Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޢަލީ ވަޙީދުގެ ޝަރީޢަތް

ޕީޖީ ވިދާޅުވަނީ ރިހާކުރު ފުޅި ވަގަށް ނެގި މީހާ ކޯޓަށް ހާޒިރު ކުރެވެންޏާ އެހެން މީހުންވެސް ކުރެވެން ޖެހޭނެ ކަމަށް!

ޢަލީ ވަޙީދު ފުރީ އަސްޢަދު ޢަލީ ޖާމިނުވާ ގޮތަށް ނަމަވެސް އޭނާއަށް ވެސް ޢަލީ ވީތަނެއް ނޭނގޭ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 22 ޖޫން 2021 | އަންގާރަ 14:43
ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް

"ރިހާކުރުފުޅި ވަގަށް ނެގި" މައްސަލައިގައި، އެމީހާ ކޯޓަށް ހާޒިރުކޮށް ޝަރީޢަތް ކޮށްފައި، އެހެން މީހަކު ވީމާ، ރާއްޖޭގެ އިޚްތިސާސް ނުހިނގާ ތަނެއްގައި، ސުޕްރީމް ކޯޓުގެ ގަވާއިދާ ޚިލާފަށް ޝަރީޢަތް ކުރުން ރަނގަޅެއް ނޫން ކަމަށް ވިދާޅުވެ ޢަލީ ވަޙީދުގެ ޝަރީޢަތަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ފާޑުވިދާޅުވެއްޖެއެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރ މަގާމުގައި ހުންނެވި އިރު އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރި މައްސަލާގައި ޢަލީ ވަޙީދުގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ކުރިއަށްދާއިރު، އޭނާ ވީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާފައެވެ. އޭނާ ފުރީ އަސްޢަދު ޢަލީ (އަޑުބަރޭ) ޖާމިނުވާ ގޮތަށް، ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓު ދޫކުރުމުންނެވެ. ނަމަވެސް އޭނާ ޝަރީޢަތަށް ހާޒިރުކުރަން ޖެހުނު އިރު، އަޑުބަރޭއަށް އޭނާ ވީތަން ނޭނގޭ ކަމަށް ވަނީ ބުނެފައެވެ.

ޢަލީ ވަޙީދުގެ މައްސަލާގެ ޝަރީއަތެއް މި މަހުގެ 21ވަނަ ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު، އޭނާ އެ ޝަރީޢަތުގައި ބައިވެރިވީ އޮންލައިންކޮށް، އެހެން ގައުމެއްގައި ހުރެގެންނެވެ. ނަމަވެސް އޭނާ ހުރީ ކޮންތަނެއްގައި ކަމެއް ނޭނގެއެވެ. އެހެންވެ ޝަރީޢަތް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރަން ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.

އެކަމާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް މިސާލު ނެންގެވީ "ރިހާކުރުފުޅި ވަގަށް ނެގި މީހާ"ގެ މައްސަލައިންނެވެ. އެގޮތުން އެވަރުގެ ކުޑަ ކުށެއް ކުރި މީހަކު ކޯޓަށް ހާޒިރުކުރެވުނު އިރު ޖިންސީ ފުރައްސާރަ ފަދަ ބޮޑު ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ކޯޓަށް ހާޒިރުނުކޮށް ޝަރީޢަތް ކުރިއަށް ގެންދިއުން ގޯހެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ޕީޖީގެ ޓުވީޓުގައި ހާމަކުރައްވާފައިވެއެވެ.

ޢަލީ ވަޙީދުގެ ޝަރީޢަތް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރާކަން ހާމަކޮށް ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ވެސް ވަނީ، ރާއްޖޭގެ އިޚްތިސާސް ނުހިނގާ ތަނެއްގައި އޭނާ ބަހައްޓައިގެން ޝަރީޢަތް ކުރިއަށް ގެންދިއުމަކީ ސުޕްރީމް ކޯޓުގެ ގަވާއިދާ ޚިލާފުކަމެއް ކަން ފާހަގަކޮށްފައެވެ. އެގޮތުން ޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ހިންގުން ހުއްދަކުރާ 12 ހާލަތެއް އޮންނަ ކަމަށާއި، ނަމަވެސް އެއިން އެއްވެސް ހާލަތަކަށް ޢަލީ ވަޙީދު ނުފެތޭކަން ފާހަގަކޮށްފައިވެއެވެ.

ޢަލީ ވަޙީދު ދިވެހިރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި ހުރެ ޝަރީޢަތުގައި ބައިވެރިވާކަމަށް ބެލެވޭތީ ދައުލަތުން އެ ކަމަށް އިޢުތިރާޟްކޮށް، އެކަން ވެފައިވާގޮތް ސާފުކުރުމަށް ޝަރީޢަތާ ވަނީ ސުވާލު ކުރިމަތިކުރުވާފައެެވެ.

ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި މިއީ ފުރަތަމަ ފަހަރެވެ. އެހެންކަމުން މިއީ ޖިނާއީ އިޖުރާއާތުގެ ގާނޫނު ދަންނަ ކަމެއް ނޫންކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެެވެ. އެހެންކަމުން އެގޮތަށް ޝަރީޢަތް ކުރިއަށް ނުގެންދެވޭނަކަމަށް ބުނެ ދައުލަތުން ވަނީ އިޢުތިރާޟްކޮށްފައެެވެ. ނަމަވެސް ގާޒީ ޙަސަން ސަޢީދު ވަނީ ޝަރީޢަތް ކުރިއަށް ގެންގޮސްފައެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްގެ ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ކުރީގެ މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާއާއި، ޖިންސީ އަނިޔާއެއްކުރުމުގެ ކުށުގެ ދަޢުވާއާއި، ޖިންސީ ޢަމަލެއް ހިންގުމަށް އެދުމުގެ ދެ ދަޢުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާއާއި، ޖިންސީ ގޯނާކުރުމާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު