Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްރޮފެޝަނަލް އެވޯޑް

ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް

އެވޯޑަށް ނޮމިނޭޝަންސް ހުށަހެޅުމުގެ މުއްދަތަކީ 25 ފެބްރުއަރީ އިން 30 މޭއި ގެ ނިޔަލަށް

ޖުމާނާ ތައުފީގު
ޖުމާނާ ތައުފީގު | 23 ފެބުރުއަރީ 2017 | ބުރާސްފަތި 11:23
ޕްރޮފެޝަނަލް އެވޯޑް ލޯންޗު ކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން

ޕްރޮފެޝަނަލް އެވޯޑް ލޯންޗު ކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން

އެކި ދާއިރާތަކުގައި ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާ އަންހެނުންނަށް އަމާޒުކޮށްގެން ސްރީ ލަންކާގައި 2011 އިން ފެށިގެން ކޮންމެ އަހަރަކު ވެސް ދެމުންގެންދާ "ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެންސް އެވޯޑު" އަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް ވެސް ހުޅުވާލައިފިއެވެ.

ސްރީލަންކާގެ އަންހެނުން ބާރުވެރިކުރުވުމުގެ މަސައްކަތްކުރާ ޖަމިއްޔާ "ވިމެން އިން މެނޭޖްމެންޓް" އާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) ގުޅިގެން ދޭ މި އެވޯޑަށް ނޮމިނޭޝަންސް ހުށައެޅުމުގެ ފުރުސަތު މިއަހަރުގެ 30 މޭ ގެ ނިއަލަށް މިވަނީ ހުޅުވާލާފައެވެ. ޖުލައި 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އެވޯޑު ހަފުލާގައި ތަފާތު ދާއިރާތަކުގެ ތެރެއިން ފާހަގަކުރެވޭ ޕްރޮފެޝަނަލް 50 އަންހެނުންނަށް މި އެވޯދް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި އެވޯޑް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު ޒާހިޔާ ޒަރީރު ވިދާޅުވީ، މި އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް ލިބުމަކީ، އަވަށްޓެރި ޤައުމުތަކުގެ މެދުގައި އޮންނަ އެކުވެރިކަމާއި ވާދަވެރިކަން އުފެއްދުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.

އަންހެނުން ބާރުވެރިކުރުމުގެ ގޮތުން ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްކުރަމުންދާ މި ޖަމިއްޔާގެ ފަރާތުން މިހާރު ދަނީ އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް އުފެއްދުމަށް ވެސް މަސައްކަތްތަކެއް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު