Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ގަދަ 16 - އިންގްލެންޑާއި ޖަރުމަނުގެ ކުރިމަތިލުން

ޖަރުމަން ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް އެފް ގެ ދެވަނަ ޓީމުގެ ގޮތުގައި

އަތޫފް އާތިފް
އަތޫފް އާތިފް | 29 ޖޫން 2021 | އަންގާރަ 10:26
ޖަރުމަން މެޗުގެ ކުރިން އިންގްލެންޑުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޖަރުމަން މެޗުގެ ކުރިން އިންގްލެންޑުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫރޯ 2020 ގެ ދެވަނަ ބުރުގައި އެންމެ ފޯރިގަދަވާނެ އެއް މެޗަކީ އިންގްލެންޑާއި ޖަރުމަނުގެ ކުރިމަތިލުމެވެ. ބޮޑު ދެ ޓީމުގެ ކުރިމަތިލުމަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނައިރު، މި މެޗާ ކުރިމަތިލާއިރު ދެޓީމުވެސް އޮތީ ރަނގަޅު ފޯމެއްގައެވެ. ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި މި މެޗު ކުޅޭއިރު، އިންގްލެންޑަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީވެސް އަމިއްލަ ގައުމުގައި މި މެޗު ކުޅެން ޖެހުމެވެ.

މި ފަހަރުގެ ޔޫރޯގެ ދެވަނަ ބުރުގައި އިންގްލެންޑް ވާދަކުރާއިރު، އިންގްލެންޑް ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ޑީ ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ކްރޮއޭޝިއާ އަތުން އިންގްލެންޑް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. ދެވަނަ މެޗުން ސްކޮޓްލެންޑާ ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް، ފަހު މެޗުގައި ޗެކް ރިޕަބްލިކް އަތުން ވަނީ 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މީގެ އިތުރުން ޖަރުމަން ދެވަނަ ބުރަށް ދަތުރުކުރީ މަރުގެ ގްރޫޕް ކަމަށްވާ ގްރޫޕް އެފް ގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ފްރާންސް އަތުން 1-0 ގެ ނަތީޖާއަކުން ޖަރުމަން ބަލިވި ނަމަވެސް، ދެވަނަ މެޗުގައި ވަނީ ޕޯޗުގަލް އަތުން 4-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ފަހު މެޗުގައި ވަނީ ހަންގޭރީއާ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

ޖަރުމަން މެޗުގެ ކުރިން އިންގްލެންޑުގެ ކޯޗު ގެރެތު ސައުތުގޭޓު ބުނީ މި މެޗަކީ މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ބަލާ ދެ ޓީމުގެ ކުރިމަތިލުމެއް ކަމަށާއި، އަދި މި މެޗަށް އިންގްލެންޑް ނުކުންނަނީ މާޒީ ބަދަލުކުރަން ކަމަށެވެ. ސައުތުގޭޓު ބުނީ އިންގްލެންޑަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ލަނޑު ޖެހުމުގެ މައްސަލަ ކަމަށާއި، އެކަމަކު ސްކޮޑުގައި ތިބި ކުޅުންތެރިންގެ ބޭނުން ހިފައި، އެ މައްސަލަ ހައްލުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ޖަރުމަނުގެ ކޯޗު ޔޮހައިމް ލޯ ބުނީ މިއީ ހަމަހަމަ ކުޅުންތެރިންތަކެއް ތިބި ދެ ޓީމެއްގެ ކުރިމަތިލުމެއް ކަމަށާއި، އެކަމަކު އިންގްލެންޑްގެ ބަލި ފައިތައް ޖަރުމަނުގެ ކުޅުންތެރިންނަށް އެނގޭނެ ކަމަށެވެ. އަދި އެ ބަލި ފައިތަކުގެ ބޭނުންހިފައި، މި މެޗުން މޮޅުވާން ކުޅުންތެރިން ތިބީ ކެތްމަދުވެފައި ކަމަށްވެސް ލޯ ބުންޏެވެ.

ޔޫރޯ 2020 ގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާ ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ 20:00 ގައި ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ހެޑް އޮފް ސްޕޯޓްސް ހުސެއިން ފަރިޔާޒެވެ. ފަރިޔާޒާއެކު އެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ މުޙައްމަދު ޝިޔާޒް (މޯހަން) އާއި މައުރޫފް އަޙްމަދު (މާއްޓޭ) އެވެ.

އިންގްލެންޑާއި ޖަރުމަން ބައްދަލުކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ޓީސީ އަދި މަނަންގްގެ ކުރިމަތިލުން: ދެ ކޯޗުންގެ ފަހު ބަހަކީ ކޮބާ؟

27 ފެބުރުއަރީ 2017
ޓީސީ އަދި މަނަންގްގެ ކުރިމަތިލުން: ދެ ކޯޗުންގެ ފަހު ބަހަކީ ކޮބާ؟
21 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި
14 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު