Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީީ ގައުމީ މަޖިލިސް

އެމްޑީޕީގެ ގައުމީ މަޖިލިސް: ޕާޓީގެ 16ވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް ޖޫން 26ގައި ފަށަނީ

24 ޖޫން 2021 | ބުރާސްފަތި 18:38

"މެއި6" ކޮމިޓީން އާދީއްތަ ދުވަހު، އެމްއެންޑީއެފް އަދި އެޗްއާރްސީއެމްއާ ބައްދަލުކުރުމަށް ހަމަޖެހިފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 24 ޖޫން 2021 | ބުރާސްފަތި 18:38
އެމްޑީޕީގެ ޖަލްސާއެއް ކުރިއަށް ދަނީ

އެމްޑީޕީގެ ޖަލްސާއެއް ކުރިއަށް ދަނީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ 16ވަނަ އަހަރީ ދުވަހުގެ ހަރަކާތައް ޖޫން 26ގައި ފެށުމަށް ނިންމައިފިއެވެެ.

ބުރާސްފަތި ދުވަހުގެރޭ ކުރިއަށް ގެންދިޔަ އެ ޕާޓީގެ ގައުމީ މަޖިލީހުގެ 176ވަނަ ޖަލްސާގައި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ޕާޓީގެ ޗެއާޕަރސަން ޙަސަން ލަޠީފު ވިދާޅުވީ، އަހަރީ ދުވަސް ފާހަގަ ކުރުމަށް ވަރަށް ގިނަ ކަންކަން ރޭވިފައި އޮތް ކަމަށެވެ. އެގޮތުން އެދުވަހު އެންމެ ފުރަތަމަ އޮންނާނީ، ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތެއް ކަމަށާއި، އެއަށްފަހު ގައުމީ މަޖިލީހުގެ ޚާއްސަ ޖަލްސާއެއް އޮންނާނެ ކަމަށް ވިދާޅުވިއެވެ. ދިދަނެގުން ހުރިހާ ރަށެއްގައި ކުރިއަށްދާނެ ކަމަށާއި، އާއްމު މެމްބަރުންގެ ޚިޔާލު ހޯދުމަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ޚާއްސަ "ކްލަބް ހައުސް" ގްރޫޕެއް އެ ދުވަހު ލޯންޗް ކުރާނެ ކަމަށާއި، ވަރޗުއަލް އެގްޒިބިޝަނެއްވެސް ބޭއްވުމަށް ވަނީ ނިންމާފައެެވެ. އަދި ރައީސް ނަޝީދުގެ ޚާއްސަ އިވެންޓެއްވެސް ރޭވިފައި އޮތްކަމަަށްވެސް ޙަސަން ލަޠީފު ވިދާޅުވިއެވެ. ކޮވިޑްގެ ހާލަތަށް ބަލައި ޖުލައި މަހުގެ ފަހުކޮޅު ޚާއްސަ ޕިކަޕު ބުރެއް ރޭވިފައި އޮތް ކަމަށާއި، އެމްޑީޕީގެ ޚާއްސަ ލަވަ ކަލެކްޝަނެއް ނެރުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދެން އެޖެންޑާގައި އޮތީ، "މެއި6 ކޮމިޓީ"ގެ މަސައްކަތް ދިޔަ ހިސާބު މެމްބަރުންނާ ހިއްސާ ކުރުމެވެ. ކޮމިޓީގެ މެމްބަރު، ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ޢަފީފު ވިދާޅުވީ، މިހާތަނަށް އަދި ބައްދަލުކުރެވުނީ 241 ކޮމިޓީއާ ކަމަށެވެ. އެ ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް، އިންކުއަރީއާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެއްވި ކަމަށް ޢަފީފު ވިދާޅުވިއެެވެ.

241 ކޮމިޓީން ވަނީ މިހާތަނަށް 49 މެމްބަރުންނާ ބައްދަލުކޮށް، 89 ބައްދަލުވުމެއް ބާއްވާފައެެވެ. އަދި މި މަހުގެ 30ށް ރިޕޯޓު ނިންމައި އާއްމު ކުރުމަށް 241 ކޮމިޓީން މަސައްކަތް ކުރައްވަމުން އަންނަކަމަށް އެ ކޮމިޓީގެ މުގައްރިރު ވިދާޅުވި ކަމަށާއި، އާދީއްތަ ދުވަހު، އެމްއެންޑީއެފް އަދި އެޗްއާރްސީއެމްއާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަަށް އޭނާ ވިދާޅުވިއެެވެ.

ޢަފީފު ވިދާޅުވީ، ބުރާސްފަތި ދުވަހު ރައީސް ނަޝީދާ ފޯނުން ގުޅުއްވި ކަމަށާއި، އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވި ކަމަށެވެ. އެތެރެހައްޓަށް ލިބިވަޑައިގަތް އަނިޔާތައް ރަނގަޅުވެއްޖެ ކަމަށާއި، ވާތު އުޅަނބޮށީގެ ހަރަކާތްވެސް 50 އިންސައްތަ ރަނގަޅު ކަމަށާއި، ކަނާތުގެ 3 އިނގިއްޔެއް އަދިވެސް އައްސިވެފައިވާ ވާހަކަ ވިދާޅުވި ކަމަށެވެ.

ގައުމީ މަޖިލީހުގެ މެމްބަރުންވަނީ، އެމަނިކުފާނަށް އަމާޒުކޮށް، ދިން ހަމަލާގެ ބިރުވެރިކަމާ ގުޅޭގޮތުންނާއި، އިންކުއަރީގެ ހޯދުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް