަން އެނގޭ ކަމަށާއި، އެކަމަކު އިންގްލެންޑަކީ ބަލި ނުކުރެވޭ ފެންވަރުގެ ޓީމެއް ނޫން ކަމަށެވެ.

ޔޫރޯ 2020 ގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާ ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ހެޑް އޮފް ސްޕޯޓްސް ހުސެއިން ފަރިޔާޒެވެ. ފަރިޔާޒާއެކު އެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ މުޙައްމަދު ޝިޔާޒް (މޯހަން) އާއި އިހުސާން އަބްދުލް ޣަނީ (ސާންތި) އެވެ.

ޔޫކްރޭނާއި އިންގްލެންޑް ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 00:00 ގައެވެ.

ޔުއެފާ ޔޫރޯޔޫރޯ 2020ޔޫކްރޭންއިންގްލެންޑް

ކޮމެންޓް

އިތުރަށް ކިޔާލަން

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
ޔޫކްރެއިނުގެ ޓީމު އިންގްލޭންޑަށް ދިއުމަށް 8 ދުވަސް، 450 މޭލުގެ ދަތުރެއް

ޔޫކްރެއިނުގެ ޓީމު އިންގްލޭންޑަށް ދިއުމަށް 8 ދުވަސް، 450 މޭލުގެ ދަތުރެއް

26 މާރިޗު 2023
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު