Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަންހެނުން ޚިތާނުކުރުމުގެ މައްސަލަ

އަންހެނުން ޚިތާނުކުރުމަކީ ހިތްވަރުދޭކަމެއްނޫން، ދެއްކި ވާހަކައިން ރަނގަޅުނޫން ތަސައްވުރެއް ލިބޭނަމަ މަޢާފަށްއެދެން: ޑރ. ޢިޔާޒު

އަންހެނުން ޚިތާނު ކުރުމަކީ އެއްވެސް އިރެއްގައި އެކަމަށް ވަކާލާތުކުރެއްވި، އަދި ވަކާލާތުކުރައްވާ، އަދި ވަކާލާތުކުރައްވާނެ ވެސް ކަމެއް ނޫންކަމަށް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 28 ޖޫން 2021 | ހޯމަ 15:41
ޑރ. މުޙައްމަދު ޢިޔާޒު

ޑރ. މުޙައްމަދު ޢިޔާޒު

އަންހެނުން ޚިތާނުކުރުމުގެ މައްސަލައާ ގުޅޭގޮތުން ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޒު ކުރެއްވި ޓްވީޓްގެ މައްސަލަ ހޫނުވެފައިވަނިކޮށް، އެކަމާގުޅޭގޮތުން ދެއްކެވި ވާހަކައިގެ ސަބަބުން އިސްލާމްދީނަކީ އަންހެނުންގެ ހައްގުތަކަށް އަރައިގަންނަ، ނުވަތަ އަނިޔާވެރިވުމަށް ގޮވާލާ ދީނެއްކަމުގެ ރަނގަޅުނޫން ތަސައްވުރެއް ބަޔަކަށް ލިބިފައިވާނަމަ އެކަމަށް ދިވެހި ލޮބުވެތި ރައްޔިތުންގެ އަރިހުން މައާފަށް އެދިވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ އެސިސްޓެންޓް ޕްރޮފެސަރއެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވަމުން ގެންދަވާ ޑރ. ޢިޔާޒު، މިމައްސަލައާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅާ ގުޅިގެން ގިނަ ބަޔަކު ވަނީ ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. އަދި އެކަން ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ މެދުވެރިކޮށް ބެލުމަށް އެދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއީލް އަޙުމަދު ނަސީމް ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

Advertisement - newsAdvertisement

މިހުރިހާ ކަމަކާ ގުޅިގެން ޑރ. ޢިޔާޒު ވަނީ ބަޔާނެއް ނެރުއްވާފައެވެ. އެބަޔާނުގައި ވަނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ނަފްރަތުގެ ޢަމަލުތައް ހުއްޓުވުމުގެ ނަމުގައި އިސްލާމް ދީނާ ޚިލާފް ބިލެއް ވައްދައި، އެބިލާމެދު ރާއްޖޭގެ ރައްޔިތުންނާއި ޢިލްމުވެރިން އަޑުހަރުކޮށް ދެކޮޅުހަދަމުން ދާ ދަނޑިވަޅެއްގައި، އެމަނިކުފާނު ކުރެއްވި ޓްވީޓަކާ ގުޅުވައިގެން މަދު ބަޔަކު އެމަނިކުފާނާ މެދު ނަފްރަތު އުފައްދަމުންދާތީ، އަންހެނުން ޚިތާނު ކުރުމަކީ އެއްވެސް އިރެއްގައި އެމަނިކުފާނު އެކަމަށް ވަކާލާތުކުރެއްވި، އަދި ވަކާލާތުކުރައްވާ، އަދި ވަކާލާތުކުރައްވާނެ ވެސް ކަމެއް ނޫންކަމަށެވެ. އަދިއެއީ ރާއްޖެއިން ނެތިގޮސްފައިވާ އާދައެއްކަމުގައި ބެލެވޭއިރު، އެ އާދަ އަނބުރާ އިއާދަކުރުމަށް އެއްވެސް މިންވަރަކަށް ވަކާލާތު ނުކުރައްވާ ކަމަށެވެ.

ޢިލްމީ ގޮތުން މި މައްސަލަ ދިރާސާކޮށް ވަކި ފަރުދަކަށް މި ކަމަކީ ޙަރާމް ކަމެއްކަމަށް އިޖްތިހާދު ކުރެވިއްޖެ ހިނދެއްގައި އެ ރައުޔު އެގޮތަށް ހާމަކުރެވިދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދުނިޔޭގެ ބައެއް ގައުމުތަކުގައި އަންހެނުން ޚިތާނުކުރުމުގެ ނަމުގައި އަންހެނުންނަށް ލާއިންސާނީ އަނިޔާތައް ދޭކަމަށާއި މިގޮތުން އަންހެނުނަށް ދޭ އަނިޔާއަކީ ކަނޑައެޅިގެން ޙަރާމް، އަދި އިސްލާމީ އެއްވެސް އަސްލެއް އޮތްކަމެއް ނޫންކަމަށް ވިދާޅުވެފައިވެއެވެ.

ނަމަވެސް ވަކި ފަރުދެއްގެ އިޖްތިހާދުގައި އަންހެނުން ޚިތާނުކުރުމުގެ ހުރިހައި ބާވަތެއް ޙަރާމްކަމަކަށްވުމަކީ، އިސްލާމީ އުންމަތުގެ ކުރިއާ މިހާރުގެ ގިނަ ޢިލްމުވެރިންގެ އިޖްތިހާދު އެކަށް ބާތިލުވެ އެއްވެސް ބުރަދަނެއް ނެތް އިޖްތިހާދަކަށް ވެގެންދާނެކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. މި މައްސަލައަކީ ދިވެހިރާއްޖޭގައި ނެތް މައްސަލައަކަށްވެފައި، އިސްލާމް ދީނުގެ މުހިންމު ގިނަ މައްސަލަތަކެއް ހުރިއިރު، އަދި ރާއްޖޭގެ މައްޗަށް ލާދީނިއްޔަތުގެ ނުރައްކާތެރި ވިލާގަނޑެއް ނަގާފައިވާ މި ދަނޑިވަޅުގައި މިމައްސަލައިގެ މައްޗަށް ގިނަ ބަހުސްތަކެއް ކުރުމުގެ އެއްވެސް ފައިދާއެއްނެތްކަމަށް ވަނީ ވިދާޅުވެފައެވެ.

އެފަދައިން ބުނާ ފަރާތްތައް މާތްﷲ އަށް ތަޤުވާވެރިވެ، ޢިލްމީ އަމާނާތަށް ރައްކާތެރިވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ. އަދި އިސްލާމް ދީނަކީ ހުރިހައި އިންސާނުންގެ ޙައްޤު ދެއްވި، އަދި އެ ޙައްޤުތައް އެންމެ ފުރިހަމައަށް ރައްކާތެރިކޮށްދެއްވާ ދީން ކަމަށާއި، ލާދީނީ ފަރާތްތަކާއި މުލްޙިދުން އަބަދުމެ ކުރަމުން އަންނަ މަސައްކަތަކީ އިސްލާމްދީނަކީ އަނިޔާވެރި ލާއިންސާނީދީނެއްގެ ގޮތުގައި ސިފަކޮށް، މީހުން އިސްލާމް ދީން މަތިން ފޫހިކުރުވައި، އިސްލާމްދީނާމެދު ނަފްރަތާއި ޢަދާވާތްތެރިކަން އުފެއްދުމުގެ މަސައްކަތް ކަމަށް ވަނީ ވިދާޅުވެފައެވެ.

އަންހެން ކުދިން ޚިތާނުކުރުމުގެ ސަގާފަތް އަލުން ރާއްޖޭގައި އާލާވަމުން އަންނަކަން ދިރާސާތަކުން ދައްކާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ވަނީ ބުނެފައެވެ. ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްއާރްސީއެމް ކޮމިޝަނަރު ޝިފާތު ޢަބްދުއްރައްޒާޤް ވިދާޅުވީ އަނެއްކާ ވެސް ރާއްޖޭގައި އަންހެން ކުދިން ޚިތާނުކުރުމާއި، އެކަމަށް ހިތްވަރު ދިނުން އިތުރުވަމުން އަންނަކަން ދިރާސާތަކުން ދައްކާ ކަމަށެވެ.

ރާއްޖޭގައި އަންހެނުން ޚިތާނުކުރުމަކީ ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތް ފަށާފައިވާކަމަށް އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްޢަތު މިދިޔަ ނޮވެމްބަރު މަހު ވަނީ ވިދާޅުވެފަ އެވެ. ރާއްޖޭގެ ކޮންމެ 10 އަންހެނަކުން އެކަކު ޚިތާނުކޮށްފައިވާކަމަށް ޔުނިސެފުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް

08 މާރިޗު 2017
އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް
08 މާރިޗު 2017

އިސްލާހީ މަސައްކަތުގެ ކުރީ ސަފުގައި ތިއްބެވީ އަންހެނުން: މާރިއާ

08 މާރިޗު 2017
އިސްލާހީ މަސައްކަތުގެ ކުރީ ސަފުގައި ތިއްބެވީ އަންހެނުން: މާރިއާ
06 މާރިޗު 2017

ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ

06 މާރިޗު 2017
ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ
25 ފެބުރުއަރީ 2017

ކައުންސިލަރަކާ ހަވާލުކޮށް މީރާ އަށް ފޮނުވި ފައިސާކޮޅު ނުދެއްކި

25 ފެބުރުއަރީ 2017
ކައުންސިލަރަކާ ހަވާލުކޮށް މީރާ އަށް ފޮނުވި ފައިސާކޮޅު ނުދެއްކި
24 ފެބުރުއަރީ 2017

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2017
އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު