Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފިލިޕީންސްގައި ވެކްސިންޖެހުން އިތުރުކުރުން

ފިލިޕީންސްގެ ރައީސްގެ އައު އިންޒާރު - ވެކްސިން ނުޖަހަންޏާ އިންޑިއާއަށްދޭ!

26 ޖޫން 2021 | ހޮނިހިރު 16:53

ފިލިޕީންސްގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށާފައިވަނީ މާޗް މަހު

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 26 ޖޫން 2021 | ހޮނިހިރު 16:53
ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާރްޓޭ

ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާރްޓޭ

ވެކްސިން ޖަހަން ދެކޮޅު ހަދާނަމަ އިންޑިއާއަށް ދިއުމަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާރްޓޭ ގޮވާލައިިފިއެވެ.

ކޮވިޑް-19ގެ އެންމެ ނުރައްކާތެރި އެއް ވޭރިއަންޓް ކަމުގައިވާ ޑެލްޓާ ވޭރިއަންޓްގެ ކޭސްތައް ފިލިޕީންސްގައި މިހާރު ދަނީ ބާރު ދުވެލީގައި ފެތުރެމުންންނެވެ. މިކަން ކޮންޓްރޯލްކުރުމަށް ފިލިޕީންސް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމާފައެވެ. އެގޮތުން ބޯޑަރު ކޮންޓްރޯލްކޮށްފައިވާއިރު، ގަދަ ބާރުން ވެކްސިން ޖެހާނެކަމުގެ އިންޒާރުވެސް އެތައް ފަހަރެއްގެ މަތިން ވަނީ ދީފައެވެ.

މީގެ ކުރިން ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ވަނީ ކޮވިޑް ވެކްސިން ޖެހުމަށް އިންކާރުކުރާ މީހުން ޖަލަށް ލާނެކަމުގެ އިންޒާރު އެގައުމުގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި ލޮކްޑައުންގެ އުސޫލުތަކާ ޚިލާފުވާ މީހުންގެ ގަޔަށް ބަޑިޖަހާނެކަމުގެ އިންޒާރުވެސް ވަނީ ދެއްވާފައެވެ.

ފިލިޕީންސްގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށާފައިވަނީ މާޗް މަހުއެވެ. ނަމަވެސް ވެކްސިން ޖަހަންދާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ޑުޓާޓޭ ވިދާޅުވީ ރައްޔިތުން ބޯހަރީކަމަށެވެ. މިއިންޒާރު ދެއްވާފައިވާއިރު ލޮކްޑައުންގެ އުސޫލުތަކާއި ޚިލާފުވާ މީހުންގެ ގަޔަށް ބަޑިޖަހަމުންދާ ކަމުގެ ވާހަކަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.

އަދަދުތަކަށް އެދެވޭ ބަދަލުތަކެއް އަންނަތަން ނުފެނުމުން ފިލިޕީންސްގެ ރައީސް ކޯފާ އިސްކުރައްވާ އަނެއްކާވެސް ރައްޔިތުންނަށް މިވަނީ އިންޒާރުދެއްވާފައެވެ. އެގޮތުން މިފަހަރު ޑުޓާޓޭ މިވަނީ ވެކްސިން ޖަހަން ދެކޮޅު ހަދާނަމަ އިންޑިއާއަށް ދިއުމަށް ގޮވާލައްވާފައެވެ.

110 މިލިއަން މީހުން ދިރިއުޅެމުން އަންނަ ފިލިޕީންސްގައި ވެކްސިންގެ ދެ ޑޯޒް ޖަހާފައިވަނީ އަދި އެންމެ 1.95 އިންސައްތަ މީހުންކަމަށް ވެކްސިން ޓްރެކަރއިން ވަނީ ބުނެފައެވެ. އެގައުމުގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި 8.4 މިލިއަން ޑޯޒް ވަނީ އެކި ހިސާބުތަކަށް ފޯރުކޮށްދީފައެވެ. 6.2 މިލިއަން މީހުންނަށް ފުރަތަމަ ޑޯޒް ދީފައިވާއިރު 2.1 މިލިއަން މީހުންނަށް ދެ ޑޯޒް ވަނީ ދީފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ހަލާތު އިތުރަށް ގޯސްނުކުރުމަށް އެމެރިކާ އިން އުތުރު ކޮރެއާ އަށް އިންޒާރު ދީފި

24 އެޕްރީލު 2017
ހަލާތު އިތުރަށް ގޯސްނުކުރުމަށް އެމެރިކާ އިން އުތުރު ކޮރެއާ އަށް އިންޒާރު ދީފި
17 އެޕްރީލު 2017

ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލައިފި

17 އެޕްރީލު 2017
ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލައިފި
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
08 މާރިޗު 2017

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

08 މާރިޗު 2017
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
03 މާރިޗު 2017

ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި

03 މާރިޗު 2017
 ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
23 ޖެނުއަރީ 2017

ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި

23 ޖެނުއަރީ 2017
ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
07 ޖެނުއަރީ 2017

ފިލިޕީންސްގެ ޖަލެއް ފަޅާލައި 150 އެއްހާ ގައިދީން ފިލައިފި

07 ޖެނުއަރީ 2017
ފިލިޕީންސްގެ ޖަލެއް ފަޅާލައި 150 އެއްހާ ގައިދީން ފިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް