Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްނަބީލާ ޖަމީލާ އިބްރާހީމް ދީދީ

އައްނަބީލާ ޖަމީލާ އިބްރާހީމް ދީދީ އަވަހާރަވެއްޖެ

1 ޖުލައި 2021 | ބުރާސްފަތި 02:36

އަވަހާރަވީ، ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގިތެއްގައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 1 ޖުލައި 2021 | ބުރާސްފަތި 02:36
އައްނަބީލާ ޖަމީލާ އިބްރާހީމް ދީދީ

އައްނަބީލާ ޖަމީލާ އިބްރާހީމް ދީދީ

އައްނަބީލާ ޖަމީލާ އިބްރާހީމް ދީދީ އަވަހާރަވެއްޖެއެވެ.

އެކަމަނާ އަވަހާރަވީ ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދަނިކޮށް ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. އެކަމަނާއަކީ ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް ފަޟީލަތުއްޝައިޚް އަހުމަދު ޝާތިރުގެ އަނބިކަނބަލުންނެވެ.

Advertisement - newsAdvertisement

ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް އެކަމަނާ އަވަހާރަވީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އަވަހާރަވިއިރު އުމުރުފުޅަކީ 91 އަހަރު ފުޅެވެ.

އެކަމަނާއަކީ ރާއްޖޭގެ ބޮޑުވަޒީރުކަން ކުރެއްވި އެއްގަމުގޭ ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ދަރިކަލެކެވެ. އެކަމަނާގެ މަންމާފުޅަކީ ހާޖީ އިމާދުއްދީންގެ ދަރިކަނބަލެކެވެ.

އެގޮތުން ބަލާއިރު އެކަމަނާގެ ބައްޕާފުޅަކީ ދިވެހިރާއްޖޭގެ ބޮޑުވަޒީރު ކަން ކުރައްވައި، ވަލީ ކޮމެޓީ ރައީސް ކަން ކުރެއްވި، ސުމުއްވުލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނެވެ.

އެކަމަނާގެ މައި ކަނބަލަކީ ސައްޔިދު ދަރިކޮޅަކުން 1800ގެ ތެރޭގައި ރާއްޖެވަޑައިގެންނެވި، ފުރަމާލޭ ކަޅުހުރާގޭ ސައްޔިދު ދަރިކޮޅުގެ ސައްޔިދު ޢަބްދުﷲ ދޮށީސީދީގެ، ދޮންސީދީގެ ދަރިކަނބަލުން، ސިއްތިގޮމާއެވެ.

އެކަމަނާ ހިމެނިވަޑައިގަތީ އަންހެން ކުދިންނަށް އަމާޒުކޮށްގެން ރާއްޖޭގައި ވުޖޫދު ކުރި ފުރަތަމަ ސްކޫލް ކަމަށްވާ މަދަރަސަތުލް ސަނިއްޔާގެ ފުރަތަމަ ދަރިވަރުންގެ ތެރޭގައެވެ. އޭގެ ފަހުން ސުމުއްވުލް އަމީރު މުހައްމަދު އަމީންގެ ދައުރުގައި ސްރީލަންކާއަށް ވަޑައިގެން މަތީ ތައުލީމުވެސް ހާސިލުކުރެއްވިއެވެ. ރާއްޖޭގެ ފުރަތަމަ ގައިޑުންގެ ތެރޭގައިވެސް އެކަމަނާ ހިމެނިވަޑައިގަންނަވައެވެެ.

އެކަމަނާ ފަންނުވެރިކަމަށް ލޯބި ކުރައްވައެވެ. ލަވަ ވިދާޅުވުމާއި، ޕިއާނޯ ކުޅުއްވައިވެސް އުޅުއްވިއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

10 މެއި 2017

އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާ ވާދަކުރައްވައި، ޖޭއެސްސީއަށް ހައި ކޯޓުގެ ފަނޑިޔާރު ރައޫފް!

10 މެއި 2017
އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާ ވާދަކުރައްވައި، ޖޭއެސްސީއަށް ހައި ކޯޓުގެ ފަނޑިޔާރު ރައޫފް!
06 އެޕްރީލު 2017

ކޯޓު އަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކޮށްފި

06 އެޕްރީލު 2017
ކޯޓު އަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކޮށްފި
25 މާރިޗު 2017

ސަރުކާރަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ކދ އަހުމަދު މަނިކު އަވަހާރަވެއްޖެ

25 މާރިޗު 2017
ސަރުކާރަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ކދ އަހުމަދު މަނިކު އަވަހާރަވެއްޖެ
06 މާރިޗު 2017

މައިޒާން އިބްރާހިމް މަނިކު އަވަހާރަވެއްޖެ

06 މާރިޗު 2017
މައިޒާން އިބްރާހިމް މަނިކު އަވަހާރަވެއްޖެ
20 ފެބުރުއަރީ 2017

އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި

20 ފެބުރުއަރީ 2017
އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
05 ފެބުރުއަރީ 2017

އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް

05 ފެބުރުއަރީ 2017
އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ތަރިކަ: އައްނަބީލް އިބްރާހީމް ހަބީބް

02 ފެބުރުއަރީ 2017
ތަރިކަ: އައްނަބީލް އިބްރާހީމް ހަބީބް
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް