Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ފްލައިން ސްކޫލް

އެވިޑް ކޮލެޖުން އައްޑޫ ފްލައިން ސްކޫލްގެ މިލްކިއްޔާތު ގަނެފި

24 ޖޫން 2021 | ބުރާސްފަތި 15:22

ފްލައިން ޓެސްޓްތައް ފެށޭނީ ސެޕްޓެމްބަރުގައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 24 ޖޫން 2021 | ބުރާސްފަތި 15:22
އޭޝިއަން އެކެޑަމީ އޮފް އެއިރޮނޯޓިކްސްގައި ބޭނުންކުރާ ބޯޓުތަކެއް

އޭޝިއަން އެކެޑަމީ އޮފް އެއިރޮނޯޓިކްސްގައި ބޭނުންކުރާ ބޯޓުތަކެއް

އެވިޑް ކޮލެޖުން އައްޑޫ ފްލައިން ސްކޫލް ގަނެ، "އެވިޑް ސްކޫލް އޮފް އޭވިއޭޝަން"ގެ ނަމުގައި އިފްތިތާހުކޮށްފިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައިވަނީ، އައްޑޫ ފްލައިން ސްކޫލްގެ މިލްކިއްޔާތު އެއްކޮށް އެވިޑް ކޮލެޖަށް ބަދަލު ކޮށްފައެެވެ.

Advertisement - newsAdvertisement

އެވިޑް ކޮލެޖުގެ ޗެއާރމަން ޢަބްދުﷲ މުސްތާޤު ރަޝާދު ވިދާޅުވީ، މިއީ އެވިޑް ކޮލެޖްގެ ހަޔާތުގައި ރަން އަކުރުން ފަވާލެވޭނެ ދުވަހެއް ކަމަށެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ފްލައިން ސްކޫލެއް، އަދި އެ ކޮލެޖްގެ ދަށުން މި ސްކޫލް ވުޖޫދުވެގެން އައުން ފަޚުރުވެރިކަމާއެކު ފާހަގަކުރައްވާ ކަމަށެވެ.

އައްޑޫ ފްލައިން ސްކޫލްގެ މިލްކިއްޔާތު އެއްކޮށް އެވިޑް ކޮލެޖްގެ ދަށަށް ގެނައުމުގެ މަގްސަދަކީ، ފްލައިން ސްކޫލްގައި ކިޔަަވަމުންދިޔަ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުން ކަމަށެވެ. އަދި އެކުދިންގެ ކިޔެވުމަށް އަވަސް ހައްލެއް ހޯދައިދިނުމަކީ ކޮލެޖުން އިސްކަމެއްދޭނެ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

މިކަމަށް ހައްލު ހޯދައި ދިނުމަށް ސަރުކާރުން އެއްބާރުލުން ދެއްވިކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ މި ސްކޫލް މުސްތަގުބަލުގައި ވެގެންދާނީ ޕައިލެޓުންނާއި ކެބިން ކުރޫންނާއި އަދި ފްލައިޓް އިންޖިނިއަރުން ފަދަ އޭވިޝަން ދާއިރާއާ ގުޅުންހުރި މީހުން ބިނާ ކުރާނެ ތަނަކަށް ކަމަށެވެ. އަދި އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން، އަޔާޓާއިން ހިންގާ ތަމްރީން ޕްރޮގްރާމްތައް ތައާރަފުކުރުމަށް ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

މިހާރުގެ އެންމެ ބޮޑު ފޯކަސްއަކީ، އައްޑޫ ފްލައިން ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކޯސްތައް ފުރިހަމަ ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު މަސައްކަތް ކުރަމުން އަންނަނި ކޮލެޖްގެ އަމިއްލަ ލައިސަންސް ހޯދުމަށް ކަމަށާއި، އެކަމަށް 6މަސް ނަގާނެ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ ހުރިހާ ކަމެއް، އައްޑޫ ފްލައިން ސްކޫލް ހިންގަމުން އައި އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގެ ލައިސަންސްގައި ފޯރުކޮށްކޮށްދެމުންދާނެ ކަމަށް ވިދާޅުވިއެވެ.

ފްލައިން ސްކޫލްގެ އުދުހުމުގެ ޓެސްޓްތައް ފެށޭވަރުވާނީ ސެޕްޓެމްބަރު މަހު ނަމަވެސް، ޓެސްޓަށް ތައްޔާރީތައް ފަށައިގަތުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެެވެ.

އެވިޑް ކޮލެޖުން އައްޑޫ ފްލައިން ސްކޫލާ ހަވާލުވިއިރު އެތަނުގެ މައްސަލަ ބޮޑުވެ، ދަރިވަރުންގެ ގިނަ ކަންބޮޑުވުން ތަކެއް ހުއްޓެވެ. އެތަނުގެ ބައެއްވެރިންނަށް ޓްރާންޕޯޓް އޮތޯރިޓީން ފިޔަވަޅު އަޅާފައިވާއިރު، ދަރިވަރުން ކިޔެވުމަށް ނެގި ލޯނުތަކަށް ލުއިތަކެއްވެސް ވަނީ ދީފައެވެ. 170ށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ އައްޑޫ ފްލައިން ސްކޫލްގައި ބޭނުންކުރަމުން އަންނަ ހުރިހާ ބޯޓެއްވެސްވަނީ ގްރައުންޑް ވެފައެވެ. އެވިޑުން އަންނަނީ އައު ބޯޓު ހޯދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް