Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދު ޖަރުމަނުވިލާތުގައި

ރައީސް ނަޝީދު ޖަރުމަނުވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ ރައީސްއާ ބައްދަލުކުރައްވައިފި

އިތުރު ފަރުވާ ހޯއްދެވުމަށް ރައީސް ނަޝީދު ޖަރުމަނުވިލާތަށް ވަޑައިގެންނެވީ މެއި މަހުގެ 13ވަނަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 ޖޫން 2021 | ބުރާސްފަތި 18:59
ރައީސް ނަޝީދު ޖަރުމަނުވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް އާ ބައްދަލުކުރައްވަނީ

ރައީސް ނަޝީދު ޖަރުމަނުވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް އާ ބައްދަލުކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޖަރުމަނުވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ބުންޑެސްޓާގްގެ ރައީސް މރ.ވުއަލްފްގަންގް ޝުއައިބުލައާ ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މިބައްދަލުކުރެއްވުން އޮތީ ބުރާސްފަތި ދުވަހު ކަމަށެވެ. ޖަރުމަނުވިލާތުގައި ބޭއްވުނު މިބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން، ޖަރުމަނުވިލާތުގެ އިންސްޓިޓިއުޓެއް ކަމަށްވާ "ޕްލޭންކް ފައުންޑޭޝަން ފޯރ އިންޓަރނޭޝަނަލް ޕީސް އެންޑް ދަ ރޫލް އޮފް ލޯ" އިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ފޯރުކޮށްދެއްވަމުން ގެންދަވާ ތަމްރީނު ޕްރޮގްރާމްތައް ފާހަގަކުރައްވައި މަޖިލީހުގެ ރައީސް އެކަމަށް ޝުކުރުއަދާކުރެއްވިއެވެ.

Advertisement - newsAdvertisement

މެއި މަހުގެ 6ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް، ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒާފުއް ވަދެ ހަށިގަނޑުގެ މުހިއްމު ބައެއް ގުނަވަންތައް ފޫއަޅުވާލިއެވެ. މި ރޭޒާފުއްތައް ނަގަން 16 ގަޑިއިރުގެ އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ.

ލިބިވަޑައިގަތް އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދެވުމަށްފަހު ޖަރުމަންވިލާތަށް ވަޑައިގަތީ މެއި 13ވަނަ ދުވަހުއެވެ. ފަރުވާގެ ހުރިހާ ކަމެއް ނުނިމޭތީ އަދިވެސް އެމަނިކުފާނު ހުންނެވީ ޖަރުމަންވިލާތުގައެވެ.

އެމަނިކުފާނުގެ ހާލުކޮޅާ ގުޅޭ ގޮތުން ބޭބޭފުޅު ޑރ.އިބްރާހީމް ނާޝިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފައިތިލައަށް ލިބިވަޑައިގެންނެވި ޒަޚަމް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ ކަމަށެވެ. އެއާއެކު ބުރާސްފަތި ދުވަހަށް ޑޮކްޓަރުން ތާވަލުކޮށްފައި އޮތް އެންޑޯސްކޮޕީ ވެސް ކެންސަލްކޮށްފައި ވާކަމަށެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާތައް ވަރަށް ގިނަ ކަމަށެވެ. އެހެންނަމަވެސް މަސައްކަތް ކުރައްވަނީ، މާތްﷲގެ ހެޔޮ ރަޙުމަތްފުޅާއެކު، އަނިޔާތަކުން ފަސޭހަވެވަޑައިގެން ވީއެންމެ އަވަހަކަށް މާލެ ވަޑައިގަތުމަށް ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު